ހަނދަށް ދާން ހާއްސަ ރޮކެޓް ލޯންޗު ކުރުން ބުދަ ދުވަހު

ނާސާއިން ހަނދަށް ދާން އުފެއްދި ރޮކެޓް. -- ފޮޓޯ: ރޮއިޓާޒް

ނާސާއިން ހަނދަށް ދާން އުފެއްދި ރޮކެޓް. -- ފޮޓޯ: ރޮއިޓާޒް

ވޮޝިންޓަން، އެމެރިކާ (ނޮވެމްބަރު 12) - ހަނދަށް ދާން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އުފެއްދި އާ، ބިޔަ ރޮކެޓު ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް) ލޯންޗު ކުރުން ތިން ފަހަރަށް ފަސް ކުރުމަށް ފަހު، ބުދަ ދުވަހު މިޝަން ފަށަން ނިންމައިފި އެވެ.

އެއީ މިހާތަނަށް ނާސާއިން އުފެއްދި އެންމެ ބިޔަަ އަދި ބާރުގަދަ ރޮކެޓެވެ. މިހާރު ނިންމާފައި ވަނީ ބުދަ ދުވަހު ޖީއެމްޓީ ގަޑިން ހެނދުނު 06:04 ގައި ރޮކެޓު ލޯންޗު ކުރުމަށެވެ. އާޓެމިސް 1 މިޝަންގައި އެއްވެސް އެސްޓްރޮނޯޓަކު ޖައްވަށް ނުދާނެ އެވެ.

އެ ރޮކެޓު ޖައްވަށް ދަތުރުކޮށް، ދުނިޔެއާ ވަރަށް ދުރުން އޮރަޔޯން ނަމަކަށް ކިޔާ ކެޕްސޫލެއް ދޫކުރަން ހަމަޖެހިފައިވެ އެވެ. އޭގެ ފަހުން ހަނދު ވަށައި ބުރު ޖެހުމަށް ފަހު ދުނިޔެއަށް ދަަތުރުކޮށް، ޕެސިފިކް ކަނޑުގެ ހިސާބަކަށް ތިރިކުރާނީ ހަ ހަފުތާ ފަހުންނެވެ.

Advertisement

ނާސާގެ އޮފިޝަލް ޖިމް ފްރީ ވިދާޅުވީ ބުދަ ދުވަހު ރޮކެޓް ލޯންޗު ކުރުމުގެ ކުރިން އަދިވެސް ބައެއް މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރޮކެޓަށް ބާރު ދީގެން ބައެއް ޓެކްނިކަލް ޓެސްޓުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.

އޭނާ ވިދާޅުވީ ބުދަ ދުވަހު ލޯންޗު ނުކުރެވިއްޖެ ނަމަ ދެން ބަލާނީ ނޮވެމްބަރު 19 ނުވަތަ ނޮވެމްބަރު 25 ގައި މިޝަން ފެށުމަށް ކަމަށެވެ. މި ދަތުރުގައި ކަންކަން ރަނގަޅަށް ގޮސްފި ނަމަ 2024 އިން ފެށިގެން ހިންގާ މިޝަންތަކުގައި އެސްޓްރޮނޯޓުން ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox