"ކޮޅުވެއްޓި ދިޔައީ ފަޅައިގެން، ބަންޑުން ޖަހާލަން ނެގީ ކުޑަ ހިނދުކޮޅެއް"

"ލިއޯ ސަކްސެސް" ކޮޅުވެއްޓި ގދ. ވާދޫ ކަނޑަށް މިއަދު ބަންޑުން ޖަހާލާފައި. މި އުޅަނދުން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން އިންޑިއާ މީހަކު ވަނީ ގެއްލިފައި. -- ފޮޓޯ: އެމްއެންޑީއެފް

"ލިއޯ ސަކްސެސް" ކޮޅުވެއްޓި ގދ. ވާދޫ ކަނޑަށް މިއަދު ބަންޑުން ޖަހާލާފައި. މި އުޅަނދުން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން އިންޑިއާ މީހަކު ވަނީ ގެއްލިފައި. -- ފޮޓޯ: އެމްއެންޑީއެފް

އައްޑު އަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި މިއަދު ބަންޑުން ޖަހާލީ އެ އުޅަނދު ފަޅައިގެން ގޮސް ދިޔަވެގެން ކަމަށާއި ބަންޑުން ޖަހާލުމަށް ނެގީ ކުޑަ ހިނދުކޮޅެއް ކަމަށް، ސަލާމަތްވި މީހުންނާ ހަވާލާދީ ސީވީޑު ދޯނީގެ ކެޔޮޅު ބުނެފި އެވެ.

ލިއޯ ޓްރޭޑިންގެ 250 މެޓްރިކް ޓަނުގެ "ލިއޯ ސަކްސެސް" ކޮޅުވެއްޓި މިއަދު ހެނދުނު ބަންޑުން ޖަހާލީ އަށް ކޮންޓެއިނަރުގެ މުދާ އަރުވައިގެން އައްޑުއަށް ދަތުރުކުރަމުން ދަނިކޮށް ގދ. ވާދޫގެ 12 މޭލު ބޭރަށެވެ. އެ އުޅަނދު ބަންޑުން ޖަހާލާފައި އޮއްވާ ފެނިގެން އެންމެ ފުރަތަމަ އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތް ކުރީ، މަހަށް ނުކުމެ އުޅުނު ގއ. ވާދޫ ސީވީޑް ދޯނިންނެވެ.

އެ ދޯނީގެ ކެޔޮޅު، މުހައްމަދު އަރުޝަމް "އަދަދު" ނޫހަށް ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލުމުގެ ކުރިން ވެސް އެ ދޯންޏަށް އެ އުޅަނދު ފެންނަ ކަމަށެވެ.

އިރުކޮޅަކުން އަހަރުމެންނަށް ފެނުނީ އޭތި ބަންޑުން ޖަހާލާފަައި އޮއްވާ. ކިހިނެއް ވީތޯ ޔަގީން ކޮށްލަން ދުރުމީ އަޅައިލި އިރު ތިން މީހަކު އޭގެ މަތީގައި ތިއްބާ ފެނުނީ،" އޭނާ ބުންޏެވެ.

އެ ދޯނިން ކޮޅުވެއްޓިއާ ކައިރިކޮށް އޭގެ މަތީގައި ތިބި ތިން މީހުން ދޯންޏަށް ނެގި އެވެ.

އެ މީހުންނާ ހަވާލާދީ އަރުޝަމް ބުނީ، ކޮޅުވެއްޓި ބަންޑުން ޖަހާލީ ހެނދުނު 10:00 ހާއިރު ކަމަށެވެ. އަދި އޭގެ އެއް ފަޅުވެރިޔަކު މަދުކަމަށް ބުނުމުން، އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި ހައެއްކަ މޭލުގެ ސަރަހައްދެއް އެ ދޯނިން ބެލި ކަމަށް އޭނާ ބުންޏެވެ.

ކޮޅުވެއްޓިން ގެއްލުނީ އިންޑިއާ ރައްޔިތެއްކަމަށް ލިއޯ ޓްރޭޑިން ކޮމްޕެނީ ބުނެ އެވެ. އިތުރު މައުލޫމާތެއް އެ ކުންފުނިން ނުދެ އެވެ.

"އޭނާ ހޯދާތާ ގާތްގަނޑަކަށް ދޮޅުގަޑިއިރެއް ހާއިރުވީ ފަހުން ކޯސްޓުގާޑަށް އާދެވުނީ، އެ ހިސާބުން ސަލާމަތްވި ތިން މީހުން އަހަރުމެން ސިފައިންނާ ހަވާލު ކުރީ،" އޭނާ ބުންޏެވެ.

އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށާއި އެ އެންމެން މިއަދު ހަވީރު ގދ. ވާދޫއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ސަލާމަތްވި މީހުންނާ ހަވާލާދީ އަރުޝަމް ބުނީ ގެއްލުނު މީހާ އެންމެ ފަހުން އެ މީހުންނަށް ފެނިފައި ވަނީ ކޮޅުވެއްޓީގައި ހުރި ކޮންޓޭނަރުތަކާއި ގެގަނޑާއި ދެމެދުގައި ހުއްޓާ ކަމަށެވެ. އޭރު އޭނާ އަތުގައި ލައިފް ބޮއެއް އޮތް ކަމަށް އެ މީހުން ބުނެ އެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެ ލައިފް ބޮއެ ފެނިފައިވާ ކަމަށް އަރުޝަމް ބުންޏެވެ. ނަމަވެސް މީހާ އަދި ނުފެނެ އެވެ.

އެ މީހުން ބުނީ ބޮޑަށް ލަފާ ކުރެވެނީ އެއްޗެހި ތަކެއް ބަލައި ކޮޓަރިއަށް ވަނީ ކަމަށޯ، އޭނަ އަދި އެއަށް އެރިތާ މާގިނަ ދުވަހެއް ނުވާނެޔޯ، ހަތަރު ފަސްދުވަހޯ ވާނީ،" ކޮޅުވެއްޓި ގެއްލުނު މީހާއާ ބެހޭ ގޮތުން ލިބުނު މައުލޫމާތު ހިއްސާ ކުރަމުން އަރުޝަމް ބުންޏެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލީ އޭގެ އެއް ފަރާތުގެ ޓޭންކެއް ފަޅައިގެންގޮސް ދިޔަ ވެގެން ކަމަށާއި ދިޔަވެ، ބަންޑުން ޖަހާލަން ގިނަ ވަގުތެއް ނުނަގާ ކަމަށް އެ އުޅަނދުގެ ފަޅުވެރިން ބުނި ކަމަށް އަރުޝަމް ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބުނީ 12:50 ހާއިރު އެވެ. އެ ރިޕޯޓު ލިބުމާއެކު، އެ ގެއްލުނު މީހާ ހޯދުމަށާއި ސަލާމަތްވި މީހުން ވާދޫއަށް ގެންދިއުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި އޮޕަރޭޝަންގައި އެ ވަގުތުން ފެށިގެން ސަދާން އޭރިއާއިން ހަރަކާތްތެރިވާން ފެށި ކަމަށާއި އެ އޮޕަރޭޝަންގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox