ދުނިޔޭގެ އެންމެ ގިނަ މަންޒިލުތަކަށް ދަތުރުކުރާ، ޓާކިޝް އެއާލައިނުން މާލެ-ކޮލަންބޯ ދަތުރުތަކަށް ހާއްސަ ފެއާއެއް ތައާރަފުކޮށްފި އެވެ.
ފަންސާސް ކިލޯގެ ބެގޭޖު އެލަވަންސް ލިބޭ މި ފެއާގެ ދަށުން ލަންކާ އަށް ދެކޮޅު ޓިކެޓުގެ ފެށޭ އަގަކީ 364 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 5612ރ. އެވެ. މިއީ ލަންކާ އަށް މިވަރުގެ ބެގޭޖު އެލަވަންސެއް ލިބޭ އެންމެ ހެޔޮ އަގެވެ. މި ފެއާ ކުރިއަށް ދާނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.
ޓާކިޝް އެއާލައިނުން ކޮންމެ ދުވަހަކު މާލޭން ކޮލަންބޯއަށް ދާ ފުލައިޓު ފުރާނީ މެންދުރު ފަހު 1:15 ގަ އެވެ. ކޮލަންބޯއިން މާލެއަށް އަންނަ ފުލައިޓު ފުރާނީ ރޭގަނޑު 9:30 އަށެވެ.
މިމަހުގެ 24 ވަނަ ދުވަހު ޓާކިޝް އެއާލައިންސް ރާއްޖެއަށް ދަތުރުތައް ކުރަން ފެށިތާ ދިހަ އަހަރު ފުރޭނެ އެވެ.










