ޔުމްނާގެ ރައްދު: މެދުޒިޔާރަތުގައި ދިދަ ނެގީ ދީނީ ގޮތަކުން ނޫން، އެއީ ސަގާފީ ކަމެއް

Nov 11, 2022, 2:05 PM
ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން. މެދުޒިޔާރަތުގައި ދިދަ ނެގުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި --- ފޮޓޯ: ރައީސް އޮފީސް

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން. މެދުޒިޔާރަތުގައި ދިދަ ނެގުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި --- ފޮޓޯ: ރައީސް އޮފީސް

ގިނަ އަހަރުތަކަކަށް ފަހު ރާއްޖެ އިސްލާމް ކުރެއްވި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ މެދުޒިޔާރަތުގައި ދިދަ ނަގަން ފެށުމާ އެކު އަމާޒުވި ފާޑުކިޔުންތައް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ރައްދު ދެއްވައިފި އެވެ.

އިއްޔެ މެދުޒިޔާރަތުގައި އަލުން ދިދަ ނަގާފައިވަނީ އެއިރުގެ ފޮޓޯތަކުން ފެންނަން ހުރި ގޮތަށް ތިން ކަން ލާފައި ހުރި ބޮޑު ދިދައަކާއި ކުދި ދިދަ އެކެވެ. ދިދައިގެ ވަށައިގެން ހުންނަނީ ގައުމީ ކުލަތަކުގެ ބޯޑަރެއް ލައިފަ އެވެ. ބޮޑު އެއް ދިދައިގެ އިތުރުން ދެން ޖަހާފައިވަނީ މެދު ސައިޒުގެ 10 ދިދައާއި ޒިޔާރަތުގެ ވަށައިގެން ކުޑަ 24 ދިދަ އެވެ.

މި ދިދަތައް ނެގުމާ އެކު ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފަ އެވެ. އެގޮތުން، އެއީ ސަގާފީ ކަމެއް ނޫން ކަމަށާއި އެއީ އެއީ މުންކަރާތެއް ދިރުވުމަށް ކުރަމުންދާ ކަމެއް ކަމަށް ބުނެފަ އެވެ. އިސްލާމް ދީނުގައި އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް ވެސް ދީނީ ބައެއް އިލްމުވެރިން ވަނީ ބުނެފަ އެވެ.

Advertisement

އެއާއެކު، 24 ގަޑިއިރު ނުވަނީސް ސަރުކާރުން ވަނީ ދިދަތައް ބާލާފަ އެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ދިދަތައް ނަގަން އެންގީ ފާޑުކިޔުންތައް ގިނަވެ ޕްރެޝަރު ބޮޑުވުމުންނެވެ.

"މިއީ އެއްވެސް ގޮތަކަށް ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. ސަގާފީ ކަމެއް،" ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެ ދިދަތައް ޖެހީ ޒިޔާރަތްތަކާއި އާސާރީ ތަންތަން އިހު ހުރި ގޮތަށް އާންމުންނަށް ދައްކާލުމުގެ މަގުސަދުގައި ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެ އެވެ.

"މެދުޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ގައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ގައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް. އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުގުވެރިވާނެ ކަމެއް،" ޔުމްނާ ވިދާޅުވެފައިވެ އެވެ.

މެދުޒިޔާރަތަށް މެދުޒިޔާރަތް ކިޔަން ފެށުނީ އެދުވަސްވަރު މާލޭގެ ބިން އޮތް ގޮތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުން ކަމަށް ތާރީހީ ލިޔުންތައް ބުނެ އެވެ. މެދުޒިޔާރަތް މިހާރު އެހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ.

އިހުގައި ދިވެހިންގެ މެދުގައި އޮތް ޒިޔާރަތްތަކަށް ނަދުރު ބުނުމުގެ ސަގާފަތުގެ ތެރެއިންް މެދުޒިޔާރަތުގައި ވެސް އެކަން ހިނގަމުން އައެވެ. ސަރުކާރުން އެކަން މަނާކުރީ 1957 ވަނަ އަަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox