ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި ލިވަޕޫލާއި ސިޓީގެ ކުރިމަތިލުމެއް

Nov 11, 2022, 3:22 AM
ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން ލިވަޕޫލްގެ ސަލާހު އަތުން ބޯޅަ ހޯދަން ސިޓީގެ ކަންސޭލޯ މަސައްކަތް ކުރަނީ..

ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން ލިވަޕޫލްގެ ސަލާހު އަތުން ބޯޅަ ހޯދަން ސިޓީގެ ކަންސޭލޯ މަސައްކަތް ކުރަނީ..

ލަންޑަން (ނޮވެމްބަރު 11) - އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ލިވަޕޫލަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ލިވަޕޫލުން ނުވަ ފަހަރު މުބާރާތުގެ ތަށި އުފުލާލިއިރު، ސިޓީން ވަނީ އަށް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލުން ގަދަ 16 ޓީމު ވާދަކުރާ ބުރުން ފުރުސަތު ހޯދީ ޕެނަލްޓީ ޖަހައިގެން، ޑާބީ ކައުންޓީ ބަލިކޮށްގެންނެވެ. ސިޓީ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ކަޓުވާލައިފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ލިވަޕޫލުން ވަނީ ދެ ފަހަރެއްގެ މަތިން ސިޓީ ބަލިކޮށްފަ އެވެ. ފުރަތަމަ ބައްދަލުކުރީ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގަ އެވެ. އެ މެޗުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ. އަދި އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އަތުން ލިވަޕޫލް ވަނީ 1-0 އިން މޮޅުވެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ. ޔުނައިޓެޑުން ހަތަރު ވަނަ ބުުރުގެ ފުރުސަތު ހޯދީ ރޭ ކުޅުނު މެޗުން އެސްޓަން ވިލާ އަތުން 4-2 އިން މޮޅުވެގެންނެވެ. ޔުނައިޓެޑަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އެންތަނީ މާޝިއަލް، މާކަސް ރެޝްފޯޑް، ބްރޫނޯ ފެނާންޑޭސް އަދި ސްކޮޓް މެކްޓޮމިނޭ އެވެ. އަދި އެސްޓަން ވިލާގެ ފުރަތަމަ ގޯލު އޮލީ ވަޓްކިންސް ޖެހިިއިރު، އަނެއް ގޯލަކީ ޔުނައިޓެޑްގެ ޑިއޯގޯ ޑަލޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ބާންލީން ވަނީ ތިން ވަނަ ބުރުގައި ކްރޯލީ ޓައުން ބަލިކޮށްފަ އެވެ. ބާންލީގެ ކޯޗަކަށް ހުރީ ސިޓީގެ ކުރީގެ ޑިފެންޑަރު، ވިންސެންޓް ކޮމްޕެނީ އެވެ.

ލީގު ކަޕްގެ ގަދަ 16 ބުރުގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު، ވުލްވްސް ކުޅޭނީ ގިލިންހަމްއާ އެވެ. ސައުތެމްޓަނުން ލިންކަން ސިޓީއާ ބައްދަލުކުރާއިރު، ބްލެކްބާން ކުޅޭނީ ނޮޓިންހަމް ފޮރެސްޓާ އެވެ. ނިއުކާސަލާއި ބޯންމައުތު ބައްދަލުކުރާއިރު، ލެސްޓާ ނުކުންނާނީ އެމްކޭ ޑޯންސާ ދެކޮޅަށެވެ. އަދި އާސެނަލް ކަޓުވާލި ބްރައިޓަން އިން ދެން ކުޅެން ޖެހެނީ ޗާލްޓަންއާ އެވެ.

ލީގު ކަޕްގެ ހަތަރު ވަނަ ބުރުުގެ މެޗުތައް އޮތީ ވޯލްޑް ކަޕް ފައިނަލް ކުޅޭތާ ދެ ދުވަސް ފަހުން، ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox