ލިވަޕޫލާއި ސިޓީ އަނެއް ބުރަށް، ލަންޑަންގެ ފަސް ޓީމެއް ކަޓައިފި

Nov 10, 2022, 3:06 AM
ލިވަޕޫލްގެ ކީޕަރު ކެލަހާ (ކ) އާއި މޮޅުވި ޕެނަލްޓީ ޖެހި ހާވީ އެލިއަޓް އުފާފާޅުކުރަނީ.

ލިވަޕޫލްގެ ކީޕަރު ކެލަހާ (ކ) އާއި މޮޅުވި ޕެނަލްޓީ ޖެހި ހާވީ އެލިއަޓް އުފާފާޅުކުރަނީ.

ލަންޑަން (ނޮވެމްބަރު 10) - އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދިއިރު، ލަންޑަންގެ ފަސް ޓީމެއް ކަޓައިފި އެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ރޭގެ މެޗަށް ނުކުތް، އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް ވަނީ ޕެނަލްޓީ ޖަހައިގެން 3-2 އިން ޑާބީ ކައުންޓީ އަތުން މޮޅުވެފަ އެވެ. މިދިޔަ ހަ ވަރަަކަށް އަހަރު ތެރޭ ގިނަ ފަހަރުތަކެއްގެ މަތިން ލީގު ކަޕް ކާމިޔާބުކުރި، ސިޓީ ވަނީ 2-0 އިން ޗެލްސީ ބަލިކޮށްފަ އެވެ. ޗެލްސީގެ އިތުރުން ލަންޑަނަށް ނިސްބަތްވާ އިތުރު ހަތަރު ޓީމެއް ވަނީ ކަޓައިފަ އެވެ. އެއީ ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް، ވެސްޓް ހޭމް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް އަދި ކްރިސްޓަލް ޕެލަސް އެވެ.

އާސެނަލް ކެޓީ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 3-1 އިން ބަލިވެގެންނެވެ. ވެސްޓް ހޭމް ކެޓީ ބްލެކްބާން ރޯވާސްއާ 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 10-9 އިން ބަލިވުމުންނެވެ. ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން ބަލިވެގެން ޓޮޓެންހަމް ކެޓިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ ޕެނަލްޓީ ޖަހައިގެން 3-2 އިން ކްރިސްޓަލް ޕެލަސް ކަޓުވާލައިފަ އެވެ.

ރޭ ސިޓީގެ މާރޭޒް (ކ) ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު މެންޑީ މަތަކުރަނީ.

ލިވަޕޫލް ދަނޑުގައި ޕެނަލްޓީ އަށް ދިޔަ މެޗުގައި އެ ޓީމުގެ ތަރި އަކީ މިދިޔަ ސީޒަނުގައި ވެސް މި މުބާރާތުގެ ޕެނަލްޓީތަކުގައި ތަފާތު ދެއްކި ލިވަޕޫލްގެ ދެ ވަނަ ކީޕަރު، ކޮއިމްހިން ކެލަހާ އެވެ. އޭނާ ވަނީ ޑާބީގެ ތިން ޕެނަލްޓީއެއް މަތަކޮށްފަ އެވެ. ލިވަޕޫލުން ނާކާމިޔާބުވީ ބަޖްސެޓިޗް އާއި ރޮބާޓޯ ފިރްމީނޯ ޖެހި ޕެނަލްޓީ އެވެ. އޮކްސްލޭޑް ޗެމްބަލެއިން އާއި ޑާވިން ނޫނޭޒް އަދި ހާވީ އެލިއަޓް ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.

ޗެލްސީގެ ގިނަ ހަމަލާތަކެއް ސިޓީގެ ކީޕަރު ސްޓެފަން އޯޓޭގާ މަތަކުރި މެޗުގައި ސިޓީ އަށް ލީޑުނަގައިދިނީ ހިލޭ ޖެހުމަކުން ރިޔާދު މާރޭޒް އެވެ. އަދި ދެ ވަނަ ލަނޑު މާރޭޒް ދިން ބޯޅައަކުން ޖެހީ ހޫލިއަން އަލްވަރޭޒް އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، 2016 ވަނަ އަހަރު އެ ޓީމާ ހަވާލުވި ފަހުން އެ ޓީމު ލީގު ކަޕްގެ ތިން ވަނަ ބުރުން ކަޓާފައިނުވެ އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް މި ވަނީ އަނެއްކާ ވެސް ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހި، ޕްރެޝަރު ބޮޑުވެފަ އެވެ.

އާސެނަލް ދަނޑުގައި އެޑީ އެންކެޓިއޭ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ބްރައިޓަން އިން ނަތީޖާ އަނބުރާލީ ފަހަތުން އަރަ އެވެ. ބްރައިޓަންގެ ލަނޑުތައް ޖެހީ ކުރިން އާސެނަލަށް ކުޅުނު އިނގިރޭސި ފޯވާޑް، ޑެނީ ވެލްބެކް އާއި ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޖަޕާންގެ ވިންގް، ކައޯރޫ މިޓޯމާގެ އިތުރުން ގާނާ ގައުމީ ޓީމަށް ބަދަލުވި ފުލްބެކް، ތޯރިގު ލަމްޕްޓޭ އެވެ.

އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ ޓޮޓެންހަމް ބަލިވީ ނޮޓިންހަމް ފޮރެސްޓުން ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. ދެ ވަނަ ހާފްގައި .ހަތް މިނިޓް ތެރޭގައި ރެނަން ލޯޑީ އާއި ޖެސީ ލިންގާޑް ޖެހި ގޯލުތަކުން ޓޮޓެންހަމްގެ މައްޗަށް ފޮރެސްޓް ކުރިހޯދީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox