އެމްބީއޭ ޗެމްޕިއަންޝިޕް: ސައިކްލޯން އާއި ބެންޗަށް ފުރަތަމަ މޮޅު

Nov 10, 2022, 3:38 AM
ބެންޗާއި ރައިސިން ބާސްކެޓްބޯލް އެކެޑަމީ ކުޅުނު މެޗުގެ ތެރެއިން؛.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބެންޗާއި ރައިސިން ބާސްކެޓްބޯލް އެކެޑަމީ ކުޅުނު މެޗުގެ ތެރެއިން؛.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ ނުވަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގައި ސައިކްލޯން ބީސީ އާއި ބެންޗު ސްޕޯޓުން ކުލަބުން، މި ފަހަރުގެ މުބާރާތުގައި އެ ޓީމުތަކުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ފެށިި އެމްބީއޭ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ ހަ ޓީމެކެވެ. އެއީ ސައިކްލޯން، އެލީޓް ސްޕޯޓްސް ކުލަބު، ބެންޗު، ލަޔަނެސް، ރިއިޒިން ބާސްކެޓްބޯޅަ އެކަޑެމީ އަދި ކުއީންސް ބީސީ އެވެ.

މި ހަ ޓީމުގެ ތެރެއިން ފަސް ޓީމަކަށް ދެވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ. ކަޓާނީ ދެ ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖުން ފުލަށްދާ ދެ ޓީމްގެ މެދުގައި ޕްލޭ އޮފް ކުޅެގެން ބަލިވާ ޓީމެކެވެ.

Advertisement

ސައިކްލޯން ބީސީ އިއްޔެ ކުޅުނު މެޗުން މޮޅުވީ ލަޔަނެސްއާ ވާދަކޮށް 102-23 ޕޮޮއިންޓުންނެވެެ. ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ލަޔަނެސް އަތުން ހަތަރު ކުއާޓާގައި ވެސް ސައިކްލޯން އިން ކުރި ހޯދީ ތަފާތު ބޮޑުކޮށެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފާތިމަތު ޝައިލާން އަފްޒަލް، ސައިކްލޯން އަށް 24 ޕޮއިންޓް ސްކޯކޮށްދިންއިރު، އައިޝަތު ޒާނާ ވެސް 25 ޕޮއިންޓް ހޯދައިދިނެވެ. މީގެ އިތުރުން ކެޕްޓަން، މަރިޔަމް ސޮފްވަ ހަސަން 14 ޕޮއިންޓް ހޯދައިދިނެވެ.

ލަޔަނެސް ޓީމަށް ބަލާއިރު އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ޒާނާ ޒާހިދު އެވެ. އޭނާ 10 ޕޮއިންޓް އެއްކޮށްދިންއިރު، މައިހާ ހަސަން މުހައްމަދު ފަސް ޕޮއިންޓް ސްކޯކޮށްދިނެވެ.

ބެންޗުން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދީ ރައިޒިން ބާސްކެޓްބޯޅަ އެކަޑެމީއާ ވާދަކޮށް 98-18 ޕޮއިންޓުންނެވެ.

މި މެޗުގައި ބެންޗުގެ ފާތިމަތު އިފާ އާތިފް، 29 ޕޮއިންޓް ހޯދައިދިންއިރު، އީމާ އަހުމަދު، 22 ޕޮއިންޓް ސްކޯކުރި އެވެ. މީގެ އިތުރުން އިވާ އަޝްރަފް ވެސް އެޓިމަށް 20 ޕޮއިންޓް ސްކޯކޮށްދިނެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގައި މިއަދު ތިން މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ސްޕާޓަންސް އާއި ރޯޔަލްސް އެވެ. މިރޭގެ ފުރަތަމަ މެޗުގައި ރެޑްވިންގްސް ބީސީ އާއި ވައިޕާސް ވާދަކުރާއިރު، މިރޭގެ ފަހު މެޗުގައި ސްޓިންގާސް ނުކުންނާނީ ހުޅުމާލެ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox