ތަފާތު ރޫހެއް ދައްކައި ޕާކިސްތާން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލަށް

Nov 9, 2022, 12:03 PM
ޕާކިސްތާންގެ ޝާހީން އަފްރީދީ ސެމީ ފައިނަލް މެޗުގެ ތެރެއިން އުފާފާޅުކުރަނީ.

ޕާކިސްތާންގެ ޝާހީން އަފްރީދީ ސެމީ ފައިނަލް މެޗުގެ ތެރެއިން އުފާފާޅުކުރަނީ.

ސިޑްނީ (ނޮވެމްބަރު 9) - ސެމީ ފައިނަލުގައި ނިއު ޒީލެންޑް އަތުން ހަތް ވިކެޓުން މޮޅުވެ، ޕާކިސްތާނުން މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން ޕާކިސްތާން ކުޅޭ ފުރަތަމަ ފައިނަލެވެ. އެ ފަހަރު ފައިނަލުގައި ޕާކިސްތާން ވަނީ ސްރީ ލަންކާ އަތުން އަށް ވިކެޓުން މޮޅުވެފަ އެވެ. މިއީ، އޭގެ ފަހުން އެ ޓީމުގެ ފުރަތަމަ ފައިނަލެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ކުޅޭނީ އިންގްލެންޑާއި އިންޑިއާ ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެެކެވެ. މީގެ ކުރިން އިންޑިއާ އިން ވަނީ 2007 ވަނަ އަހަރު ޕާކިސްތާން ބަލިކޮށް ވޯލްޑް ކަޕް ތަށި އުފުލާލައިފަ އެވެ.

ޕާކިސްތާނަށް މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ލިބުނީ ވެސް އަމިއްލަ ބާރު ގެއްލި މުބާރާތުން ކަޓާނެ ކަމަށް ބެލެވިފައި އޮއްވައި ފަހިވި ފުރުސަތެއްގަ އެވެ. އެއީ ނެދަލެންޑްސް އިން ފަހު މެޗުގައި ދެކުނު އެފްރިކާ ބަލިކުރުމުން ލިބުނު ޖާގައެއްގެ ބޭނުންހިފައިގެންނެވެ. ނެދަލެންޑްސް އިން ދެކުނު އެފްރިކާ ބަލިކުރުމާ އެކު، ފަހު މެޗުގައި ބަންގްލަދޭޝް އަތުން ޕާކިސްތާނުން ހޯދި ފަސް ވިކެޓުން މޮޅުވެ ސެމީ އަށް ދަތުރުކުރީ އެވެ.

ޕާކިސްތާންގެ ސަޕޯޓަރުން މިއަދުގެ މެޗުގެ ތެެރެއިން އުފާފާޅުކުރަނީ.

ސެމީ ފައިނަލުގައި މިއަދު ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ކުޅެން އަރާށެވެ. ނިއު ޒީލެންޑުން އިނިންގްސް ނިންމާލީ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 152 ލަނޑު ހަދައިގެންނެވެ. މިއީ އެ ޓީމުން ބޭނުންވި ސްކޯ އަކަށް ވުރެ މަދު އަދަދެކެވެ.

ނިއު ޒީލެންޑް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 53 ލަނޑު ހެދި ޑަރީލް މިޗެލް އެވެ. ނިއު ޒީލެންޑްގެ ކެޕްޓަން، ކޭން ވިލިއަމްސަން ނުބައިވީ 46 ލަނޑު ހަދާފައިވަނިކޮށެވެ. ވިލިއަމްސަންގެ އިތުރުން ފިން އެލަންގެ ވިކެޓް ނެގީ ޕާކިސްތާންގެ ކުޅަދާނަ އުކުންތެރިޔާ، ޝާހީން އަފްރީދީ އެވެ.

ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި، ފުރަތަމަ ތިން ބެޓްސަމަނުން ވެސް ވަރުގަދަ ރޫހެއްގައި ކުޅެލިއިރު، 19.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެެގެން 153 ލަނޑު ހަމަކޮށް، ހަތް ވިކެޓުން މެޗު ކާމިޔާބުކުރީ އެވެ.

ޕާކިސްތާންގެ ފުރަތަމަ ދެ ބެޓްސްމަނުން ވެސް ނިންމާލީ ހާފް ސެންޗަރީ ފުރިހަމަކޮށްފަ އެވެ. އެ ގޮތުން ބާބަރު އާޒަމް ވަނީ 53 ލަނޑު އެއްކޮށްފަ އެވެ. އަދި މުހައްމަދު ރިޒްވާން 57 ލަނޑު ހެދި އެވެ. މީގެ އިތުރުން، މުހައްމަދު ހާރިސް ވަނީ 30 ލަނޑު ހަދައިފަ އެވެ.

ނިއު ޒީލެންޑްގެ ކުޅަދާނަ އުކުންތެރިޔާ ޓްރެންޓް ބޯލްޓް ދެ ވިކެޓް ނެގި ނަމަވެސް ޕާކިސްތާން މާ ރަނގަޅު ފޯމެއްގައި ހުރުމުން އެ ޓީމު ހުއްޓުވޭ ގޮތެއްނުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox