ބަޔާނުން ބޮޑު މޮޅެއް ހޯދިއިރު، މާނޭ އަށް އަނިޔާވެއްޖެ

Nov 9, 2022, 3:18 AM
ރޭގެ މެޗުގެ ތެރެއިން މާނޭ އަށް އަނިޔާވެގެން ދަނޑުމަތީގައި އިށީނދެލައިގެން.

ރޭގެ މެޗުގެ ތެރެއިން މާނޭ އަށް އަނިޔާވެގެން ދަނޑުމަތީގައި އިށީނދެލައިގެން.

މިއުނިކް (ނޮވެމްބަރު 9) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން 6-1 އިން ވާޑާ ބްރެމެން އަތުން ބޮޑު މޮޅެއް ހޯދި މެޗުގައި ބަޔާންގެ ސެނެގާލް ފޯވާޑް، ސަޑިއޯ މާނޭ އަށް އަނިޔާވެގެން ބަދަލުކޮށްފި އެވެ.

މި ފަހަރު ލިވަޕޫލް ދޫކޮށް ބަޔާނަށް ބަދަލުވި މާނޭ ރޭގެ މެޗުގެ 20 ވަނަ މިނިޓްގައި ބަދަލުކުރިއިރު، ބަޔާން އޮތީ އެއްވަރުވެފަ އެވެ. މާނޭ ޖެހި ޝޮޓެއް ބްރެމެން ކުޅުންތެރިއަކު ބޮލުން ޖައްސާލި ބޯޅަ އޭރިއާތެރެއިން ހޯދައި، ޖަމާލް މުސިއާލާ ވަނީ ފަސް ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން ބަޔާން އޭރިއާތެރެއިން، އެންތޮނީ ޖުންގް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައި، ބްރެމެން އަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 15 ވަނަ މިނިޓްގައި މާނޭގެ ކަކުލަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާ ހޯދުމަށް ފަހު އޭނާ ފަހުން ބަދަލުކުރަން ނިންމީ އިތުރަށް ނުކުޅެވޭނެތީވެ އެވެ. މާނޭ އަށް އަނިޔާވިއިރު، ފީފާ ވޯލްޑް ކަޕްގައި މާނޭ، ހިމެނޭ ސެނެގާލް ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށް ބާކީ އޮތީ 13 ދުވަހެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން، ރޭގެ މެޗަށް ފަހު ބުނީ މާނޭގެ އަނިޔާއާ ބެހޭގޮތުން މި ވަގުތަށް ސީދާ އެއްޗެއް ބުނަން ނޭނގޭނެ ކަމަށެވެ. އަދި މާނޭގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ޓެސްޓްތަކެއް ހަދައި، ސެނެގާލް ޓީމާ ހިއްސާކުރާނެ ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

"ކަކުލަށް ލިބުނު އަނިޔާއެއްވީމަ ސީދާ އެއްޗެއް ބުނެވޭނީ ޓެސްޓްތަކެއް ހަދައިގެން. އެކަމަކު، ފެންނަ ފެނުމަށް އެހާ ގޯސް އިންޖަރީއެއް ކަމަށް ނުބެެލެވޭ،" ނާގަލްސްމަން ބުންޏެވެ.

މާނޭގެ ބަދަލުގައި ރޭގެ މެޗުގައި ކުޅެން އެރީ ލެރޯއި ސާނޭ އެވެ. ސާނޭ އަކީ ވެސް ދާދި ފަހުން ކަކުލުގެ އަނިޔާއަކާ ހެދި ކުޅުމާ ދުރަށް ދާން ޖެހުނު ކުޅުންތެރިއެކެވެ.

ބަޔާނުން ރޭގެ މެޗުގައި ޖެހި އަނެއް ފަސް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް، ސާޖް ގްނަބްރީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ ލެއޯން ގޮރެޓްޒްކާ އާއި ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެންއެރި މަތީސް ޓެލް އެވެ.

މި މެޗުގައި ބަޔާނަށް ލިބުނު ޕެނަލްޓީ އަކުން އެރިކް މެކްސިމް ޗޮޕޫ-މޯޓިން ފޮނުވާލި ބޯޅަ ބްރެމެން ކީޕަރު ޖިރީ ޕަވްލެންކާ ވަނީ މަތަކޮށްފަ އެވެ.

ލީގުގައި ރޭ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ 2-0 އިން ވުލްފްސްބާގް އަތުން ބަލިވެފަ އެވެ.

ބަޔާން، ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ފްރެއިބާގަށް 13 މެޗުން ވަނީ 27 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް 13 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޑޯޓްމަންޑަށް 14 މެޗުން ހޯދުނީ 25 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox