ފުރިހަމަ ކޭތައަކާ އެކު ރަތް ހަނދެއް

އަންގާރަ ދުވަހުގެ ރޭ ހިފި ހަނދުކޭތަ ގިނަ ގައުމުތަކަކަށް ފެނުނު.

އަންގާރަ ދުވަހުގެ ރޭ ހިފި ހަނދުކޭތަ ގިނަ ގައުމުތަކަކަށް ފެނުނު.

އަންގާރަ ދުވަހުގެ ރޭ ފުރިހަމަ ކޭތައެއް ހިފި ވަގުތު، ރަތް ކުލައިން ދިއްލިފައިވާ ހަނދު އުތުރު އެމެރިކާ ބައްރުން ފެށިގެން ގޮސް ބޮޑު ސަރަހައްދަކަށް ފެނިއްޖެ އެވެ.

ކޭތަ ފުރިހަމަވެފައި ހުރީ ޖީއެމްޓީ ގަޑިން 10:17 އާއި 11:42 އާ ދެމެދު އެވެ. އެ ވަގުތުތަކުގައި ދުނިޔޭގެ ހިޔަނި ހަނދުގެ މައްޗަށް އެޅިފައި ހުއްޓެވެ.

އުތުރު އަދި މެދުތެރޭ އެމެރިކާ އާއި ދެކުނު އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒީލޭންޑް އަދި އޭޝިއާގެ ބައެއް ގައުމުތަކަށް ވެސް އެ ކޭތަ ފެނުނެވެ.

Advertisement

ރާއްޖެއަށް ކޭތަ ފެނުނީ "ޕެނަމްބްރަލް" ކޭތައެއްގެ ގޮތުގަ އެވެ. އެއީ ދުނިޔޭގެ ހިޔަނީގެ ބޭރު ފަށަލަ ހަނދުގެ މައްޗަށް އެޅުމުން ފެންނަ ގޮތެވެ.

ގިނަ ގައުމުތަކަކަށް ކޭތަ ފެނުނު.
ގިނަ ގައުމުތަކަކަށް ކޭތަ ފެނުނު.

ގިނަ ގައުމުތަކަކަށް ކޭތަ ފެނުނު.

ގިނަ ގައުމުތަކަށް ކޭތަ ފެނުނު ނަމަވެސް، ޔޫރަޕަކަށް ނުފެނެ އެވެ. އެހެން ނަމަވެސް، ދެން އެންމެ އަވަހަށް ހިފާ ފުރިހަމަ ހަނދު ކޭތަ ޔޫރަޕަށް ފެންނާނެ އެވެ. އެއީ މާޗް 14، 2025 އެވެ.

ކޭތަ ހިފުމުން ހަނދު ރަތް ކުލައިން ފެންނަނީ އެ ވަގުތުކޮޅު ހަނދާ ހަމައަށް ފޯރާ އިރުގެ މަދު ދޯދިތައް ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއިން ލާފައި ދާތީ ކަމަށް ނާސާއިން ބުނެ އެވެ.

އެގޮތުން ކޭތަ ހިފާ ވަގުތު ދުނިޔޭގެ އެޓްމޮސްފިއާގައި ހިރަފުސް އަދި ވިލާ ގިނަވި ވަރަކަށް ހަނދުގެ ރަަތްކަން ގަދަވާނެ ކަމަށް ނާސާއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox