މިފަހަރު ރައީސް ސޯލިހަށް ތާއިދު ކުރެވޭކަށް ނެތް: ނަޝީދު

ރައީސް ސޯލިހާއި ރައީސް ނަޝީދު، އެމްޑީޕީ ކޮންގްރެސްގެ ތެރެއިން؛ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު

ރައީސް ސޯލިހާއި ރައީސް ނަޝީދު، އެމްޑީޕީ ކޮންގްރެސްގެ ތެރެއިން؛ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރެވެން ނެތް ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު މިއަދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

އެމްޑިޕީގެ ޕްރައިމަރީގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރައީސް ސޯލިހަށް ތާއިދުކުރައްވާނެކަން ހާމަކުރެއްވުމުން، އެމްޑީޕީގެ މެންބަރުން ތިއްބެވި ގްރޫޕެއްގައި ނަޝީދު ވިދާޅުވީ 'މިފަހަރު ރައީސް ސޯލިހަށް ތާއިދުކުރެވޭކަށް ނެތް' ކަމަށެވެ.

މިހާތަނަށް ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހާމަ ކުރައްވާފައިވަނީ ރައީސް ސޯލިހުގެ އިތުރުން ނަޝީދެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނު ނުކުރާއިރު، މި އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އެ ދުވަހު ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ އެމަނިކުފާނަކީ ޕާޓީއަށް "ޗޮއިސް" އެއް ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރޭ "އަދަދު" އަށް ވިދާޅުވީ އެ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ރައީސް ސާފުކޮށް އެ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކަމަށެވެ.

ހަމައެއާ އެކު ރައީސް ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން މި ފަހަކަށް އައިސް އެމަނިކުފާނު ވާހަކަ ދައްކަވާފައެއް ނެތެވެ.

އެހެން ނަމަވެސް އެމްޑީޕީ މެންބަރުން ތިއްބެވި ގްރޫޕަކަށް ފޮނުއްވި މެސެޖާ އެކު، އެމަނިކުފާނު މިވަނީ އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވެސް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް އަނެއްކާވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ފުރަތަމަ ބާއްވާނެ ކަމަށް އަޑު ފެތުރުނީ ނިމިދިޔަ އޮގަސްޓު މަހު އެވެ. އެއަށްފަހު މި މަހު ބާއްވާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށް މިހާރު އިވެމުންދަނީ އަންނަ އަހަރަށް ލަސްވި ވާހަކަ އެވެ. އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުލް ސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބޭއްވޭނެ ތާރީހެއް، ޕާޓީގެ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު އިއުލާން ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox