މި މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް އެސްޓީއޯއިން ބޮކްސްލައިޓް ޕްރޮޖެކްޓަރު ބާޒާރަށް ނެރެފި އެވެ.
އެސްޓީއޯއިން މިފަހަރު ގެނެސްފައިވާ ހަތަރު މޮޑެލްގެ ޕްރޮޖެކްޓަރުގެ ތެރެއިން އެންމެ އަގުބޮޑު ޕްރޮޖެކްޓަރު ލިބެންހުރީ 27،600ރ. އަށެވެ. އެންމެ ހެޔޮ އަގުގައި ލިބެންހުރި މޮޑެލްގެ އަގަކީ 9،999ރ. އެވެ.
"ފީފާ ވޯލްޑްކަޕް އަދި ޔޫރޯ ފަދަ މުބާރާތްތަކާ ދިމާކޮށް ޑިމާންޑް ބޮޑުވާ އެކައްޗަކީ މަލްޓިމީޑިއާ ޕްރޮޖެކްޓަރު،" މިކަމާއި ގުޅިގެން މީޑިއާތަކަށް ދީފައިވާ މައުލޫމާތުގައި އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
އެސްޓީއޯއިން އިތުރަށް ބުނީ އެ ޕްރޮޖެކްޓަރުތަކުގެ އަގު ހެޔޮ ކުރީ ވޯލްޑްކަޕާ ގުޅުވައިގެން ކުރިޔަށްގެންދާ "ހޭވައްލާ ތައްޔާރު" ޕްރޮމޯޝަނުގެ ތެރެއިން ކަމަށެވެ.
"ހޭވައްލާ ތައްޔާރު" ޕްރޮމޯޝަން އަކީ މިފަހަރުގެ ވޯލްޑްކަޕާ ގުޅުވައިގެން މި މަހުގެ ނިޔަލަށް އެސްޓީއޯއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ލިބޭ ގްރޭންޑު އިނާމުތަކުގެ ތެރޭގައި އެއް ވަނައަށް އައިފޯނު 14 ޕްރޯ މެކްސް އެއް، ދެ ވަނައަށް ވިއާރާ އެކު ޕީއެސް ފައިވް އެއް، ތިން ވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000ރ. ގިފްޓް ވޮއުޗަރެއް ،ލިބޭނެ އެވެ.











