އެމްބީއޭ ޗެމްޕިއަންޝިޕް: ކުއީން އާއި އެލީޓަށް ރަނގަޅު ފެށުމެއް

Nov 8, 2022, 6:17 AM
ކުއީންސްގެ އިއްކޮ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުއީންސްގެ އިއްކޮ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި އަންހެން ޑިވިޝަންގައި ކުޅުނު ފުރަތަމަ މެޗުތައް ކުއީންސް ބީސީ އާއި އެލީޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.

މި އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ ހަ ޓީމެވެ. އެއީ ކުއީންސް، އެލީޓް، ބެންޗް ސްޕޯޓްސް ކުލަބު، ރައިޒިން ބާސްކެޓްބޯޅަ އެކަޑެމީ އަދި ލަޔަނެސް އެވެ. މި ހަ ޓީމް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ދެ ވަނަ ބުރުން ފުރުސަތު ލިބޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމާއި، ތިން ވަނަ އަށް ދާ ދެ ޓީމް ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމާ އެކު ޖުމްލަ ފަސް ޓީމަކަށެވެ.

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބެންޗާއި ވާދަކޮށް އެލީޓުން މެޗު ކާމިޔާބުކުރީ 96-13 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓާގައި އެލީޓަށް ސްކޯއެއް ނުކުރެވުނުއިރު، އެލީޓު ފެނުނީ މާ ވަރުގަދަކޮށެވެ.

Advertisement

ވަކި ވަކި ކުޅުންތެރިންގެ ކުޅުމަށް ބަލާއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެލީޓުގެ ކެޕްޓަން އައިޝަތު އިނާޝާ އެޓީމަށް 15 ޕޮއިންޓް އެއްކޮށްދިނެވެ. މަރިޔަމް ކައިލީން ޝިރުހާންވެސް 15 ޕޮއިންޓް ސްކޯކުރިއިރު، ލީމް އަލީ ޝާހިދު ވަނީ 14 ޕޮއިންޓް އެއްކޮށްދީފަ އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގައި ބެންޗާއި އެލީޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުއީންސް ބީސީ އާއި ސައިކްލޯންގެ ކުރިމަތިލުން ކުއީންސް ކާމިޔާބުކުރީ 69-45 އިންނެވެ. މެޗުގެ ފުރަތަމަ ކުއާޓާގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، މި ކުއާޓާގައި ލީޑު ކުރީ ސައިކްލޯނުންނެވެ. މިގޮތުން މި ކުއާޓާ ނިމުނުއިރު 13-12 އިން ސައިލްކޯން އޮތީ ކުރީގަ އެވެ. ދެވަނަ ކުއާޓާގައި ނުކުމެ ކުއީންސް އިން ލީޑު ނެގި އެވެ.

މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވީ ތިން ވަނަ ކުއާޓާގަ އެވެ. ރައިފާ އިބްރާހިމް އާއި، އިސްރާއު އަބްދުއްޝުކޫރުގެ މޮޅު ކުޅުމާ އެކު ކުއީންސް އިން ލީޑު ފުޅާކޮށް ދެމި ގަތެވެ. ފަހު ކުއާޓާގައި ކުއީންސްގެ މައްޗަށް ސައިކްލޯނުން އަށް ޕޮއިންޓުން ކުރި ހޯދި ނަމަވެސް ބޮޑު ލީޑެއް އޮތުމާ އެކު އެ ޓީމުން މި ކުއާޓާ ނިންމާލީ ޕްރެޝަރެއް ނެތި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްރާއު, ކުއީންސް އަށް 28 ޕޮއިންޓް ސްކޯކޮށްދިންއިރު، ރައިފާ ވަނީ 21 ޕޮއިންޓް އެއްކޮށްދީފަ އެވެ. މުޅި މެޗަށް ބަލާއިރު މި ދެ ކުޅުންތެރިންގެ ޑޮމިނޭޝަން ވަރަށް ބޮޑަށް ފެނުނެވެ.

ސައިކްލޯން އަށް ބަލާއިރު، ފާތިމަތު ޝައިލާން އަފްޒަލް 19 ޕޮއިންޓް އެއްކޮށްދިނެވެ. އައިޝަތު ޒާނާ 13 ޕޮއިންޓް ހޯދައިދިންއިރު، ތަޖުރިބާކާރު ކުޅުންތެރިޔާ ޝިޒްނާ ރަޝީދު 10 ޕޮއިންޓް ހޯދައިދިނެވެ.

މުބާރާތުގައި މިއަދު ތިން މެޗެއް ކުޅޭނެ އެވެ. ފިރިހެން ޑިވިޝަންގައި ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ދަ ބައުސް އާއި ހުޅުމާލެ ސްޕޯޓްސް ކުލަބެވެ. އޭގެ ފަހުން ކިންގްސް ބީސީ ނުކުންނާނީ ރޯޔަލްސް ބީސީ އާ ދެކޮޅަށެވެ. މާދަމާގެ ފަހު މެޗުގައި ޓީރެކްސް ނުކުންނާނީ ޔޫއެން ފްރެންޑްސްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox