ބާބާ އަށް ދޭން ޖެހޭ ހަ ލައްކައެއްހާ ރުފިޔާ އެފްއޭއެމުން ފީފާ އަށް ދައްކައިފި

Nov 7, 2022, 6:38 AM
ގައުމީ އަންހެން ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކުރީގެ ކޯޗު ބާބާ: އޭނާ އަށް ދޭން އެންގި ފައިސާ އެފްއޭއެމުން ވަނީ ފީފާ އަށް ފޮނުވާފައި.-- ފޮޓޯ: އަދަދު

ގައުމީ އަންހެން ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކުރީގެ ކޯޗު ބާބާ: އޭނާ އަށް ދޭން އެންގި ފައިސާ އެފްއޭއެމުން ވަނީ ފީފާ އަށް ފޮނުވާފައި.-- ފޮޓޯ: އަދަދު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރިން ހުރި ސާބިއާގެ ޑޭވޯ ބާބާ އަށް ދޭން ފީފާ އިން އެފްއޭއެމަށް އެންގި ފައިސާ ދައްކައިފި އެވެ.

ޑޭވޯ، ރާއްޖޭގެ އަންހެން ޓީމާ ހަވާލުވީ މި އަހަރު ޖެނުއަރީ މަހުގަ އެވެ. އެއް އަހަރުގެ ކޮންޓްރެކްޓެއްގައި އޭރު ސޮއިކުރި ނަމަވެސް ހަތަރު މަސް ތެރޭ ބާބާ ގައުމީ ޓީމާ ވަކިވި އެވެ. އެހެންވެ، އޭނާ ނިންމީ ފީފާ އަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދާށެވެ.

ބާބާ ފީފާ އަށް މައްސަލަ ހުށަހެޅިއިރު، އެދިފައިވަނީ ލިބުނު ގެއްލުމުގެ ބަދަލާ އެއްކޮށް، އެފްއޭއެމް އަތުން 75،300 ޑޮލަރު (1.16 މިިލިއަން ރުފިޔާ) ހޯދުމަށެވެ.

އެކަމަކު، އެ މައްސަލައިގައި ފިފާގެ ޗެމްބަރުން މިދިޔަ އޮގަސްޓް މަހު މައްސަލަ ނިންމުމަށް ފަހު އެފްއޭއެމަށް އެންގީ 45 ދުވަހުގެ ތެރޭގައި 39،919.34 ޑޮލަރު (615،556 ރުފިޔާ) ދެއްކުމަށެވެ. އެއީ ހުރިހާ ފަރާތަކެއްގެ ވެސް ވާހަކަތައް އަޑު އެހުމަށް ފަހު ފީފާ ޗެމްބަރުން ނިންމި ނިންމުމެކެވެ.

މި ކަމުގެ މައުލޫމާތު ހުރި އޮފިޝަލަކު "އަދަދު" އަށް ބުނީ ފީފާ ޗެމްބަރުގެ އެ އެންގުމާ އެއްގޮތަށް، އެފްއޭއެމުން މިހާރު ވަނީ ބާބާ އަށް ދޭން ޖެހޭ ފައިސާ ފޮނުވައިފައި ކަމަށެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ބާބާ ހަމަޖެއްސިއިރު، އޭނާއާ އެފްއޭއެމްގެ ރައީސް ބައްސާމް (ކ) ސަލާމްކުރަނީ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ބާބާ ހުރިއިރު ވަނީ ތިން މެޗެއްގައި ޓީމަށް އިރުޝާދުދީފަ އެވެ. އެއީ މި އަހަރު ކުރީކޮޅުގައި މާލޭގައި ސީޝެލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗާއި ސައުދީ އަރަބިއްޔާއާ ބައްދަލުކުރި މެޗެވެ. ސީޝެލްސް އަތުން ފުރަތަމަ މެޗުގައި 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ސީޝެލްސް ވަނީ 4-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. ސައުދީ އަތުން ރާއްޖެ ބަލިވީ 2-0 އިންނެވެ.

ކޯޗު ބާބާ އަށް އެފްއޭއެމުން ފައިސާ ދައްކާފައިވާއިރު، ކުރިން ގައުމީ ޓީމުގެ ކޯޗަަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އާއި 23 އަހަރުން ދަށުގެ ކޯޗަކަށް ހުރި ރެނޭ ހިޑިންކް އަދި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ ވަނީ އެފްއޭއެމާ ދެކޮޅަށް ފައިސާ ހޯދަން ފީފާ އަށް މައްސަަލަ ހުށަހަަޅައިފަ އެވެ.

ކޫޕްމަން އާއި ރެނޭ އަށް ދޭން ޖެހޭ ފައިސާ ދައްކަން ވެސް ފީފާ އިން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ. ރެނޭ އަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) އަށް އަރަ އެވެ. ކޫޕްމަން އަށް ދޭން ޖެހޭ ފައިސާގެ އަދަދުތަކެއް މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.

ކުރެއްދޫ ރިސޯޓްގައި މިދިޔަ އަހަރު ކުޅުނު 1.2 މިލިއަން ރުފިޔާގެ އަގުބޮޑު ފުޓްބޯޅަ މެޗުން މޮޅުވުމުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު ފައިސާ، އެފްއޭއެމުން ކުޅުންތެރިންނާ ހަވާލުނުކުރާތީ ކުޅުންތެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފައިސާ ދޭން އެފްއޭއެމް އިން އެންމެ ފަހުން ބުނި މުއްދަތު ތެރޭގައި ވެސް އެކަން އެ ގޮތަށް ކުރެވިފައިނުވެ އެވެ.

މީގެ އިތުރުން އެފްއޭއެމުން ކަރަންޓް ބިލަށް ފައިސާ ނުދައްކާތީ، ދާދި ފަހުން ސްޓެލްކޯ އިން ވަނީ އެފްއޭއެމް ބިލްޑިން އިން ކަރަންޓް ކަނޑާލައިފަ އެވެ. ކަރަންޓް ބިލްތަކަށް ޖުމްލަ، 6.5 މިިލިއަން ރުފިޔާ އަރަ އެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކެއްގެ މައްސަލަތަކެއް ކޯޓުގައި ވެސް ކުރިއަށްދަމުން އަންނައިރު، ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ. އެ ގޮތުން ދާދި ފަހުން ސިވިލް ކޯޓުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ ދައްކަން އެފްއޭއެމަށް އަންގައިފަ އެވެ.

އޭގެ އިތުރުން ވެސް އެފްއޭއެމާއި އެކިއެކި ފަރާތްތަކާ ދެމެދު ހިނގާފައިވާ މާލީ މުއާމަލާތްތަކުގެ މައްސަލަތަކެއްގައި އެ ފަރާތްތަކުން އަންނަނީ އެފްއޭއެމާ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން އެޕޯލޯ ހޯލްޑިންގްސް އަށް އެފްއޭއެމުން ދައްކަން ޖެހޭ 40 ވަރަކަށް މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އަދާނުކުރެވިގެން އޭގެ ބަދަލުގައި، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފުޓްބޯޯލް ސްކޫލްގެ ބިމެއް ވަނީ 25 އަހަރަށް އެޕޯލޯ ހޯލްޑިންސް އަށް ކުއްޔަށް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox