ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް އެ ސަރަހައްދުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ.
މިއަދު ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ. އެ އެލާޓު ނެރުނީ މިއަދު މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
އިއްޔެ މާލެއަށް ވެސް ވަނީ އުދައިގެ އަސަރުކޮށްފަ އެވެ. އެގޮތުން މާލޭގެ އިރުން ކާނިވަލް ސަރަހައްދަށް އުދަ އަރައި، ފެންބޮޑުވެ އެ ސަރަހައްދުތަކުގެ ބައެއް ރެސްޓޯރެންޓުތަކަށް ވެސް އެ ވަނީ ފެން ވަދެފަ އެވެ.
ރާއްޖޭގެ ރަށްތަކަށް އާންމުކޮށް މޫސުމީ އުދައިގެ އަސަރު ކުރި ނަމަވެސް މިހާރު ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެސަބަބުން ރާއްޖޭގެ ރަށްތަކަށް އުދައިގެ ސަބަބުން ލިބޭ ގެއްލުމާއި އުދަ އަރާ މިންވަރު ވަނީ އިތުރުވެފަ އެވެ.












