ހަތް ޓީމަކަށް ލީގަށް ވާދަކުރެވޭނެ: ގާޑިއޯލާ

Nov 6, 2022, 3:57 AM
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އޭނާގެ ނަޒަރުގައި ލީގުގެ ރޭހުގައި ހަތް ޓީމެއް އެބައޮތް.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އޭނާގެ ނަޒަރުގައި ލީގުގެ ރޭހުގައި ހަތް ޓީމެއް އެބައޮތް.

މެންޗެސްޓާ (އޮކްޓޫބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް މި ސީޒަނުގައި ވާދަކުރެވޭނެ ހަތް ޓީމެއް އެބައޮތް ކަމަށް އެންމެ ފަހުން ދެ ސީޒަނުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގައި ރޭ ފަހު ވަގުތު އާލިން ބްރައުޓް ހާލަންޑް ޖެހި ޕެނަލްޓީން 2-1 އިން ފުލަމް ބަލިކޮށް ސިޓީ ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެކަަމަކު، މިއަދު އާސެނަލުން ޗެލްސީ އަތުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ސިޓީ ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 12 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓޮޓެންހަމް އަށް 13 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވަނީ 13 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 13 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 13 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. އަށް ވަނައިގައި އޮތް ބްރައިޓަން އަށް 14 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް 12 މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ.

"އަހަރެންގެ ނަޒަރުގައި މިއީ ހަތް ވަރަކަށް ޓީމުގެ ވާދަވެރިކަމެއް. ލީގުގެ ރޭހުގައި އާސެނަލް، މެންޗެސްޓާ ސިޓީ، ޗެލްސީ، ނިއުކާސަލް، ޓޮޓެންހަމް، ޔުނައިޓެޑް (މެންޗެސްޓާ ޔުނައިޓެޑް) ދެން ލިވަޕޫލް މި އޮތީ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ސީޒަން ރަނގަޅަށް ދެބައި ނުވަނިސް ވޯލްޑް ކަޕްގެ ސަބަބުން މި އަންނަ މަހަކަށް ވުރެ ގިނަ ދުވަހުގެ ބްރޭކްގެ ސަބަބުން ގިނަ ކަންތައްތަކެއް ފަހުކޮޅުގައި ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ޓީމަކަށް ފަހުން ވާނެ ގޮތެއް ބުނަން އަދި ފަސޭހައެއްނުވާނެ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox