ޓްވިޓާއިން މުވައްޒަފުން ވަކިކުރަނީ އިތުރު ގޮތެއް ނެތިގެން: މަސްކް

މަސްކް ބޭނުން ވަނީ ޓްވިޓާގެ ހަރަދުތައް ކުޑަކުރަން. -- ފޮޓޯ: ގެޓީ އިމޭޖާޒް

މަސްކް ބޭނުން ވަނީ ޓްވިޓާގެ ހަރަދުތައް ކުޑަކުރަން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޓްވިޓާއިން މުވައްޒަފުން ވަކިކުރަަނީ އިތުރު "ގޮތެއް ނެތިގެން" ކަމަށާއި ކުންފުންޏަށް ކޮންމެ ދުވަހަކު ވެސް ހަތަރު މިލިއަން ޑޮލަރުގެ ގެއްލުން ލިބެމުންދާ ކަމަށް ކުންފުނީގެ އާ ވެރިޔާ އެލޮން މަސްކް ބުނެފި އެވެ.

މީގެ ހަފުތާއެއް ކުރިން މަސްކް ޓްވިޓާ ގަތީ 44 ބިލިއަން ޑޮލަރަށެވެ. އޭނާ ނިންމާފައި ވަނީ ކުންފުނީގެ 50 ޕަސެންޓު މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށެވެ.

ޓްވިޓާގެ ކޮންޓެންޓަށް ބޮޑު ބަދަަލުތަކެއް ގެނައުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެކި ފަރާތްތަކުން ބުނު ނަމަވެސް، މަސްކް ބުނީ ސިޔާސަތު ބަދަލު ނުކުރާ ކަމަށެވެ.

ކޮންޓެންޓް މޮޑަަރޭޓް ކުރުމުގެ ވަޒީފާގައި ތިބި ގިނަ ބަޔަކު ވަކިކޮށްފައި ވާތީ، ކުރިއަށް އޮތް ތަނުގައި ޓްވިޓާގައި ކޮންޓެންޓް މޮޑަރޭޓް ކުރުމުގެ ސިޔާސަތު ބަދަލުވާނެ ކަމަށް ބަޔެއް ފަރާތްތަކުން ބުނެ އެވެ.

އޭގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ބޭފުޅުން އެނބުރި ޓްވިޓާއަށް އައުން އެކަށީގެންވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ހުކުރު ދުވަހު މަސްކް ބުނީ ޓްވިޓާގެ "އާމްދަނީ ބޮޑުތަނުން ވެއްޓުނީ" އެމެރިކާގައި "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް" އުޅޭ އެކްޓިވިސްޓު ގްރޫޕުތަކުގެ ސަބަބުން ކަމަށެވެ.

ޓްވިޓާގެ ސޭފްޓީ އެންޑް އިންޓެގްރިޓީ ޑިޕާޓްމަންޓުގެ ވެރިޔާ ޔޮއެލް ރޮތު ބުނީ ކޮންޓެންޓް މޮޑަރޭޓް ކުރުމުގައި އުޅޭ 2،000 މީހުންގެ ތެރެއިން ގިނަ މީހުންގެ ވަޒީފާ ނުގެއްލޭ ކަމަށެވެ.

ޓްވިޓާގައި 7،500 މުވައްޒަފުން އުޅޭ އިރު، 50 ޕަސެންޓު މީހުންގެ ވަޒީފާ ގެއްލޭނެ އެވެ. އެ ނިންމުމުގެ އަސަރު ކުރަނީ ކޮންޓެންޓް މޮޑަރޭޓް ކުރުމުގައި އުޅޭ 15 ޕަސެންޓު މުވައްޒަފުންނަށެވެ.

ޓްވިޓާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުކުރު ދުވަހު ކަންބޮޑުވުން ފާާޅުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ނަފުރަަތު އުފެދޭ ފަދަ ވާހަކަތައް ފެތުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.

ވޮލްކްސްވެގަން، ޖެނެރަލް މޮޓޯޒް އަދި ފައިޒާ ފަދަ ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ ޓްވިޓާގައި އިޝްތިހާރު ކުރުން މެދުކަނޑާލައިފަ އެވެ.

މި ވަގުތު ޓްވިޓާގެ އާމްދަނީ ބިނާވަނީ އިޝްތިހާރުގެ މައްޗަށެވެ. މަސްކް ބޭނުން ވަނީ އެކަން ބަދަލުކޮށް، އިތުރު ގޮތްތަކަށް އާމްދަނީ އިތުރު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox