މެޗު ޓިކެޓާ ނުލައި ވެސް ސަޕޯޓަރުންނަށް ގަތަރަށް ދެވޭނެ

Nov 5, 2022, 12:24 PM
ބްރެޒިލް ސަޕޯޓަރުންތަކެއް ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ބްރެޒިލް ސަޕޯޓަރުންތަކެއް ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (ނޮވެމްބަރު 5) - މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުން މެޗު ޓިކެޓް ނެތަސް އެކި ގައުމުތަކުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ގަތަރަށް ދެވޭގޮތަށް ހަމަޖައްސައިފި އެވެ.

މީގެ ކުރިން ގަތަރުގެ އިންތިޒާމްތައް ހަަމަޖެހިފައި އޮތްގޮތުން މެޗު ޓިކެޓް ނެތްނަމަ އެކި ގައުމުތަކުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ގަތަރަށް ވޯލްޑް ކަޕް ދުވަސްވަރުގައި ނުދެވޭނެ އެވެ. އެކަމަކު، ފީފާއާ މަޝްވަރާ ކުރުމަށް ފަހު ގަތަރުގެ ވޯލްޑް ކަޕް ކޮމިޓީން ވަނީ އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީއާ ވާހަކަ ދައްކައިގެން އުސޫލަށް ބަދަލެއް ގެންނަން ނިންމައިފަ އެވެ.

މަޝްވަރާތަކަށް ފަހު ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން (ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުން) ފުޓްބޯޅަ ސަޕޯޓަރުންނަށް ގަތަރު އޮންނާނީ ހުޅުވާލާފައި ކަމަށާއި މެޗު ޓިކެޓް ނެތް ނަމަވެސް އެ ގައުމަށް އެތެރެވުމުގައި އިތުރު ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ.

"ފުޓްބޯޅައިގެ މި އުފާވެރި މާހައުލު ގަތަރަށް އައިސް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ސަޕޯޓަރުންނަށް ދޭން ޖެހޭ،" ގަތަރުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު، ޖަބްރު ހަމޫދު ވިދާޅުވި އެވެ.

އެކަމަކު، ގަތަރަށް އެތެރެވުމުގައި ފުރިހަމަވާން ޖެހޭ ވިސާ އާއި އެެހެނިހެން ކަންކަން އުސޫލުގެ ތެރެއިން ހަމަޖައްސަން ގަތަރުގެ ސަރުކާރުން އެދެ އެވެ. އެ ގޮތުން، ގަތަރަށް ވޯލްޑް ކަޕްގެ ކަންކަމާ ގުޅިގެން އެތެެރެވާ އެންމެން އަތުގައި "ހައްޔާ ކާޑް" އެޕްލިކޭޝަންގެ ރަޖިސްޓްރޭޝަން ފުރިހަމަވެފައި އޮންނަން ޖެހޭނެ އެވެ.

"ހައްޔާ ކާޑް" އަކީ ސަޕޯޓަރުންގެ އައިޑީ ރަޖިސްޓްރީ ކުރުމަށާއި ސަޕޯޓަރުން މޮނިޓާ ކުރުމަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް އެޕްލިކޭޝަން އެކެވެ. މީގެ އެހީގައި ދަތުރުފަތުރުކުރުމާއި އެހެނިހެން ކަންކަމަށް ފަސޭހަވެގެންދާނެ އެވެ. މީގެ އިތުރުން "ހައްޔާ ކާޑް" އާ އެކު ސަޕޯޓަރުންނަށް ސިއްހީ އެހީތެރިކަން ހޯދުމުގައި ވެސް ފަސޭހަވާނެ ކަމަށް ގަތަރުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕާ ދިމާކޮށް ގަތަރުން ވަނީ މި މަހު އެއް ވަނަ ދުވަހުން ފެށިގެން އެ ގައުމުން އަޅާފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މިހާރު ގަތަރަށް ދަތުރުކުރާ މީހުން ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދަން ނުޖެހޭއިރު، ގަތަރުގެ ހެލްތު ޕޯޓަލެއް ކަމަށްވާ އެއްތެރާޒްގައި ވެސް ރަޖިސްޓްރީވާން ނުޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox