ޓީ20 ވޯލްޑް ކަޕް: ސެމީގެ ޖާގަ ފުރަތަމަ ހޯދި ޓީމަކީ ނިއު ޒީލެންޑް

Nov 4, 2022, 7:47 PM
ޓީ20 ވޯލްޑް ކަޕް: ސެމީގެ ޖާގަ ފުރަތަމަ ހޯދި ޓީމަކީ ނިއު ޒީލެންޑް

އަޑެލެއިޑް، އޮސްޓްރޭލިއާ (ނޮވެމްބަރު 5) - ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުތަކުން ނިއު ޒީލެންޑުން 35 ލަނޑުން އަޔަލެންޑް ބަލިކޮށްފައި ވަނިކޮށް، ފަހުން ކުޅުނު މެޗުގައި އޮސްޓްރޭލިއާ އަށް އަފްގާނިސްތާންގެ މައްޗަށް ކުރިހޯދުނީ ހަތަރު ލަނޑުން ކަމަށްވާތީ ނިއު ޒީލެންޑަށް ސެމީގެ ޖާގަ ޔަގީންވެއްޖެ އެވެ.

ސުޕަ 12 (ގަދަ 12) ގައުމު ވާދަކުރާ ބުުރުގެ ފުރަތަމަ ގްރޫޕުން ސެމީގެ އެއް ޖާގަ ނިއު ޒީލެންޑުން ޔަގީންކުރުމާ އެކު ދެން އޮތް ޖާގަ އަށް ވާދަކުރަނީ އޮސްޓްރޭލިއާ އާއި އިންގްލެންޑުންނެވެ. މި ގްރޫޕްގައި ދެން އޮތް އޭޝިއާގެ ޗެމްޕިއަން، ސްރީ ލަންކާ، އަޔަލެންޑް އަދި އަފްގާނިސްތާން ވަނީ ކަޓައިފަ އެވެ.

އެއް ވަނައިގައި އޮތް ނިއު ޒީލެންޑާއި ދެ ވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އިންގްލެންޑް އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ލަންކާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އަޔަލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުން ނިންމާލި އަފްގާނިސްތާނަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.

ސެމީގެ ޖާގަ އޮސްޓްރޭލިއާ އަށް ލިބެން އޮތީ މާދަމާ ލަންކާ އަތުން އިންގްލެންޑަށް މޮޅުނުވެވިއްޖެނަމަ އެވެ. އިންގްލެންޑުން ލަންކާ ބަލިކޮށްގެން ސެމީ އަށް ދެވޭނެ އެވެ.

އަޑެލެއިޑް އޯވަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަޔަލެންޑުން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ. ނިއު ޒީލެންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 185 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 35 ބޯޅައިން 61 ލަނޑު ހެދި ޓީމުގެ ކެޕްޓަން، ކޭން ވިލިއަމްސަން އެވެ. ނުބައިނުވެ ޑަރީލް މިޗެލް ވެސް މި މެޗުގައި ރަނގަޅަށް ކުޅުނެވެ. އޭނާ ވަނީ 21 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި އަޔަލެންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެެގެން ހެދުނީ 150 ލަނޑެވެ.

މި އިނިންގްސްގައި އަޔަލެންޑުން އެންމެ ރަނގަޅު ކުުޅުމެއް ދެއްކީ 27 ބޯޅައިން 37 ލަނޑު ހެދި ޕޯލް ސްޓާލިން އެވެ. އަޔަލެންޑްގެ ކެޕްޓަން، އެންޑްރޫ ބަލްބާނީ ވަނީ 25 ބޯޅައިން 30 ލަނޑު ހަދައިފަ އެވެ. ނިއު ޒީލެންޑްގެ ލޯކީ ފާގަސަން ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

މުބާރާތުގައި މާދަމާ އޮތީ ލަންކާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox