ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު މަޝްވަރާ ކުރަން ޔޫކޭއިން ނިންމައިފި

ޑިއޭގޯ ގާސިއާ: މިއީ ޗާގޯސްގެ އެންމެ ބޮޑު ރަށް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޑިއޭގޯ ގާސިއާ: މިއީ ޗާގޯސްގެ އެންމެ ބޮޑު ރަށް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސިވިލާތުން 1814 ވަނަ އަހަރުން ފެށިގެން ހިފައިގެން އުޅޭ އިންޑިއާ ކަނޑުގެ ޗާގޯސް ރަށްތަކުގެ މައްސަަލައިގައި މޮރިޝަސްއާ އެކު މަޝްވަރާ ކުރަން އިނގިރޭސިވިލާތުން ނިންމައިފި އެވެ.

އިނގިރޭސި ފޮރިން ސެކެޓްރީ ޖޭމްސް ކްލެވެލީ ވިދާޅުވީ ޗާގޯސް ރަށްތަކުގެ މައްސަލައިގައި "ހައްލު ނުވެ ހުރި ހުރިހާ ކަމެއް ހައްލު ކުރަން" ބޭނުންވާ ކަމަށެވެ.

"އިނގިރޭސިވިލާތާއި މޮރިޝަސްއިން ނިންމީ ހަރުދަނާ މަޝްވަރާކޮށް، އަންނަ އަހަރުގެ ކުރީކޮޅު އެއްބަސްވުމަކާ ހަމައަށް ދިޔުމަށް،" ކްލެވެލީ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

Advertisement
"ކަމާ ގުޅުން ހުރި ގާނޫނީ މައްސަލަތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ބޭނުމަކީ ބައިނަލްއަގްވާމީ ގާނޫނާ އެއް ގޮތަށް ހުރިހާ މައްސަަލައެއް ހައްލު ކުރުން. އޭގެ ތެރޭގައި ޗާގޯސްގައި ކުރިން އުޅުނު މީހުންގެ މައްސަލަ ވެސް ހިމެނޭ."

އިނގިރޭސި ނޫސްތަކުން ބުނީ ލިޒް ޓްރަސް ބޮޑު ވަޒީރުކަމުގައި ހުންނެވި އިރު މޮރިޝަސްގެ ލީޑަރު ޕްރަވިންދު ޖުގްނައުތުއާ މިދިޔަ ސެޕްޓެމްބަރު މަހު އދ. ގެ އާއްމު މަޖިލީހުގައި ބައްދަލުކުރެއްވި ކަމަށެވެ.

ޗާގޯސް ރަށްތަކުގެ ކުރިމަގާ މެދު ގޮތް ނިންމާ އިރު، އެ ރަށްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށް، ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު އިނގިރޭސިންނާއި އެމެރިކާއަށް ދެމިއޮންނާނެ ގޮތަކަށް އެއްބަސްވުން އެކުލަވާލަން އިނގިރޭސިން ބޭނުންވެ އެވެ.

އިނގިރޭސި ސަރުކާރުން ވަނީ 1970 ގެ އަހަރުތަކުގައި ޗާގޯސްގެ 2000 މީހުން ގަދަކަމުން އެ ރަށްތަކުން ފޮނުވާލައިފި އެވެ. އެނބުރި ރަށްތަކަށް ދިޔުމަށް އެ މީހުން ޑިމާންޑު ކުރެ އެވެ.

ޗާގޯސްގައި ހިމެނޭ 60 ރަށުގެ ތެރެއިން އެންމެ ބޮޑީ ޑިއޭގޯ ގާސިއާ އެވެ. އެ ތަނުގައި އިނގިރޭސިންގެ އަަސްކަރީ މަރުކަޒެއް އެޅީ 1966 ވަނަ އަހަރު އެވެ. އެއާއެކު އެ ރަށުގެ މީހުން ރަށުން ބޭލި އެވެ.

އިނގިރޭސިންގެ އަތްދަށުން 1968 ވަނަ އަހަރު މިނިވަންކަން ހޯދި މޮރިޝަސްއިން ދެކޭ ގޮތުގައި ޗާގޯސްގެ ހުރިހާ ރަށްތަކެއް އެއީ އެ ގައުމުގެ ބަޔެކެވެ.

އެ މައްސަަލަ ތަކުރާރުކޮށް ކޯޓަށް ވެސް ގެންގޮސްފައިވެ އެވެ. މީގެ ކުރިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ބުނީ އިނގިރޭސީން އެ ރަށްތައް ހިފައިގެން އުޅެނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެހެން ނަމަވެސް، މިއަދާ ހަމައަށް ވެސް މައްސަލައިގައި ދޫދޭން އިނގިރޭސީން ބޭނުމެއް ނުވެ އެވެ. އެ މީހުންގެ ވިސްނުން ބަަދަލު ކުރީ ޗާގޯސް މައްސަލައިގައި ރާއްޖެއިން ވެސް ވިސްނުން ބަދަލު ކުރުމުންނެވެ.

މައްސަލައިގެ ފަސްފަހަތް

މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެ ގައުމާ އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ މެއި 22، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާ އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރައްވަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާ އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox