ފެން ބިލުގެ ޖޫރިމަނާ މައާފުކޮށްދިނުމަށް ހުޅުވާލި ޕްރޮގުރާމުގެ މުއްދަތު ހަމަވަނީ

ފެން ބިލުގެ ޖޫރިމަނާ މައާފުކޮށްދިނުމަށް ހުޅުވާލި ޕްރޮގުރާމުގެ މުއްދަތު ހަމަވަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި މާލީ ދަތިކަމަށް ލުޔެއް ދިނުމަށް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ ފެން ބިލުގެ ޖޫރިމަނާ މައާފުކޮށްދިނުމުގެ ޕްރޮގުރާމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ކަސްޓަމަރުންނަށް ބިލްތައް ދެއްކުމަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ފެން ބިލު މައާފުކޮށްދޭން އެ ކުންފުނިން ފެށީ 2019 ވަނަ އަހަރެވެ.

އެ ޕްރޮގުރާމުގެ ދަށުން ބިލަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މިއަންނަ ޑިސެމްބަރު 31، ގެ ކުރިން އެއްފަހަރާ ދެއްކުމުން އެބިލެއްގެ ޖޫރިމަނާ ފައިސާ އެއްކޮށް މައާފުކުރާނެ އެވެ. އަދި އެއްފަހަރާ ފެން ބިލަށް ފައިސާ ނުދެއްކޭ ނަމަ، އެ މުއްދަތުގެ ތެރޭގައި ބިލަށް ފައިސާ ދައްކާ އިންސައްތައިގެ ނިސްބަތުން ޖޫރިމަނާ މައާފު ކުރެވިގެން ދާނެއެވެ.

އޭގެ އިތުރުން ކަސްޓަމަރުން އެދޭ ނަމަ، މި މުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓު އުސޫލުން ބިލްތަކަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުން މި އަހަރު ނިމުމުގެ ކުރިން ހިފައި، މުސްތަގުބަލުގައި ޖޫރިމަނާ އެރިޔަނުދީ ބިލްތަކަށް ގަވާއިދުން ފައިސާ ދައްކަމުން ގެންދިޔުމަށް ކަސްޓަމަރުންގެ ކިބައިން އެދޭކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ޕްރޮގުރާމާއި ބެހޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ހޮޓްލައިން، 105، އިން ލިބޭނެ އެވެ. އެމްޑަބްލިއުއެސްސީގެ އަމާޒަކީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް ކަސްޓަމަރުންނަށް ލިބިގެންދާން މަގު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox