އާ ނިޒާމެއް ގާއިމް ކުރަންޖެހޭތީ ނިލަންދޫ ނަރުދަމާއިން ނަޖިސް ބޭރުވާ މައްސަލަ ހައްލު ކުރަން ދޮޅު އަހަރު ނަގާނެ ކަމަށް ބުނެފި

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމުން ނަޖިސް އެރުން -- ފޮޓޯ: އަމީން ފައިސަލް

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމުން ނަޖިސް އެރުން -- ފޮޓޯ: އަމީން ފައިސަލް

ފ. ނިލަންދޫގައި ނަރުދަމާ އިން ނަޖިސް ބޭރުވާ މައްސަލަ ހައްލު ކުރެވޭނީ ނަރުދަމާގެ މުޅިން އާ ނިޒާމެއް ގާއިމުކޮށްގެން ކަމަށާއި އެކަން އެންމެ އަވަހަށް ވެސް ކުރެވޭނީ އަންނަ އަހަރު ފަހުކޮޅު ކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނިލަންދޫގައި ނަރުދަމާ އިން ނަޖިސް ބޭރުވާތީ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން އެކްސް ގައި މަތީނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ބޭނުން ކުރާ ނަރުދަމާގެ ނިޒާމު ހުއްޓުމަކަށް ނުގެނެސް އެހެން ނިޒާމެއް ގާއިމް ކުރެވޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

"މިހާރު ރަށުގައި އަޅާފައިވާ ވެކިއުމް ނިޒާމުގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަކަށް މުޅިން އައު ގްރެވިޓީ ނިޒާމެއް ގާއިމްކުރުމަކީ ގޮން ޖެހުންތަކަކާއި ކުރިމަތިވާނެ މަސައްކަތެއް ކަމަށް ވުމާއެކު އައު ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2026 ގެ ފަހުކޮޅު،" މަތީނު ވިދާޅުވި އެވެ.

Advertisement

ވެކިއުމް ނަރުދަމާގެ ނިޒާމުތަކުގައި ބޭނުންވާ ހިސާބަކަށް ނަޖިސް ދުއްވަނީ ވައިގެ ޕްރެޝަރު ބޭނުންކޮށްގެންނެވެ. އެއާ ހިލާފަށް ގްރެވިޓީ ނިޒާމެއްގައި އެ މަސައްކަތް ކުރާނީ ގްރެވިޓީގެ ބާރު ބޭނުންކޮށްގެންނެވެ.

މަތީނު ވިދާޅުވީ ނިލަންދޫގައި މިހާރު ގާއިމުކޮށްފައިވާ ނަރުދަމާ ޑިޒައިން ކުރީ 15 އަހަރަށް ބަލާފައި ކަމަށެވެ. އެކަމަކު މިހާރު ވެސް އެ ނިޒާމަށް 18 އަހަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާ ނަރުދަމާ ނިޒާމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް މަތީނު ވިދާޅުވި އެވެ.

"ޑިޒައިން މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ބިންތައް ކަނޑައެޅުމާއި، ލޭންޑް ސާވޭ ހެދުމާއި، ޓޮޕޮގްރަފިކް ސާވޭގެ މަސައްކަތް މިހާރުވަނީ ނިމިފަ. ޑިޒައިން ނިންމުމަށްފަހު ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ހުއްދަތަކާއި އީއައިއޭ ނިންމާ ޢަމަލީ މަސައްކަތް ރަށުގައި ފެށުމަށް ޝެޑިއުލްކުރެވިފައިވަނީ މެއި މަހުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

މަތީނު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ސްކޯޕުގެ ތެރޭގައި ހިމެނެނީ ގްރެވިޓީ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި ވެކިޔުމް ސިސްޓަމް މަރާމާތުކޮށް ހިންގާ ބެލެހެއްޓުން ކުރިއަށް ގެންދާނީ ނިލަންދޫގައި މިހާރު ވެސް ޔުޓިލިޓީގެ ހިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ކަމަށެވެ.

ނިލަންދޫގެ ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކުންފުންޏާ އެ ޒިންމާ ހަވާލުކުރީ 2019 ގަ އެވެ. ނިލަންދޫގެ ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް 2023 ގައި އޭރު އޮތް އެމްޑީޕީ ސަރުކާރުން 42.3 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކުރި އެވެ.

ނަމަވެސް މި ސަރުކާރުން ނިލަންދޫ ނަރުދަމާއަށް ދާއިމީ ހައްލެއް ހޯދުމަށް މިދިޔަ ނޮވެމްބަރު 16، ގައި އެ މަސައްކަތް 540 ދުވަސް ތެރޭގައި ނިންމުމަށް ކަމަށް ބުނެ އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox