ނަތަންޔާހޫ ވެރިކަމަށް އެނބުރި އައުމުގެ ފުރުސަތު ބޮޑުވެއްޖެ

އިންތިހާބަހަަށް ފަހު ބެންޖަމިން ނަތަންޔާހޫ އާއި ގާތް ބޭފުޅުން އުފާކުރަނީ. -- ފޮޓޯ: ޝަޓާސްޓޮކް

އިންތިހާބަހަަށް ފަހު ބެންޖަމިން ނަތަންޔާހޫ އާއި ގާތް ބޭފުޅުން އުފާކުރަނީ. -- ފޮޓޯ: ޝަޓާސްޓޮކް

އިޒްރޭލުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރި ލިބޭ ކަމަށް ފެންނާތީ، ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެނބުރި ވެރިކަމަށް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރެއާ ހަމައަށް އާއްމު އިންތިހާބުގެ ވޯޓުގެ 84 ޕަސެންޓު ގުނައި ނިމުނު އިރު، ނަތަންޔާހޫއަށް ތާއީދު ކުރާ ޕާޓީތަކުން ވަނީ 120 ގޮނޑީގެ ތެރެއިން 65 ގޮނޑި ހޯދައިފަ އެވެ.

"އަޅުގަނޑުމެން މި ތިބީ ބޮޑު ކާމިޔާބެއްގެ ތުންފަތް މަތީގައި،" ގުދުސްގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ނަތަންޔާހޫ ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާއަށް ބަލާ އިރު، ވެރިކަމަށް އައުމަށް ރިލިޖަސް ޒަޔޮނިޒަމް ޕާޓީގެ ސަޕޯޓު ނަތަންޔާހޫއަށް ބޭނުންވެ އެވެ. ރިލިޖަސް ޒަޔޮނިޒަމް ޕާޓީގެ ލީޑަރުންނަކީ އިތަމަރް ބެން ގްވިރް އަދި ބެޒަލެލް ސްމޮޓްރިޗް އެވެ.

އެ ދެ މީހުންނަކީ އަރަބިންނާ ދެކޮޅު ވާހަކަތައް ފަަތުރައި، ޔަހޫދީންނަށް "ބޭވަފާތެރި" އަރަބި ރައްޔިތުންނާއި ސިޔާސީ މީހުން ޑީޕޯޓް ކުރުމަށް ބާރު އަޅާ ބަޔެކެވެ.

ބެން ގްވިރްއަކީ އިޒްރޭލުގައި ކުރިން ހިންގި ނަސްލީ ތަފާތު ކުރުންތަކަށް ހިތްވަރުދޭ ގްރޫޕެއްގެ ލީޑަރު، މެއިރް ކަހަނޭއަށް ތާއީދު ކުރާ މީހެކެވެ.

އިޒްރޭލުން ފަހުން އެ ގްރޫޕް ހިންގުން މަނާކޮށް، އެމެރިކާގައި އެއީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ވެސް ކަނޑައެޅި އެވެ. ބެން ގްވިރްގެ މައްޗަށް ވެސް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމާއި ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދިން ކަމަށް ސާބިތުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox