ޓޮޓެންހަމާއި ޕޯޓޯ ދެ ވަނަ ބުރަށް، ލިވަޕޫލުން ނަޕޯލީގެ ރެކޯޑް ނިމުމަކަށް ގެނެސްފި

Nov 1, 2022, 10:37 PM
ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމް ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމް ކުޅުންތެރިން އުފާފާޅުކުރަނީ.

ލިވަޕޫލް (ނޮވެމްބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޕޯޓޯ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު، ލިވަޕޫލް އަތުން 2-0 އިން ބަލިވެ، ނަޕޯލީން މި ސީޒަނުގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.

ޕޯޓޯ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރީ 2-1 އިންނެވެ. ޓޮޓެންހަމުން ވަނީ ފަހަތުން އަރައި މާސޭ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ.

ނަޕޯލީ މިރޭގެ މެޗަށް ނުކުތްއިރު، ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފަސް މެޗުން މޮޅުވެފަ އެވެ. އެ ޓީމު، އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗު ކުޅުނުއިރު، މެޗަކުން ބަލިނުވެ އެވެ. އަދި މިރޭގެ މެޗަށް ލިވަޕޫލާ ދެކޮޅަށް ނުކުތްއިރު، ނަޕޯލީ އޮތީ އެ ކްލަބްގެ ތާރީހުގައި އެންމެ ރަނގަޅު ފޯމުގަ އެވެ. އެއީ ޖެހިޖެހިގެން 13 މެޗުން މޮޅުވެގެންނެވެ.

ލިވަޕޫލް ދަނޑުގައި މިރޭ ނަޕޯލީން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލެއޯ އޮސްޓިގާޑް ބޮލުން ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ އެ ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ. ލިވަޕޫލް މޮޅުވީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ.

ނަޕޯލީ ކޮޅަށް ގޯލު ޖެހުމަށް ފަހު ލިވަޕޫލްގެ ނޫނޭޒް އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

މެޗުގެ 85 ވަނަ މިނިޓްގައި ލިވަޕޫލުން ލީޑުނެގީ ސަލާހު ޖެހި ގޯލުންނެވެ. މިއީ ޑާވިން ނޫނޭޒް ބޮލުން ޖެހި ބޯޅައެއް ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓް އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އިތުރު ވަގުތުގެ އަށް ވަނަ މިނިޓްގައި ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ނޫނޭޒް އެވެ. މިއީ ލިވަޕޫލްގެ ވެން ޑައިކް ބޮލުން ޖެހި ބޯޅައެއް ކީޕަރު މެރެޓް އަތުގައި ޖެހިފައި ނުކުތް ވަގުތު ނޫނޭޒް ޖެހި ގޯލެކެވެ. މި ލަނޑު ބަލައިގަތީ ވީއޭއާރް ބެލުމަށް ފަހު އެވެ. ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ.

މިއީ 2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވި ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 400 ވަނަ މެޗެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި 12 މެޗު ކުޅެގެން ލިވަޕޫލަށް ހޯދުނީ ހަތަރު މޮޅެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގައި ވަނީ ހަ މެޗު ކުޅެގެން ފަސް މެޗުން މޮޅުވެފަ އެވެ.

ގްރޫޕްގެ އެއް ވަނަ ނަޕޯލީން ހޯދީ ދެ ވަނައިގައި ނިންމި ލިވަޕޫލާ އެއްވަރަށް 15 ޕޮއިންޓް ހޯދި ނަމަވެސް ހެޑް ޓު ހެޑް ގަވާއިދުން ކުރި ހޯދައިގެންނެވެ. ރޭންޖާސް އަތުން 3-1 އިން މޮޅުވި އަޔަކްސް ލީގުގެ ތިން ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ރޭންޖާސް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ. އެ ޓީމަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ދަށް ރެކޯޑަކާ އެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖެއް ނިންމާލި ޓީމެވެ. ދެ ގޯލު ޖެހުނުއިރު، ބައިކޮޅަށް ވަނީ 22 ލަނޑު ވަދެފަ އެެވެ.

އެންޓޯނިއޯ ކޮންޓޭ އަށް ސަސްޕެންޝަނުގެ ސަބަބުން ބެންޗަށް ނާދެވުނުއިރު، މިރޭ ފުރަތަމަ ލީޑުނެގީ މާސޭ އިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާސޭގެ ގޯލު ޖެހީ ޗަންސެލް އެމްބެމްބާ ބޮލުންނެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމުން ނަތީޖާ އަނބުރާލީ ކްލެމެންޓް ލޯންގްލޭ އާއި ޕިއޭ އެމީލް ހޮއިބިއާ ޖެހި ގޯލުންނެވެ. ލޯންގްލޭ ޓޮޓެންހަމަށް އެއްވަރުކޮށްދިނީ އީވާން ޕެރިސިޗް ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން ބޮލުން ޖެހި ގޯލުންނެވެ. އިތުރު ވަގުތުގައި ހޮއިބިއާ ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ކޭން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އެވެ.

ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އޮތް ގްރޫޕް ޑީން އެއް ވަނަ ލިބުނީ ޓޮޓެންހަމް އަށެވެ. އެއީ 11 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދީ މިރޭ ފަހަތުން އަރައި، ސްޕޯޓިން ލިޒްބަން އަތުން 2-1 އިން މޮޅުވި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އެވެ. ފްރޭންކްފާޓް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. ހަތް ޕޮއިންޓް ލިބުނު ސްޕޯޓިން ތިން ވަނަ އަށް ދިޔައިރު، މާސޭ ފުލަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ.

އެތުލެޓިކޯގެ ގްރީޒްމަން ޖަހާ ޝޮޓެއް ބްލޮކްކުރަން ޕޯޓޯގެ މާކޯ ގްރުޔިޗް މަސައްކަތްކުރަނީ.

ގްރޫޕް ބީގެ އެއް ވަނަ ޕޯޓޯ އިން ހޯދީ މިރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ ބަލިކޮށްގެންނެވެ. މެހްދީ ތަރޭމީ ވަނީ ފަސް ވަނަ މިނިޓްގައި ޕޯޓޯ އަށް ލީޑުނަގައިދީފަ އެވެ. އަދި މެޗުގެ 24 ވަނަ މިނިޓްގައި ސްޓެފެން އުއެސްޓަކީއޯ ވަނީ ޕޯޓޯގެ ލީޑުފުޅާކޮށްދީފަ އެވެ.

އެތުލެޓިކޯ އަށް ލަނޑެއް ޖެހުނީ މެޗުގެ އިތުރު ވަގުތުގަ އެވެ. މިއީ ޕޯޓޯގެ އީވާން މަރްކާނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި އެތުލެޓިކޯ އަށް ބޭނުމެއް ނުކުރެވުނެވެ.

ޕޯޓޯ އެއް ވަނައިގައި ނިންމާލީ 12 ޕޮއިންޓާ އެކު އެވެ. މިރޭ، ބަޔާ ލެވަކޫސަންއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވި ކްލަބް ބްރޫޖެސް އަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިންމާލީ ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ލެވަކޫސަން އިންނެވެ. އެ ޓީމަށް ވަނީ ފުލުގައި ނިންމާލި އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް ފަސް ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބުނީ ލެވަކޫސަނަށް ކަމަށްވާތީ، އެތުލެޓިކޯ އަށް ވަނީ ޔޫރަޕްގެ ފުޓްބޯޅަ މި ސީޒަނަށް ނިމިފަ އެވެ.

ނަޕޯލީ ބަލިވުމާ އެކު މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނިންމާލި ހަމައެކަނި ޓީމަކީ ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކް އެވެ. މިއީ އެންމެ ފަހުން ހަަތަރު ސީޒަނުގައި ބަޔާނުން ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެގެން، ނޮކައުޓް ބުރަށް ދިޔަ ތިން ވަނަ ފަހަރެވެ.

ބަޔާނުން ވަނީ މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 2-0 އިން އިންޓަ މިލާން ބަލިކޮށްފަ އެވެ. ބެންޖަމިން ޕަވާޑް ބޮލުން ޖެހި ގޯލާއި އެރިކް މެކްސިމް ޗޮޕޫ-މޯޓިން އޭރިއާބޭރުން ޖެހި މޮޅު ގޯލާ އެކު ބަޔާނުން މިރޭ އިންޓަގެ މައްޗަށް ކުރިހޯދައި، ގްރޫޕް ސްޓޭޖު ނިންމާލީ 18 ޕޮއިންޓް ހޯދައިގެންނެވެ.

އިންޓަ މިރޭގެ މެޗަށް ނުކުތްއިރު ވެސް އޮތީ ގްރޫޕް ސީގެ ދެ ވަނަ ޔަގީންވެފަ އެވެ. އެއީ 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މިރޭ ވިކްޓޯރިއާ ޕްލެޒެން ދަނޑުގައި 4-2 އިން މޮޅުވި ބާސެލޯނާ ގްރޫޕްގެ ތިން ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ޖެހިޖެހިގެން ދެ ވަނަ އަހަރު، ގްރޫޕް ސްޓޭޖުން ކެޓި ބާސެލޯނާ ދެން ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ. ވިކްޓޯރިއާ ޕްލެޒެން ގްރޫޕް ސްޓޭޖުން ކެޓީ އެންމެ ޕޮއިންޓެއް ވެސް ނުލިބި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީން މަކަރު ހެދިކަމުގެ 100 އަށް ވުރެން ގިނަ މައްސަލަ ސާބިތުވި

މެންޗެސްޓާ ސިޓީން މާލީ ގަވާއިދުތަކާ ހިލާފުވެ، މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެރެއިން 100 އަށް ވުރެ ގިނަ މައްސަލަ އެ ކްލަބުގެ މައްޗަށް ވަނީ ސާބިތުވެފައި. މީގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި، މުސާރައިގެ ތަފްސީލު އޮޅުވާލުމުގެ އިތުރުން ތަހުގީގަށް އެއްބާރުލުން ނުދިން މައްސަލަތައް ހިމެނޭ

ނަބީ އޭޝިއަން ގޭމްސް ދެ ވަނަ ބުރަށް

އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގެ ފުރަތަމަ މެޗުގައި މޮންގޯލިއާގެ ކުޅުންތެރިޔާ ބަލިކޮށް، ރާއްޖޭގެ އައިމިނަތު ނަބީހާ ދެވަނަ ބުރުން ޖާގަ ހޯދައިފި. ނަބީހާގެ އިތުރުން ފާތިމަތު ނަބާހާ އާއި ނިބާލް އަހުމަދު ވެސް ދެ ވަނަ ބުރުގައި ވާދަކުރާއިރު، ޒަޔާން ޒަކީ ވަނީ ފުރަތަމަ ބުރުގެ މެޗުން ބަލިވެ މުބާރާތުން ކަޓާފައި.

ގާޑިއޯލާ އަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫން: ބޮނޫޗީ

2016 ވަނަ އަހަރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ކްލަބަށް ބަދަލުވުމަށް ދިން ފުރުސަތު ދޫކޮށްލުމަކީ ކެރިއަރުގައި ކުރި އެންމެ އުނދަގޫ ކަންތައް ކަމަށް އިޓަލީގެ ކުރީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނެފިއެވެ. އޭނާ ބުނިގޮތުގައި ގާޑިއޯލާގެ ހުށަހެޅުމަށް ނޫނެކޭ ބުނީ ޔުވެންޓަސްއާ އެކު ދެކެމުންދިޔަ ހުވަފެންތައް މާ ބޮޑުވުމުންނެވެ.

ރާއްޖެ އަށް ޝޮޓެއް ވެސް ނުޖެހި ޗައިނާ މޮޅުވުމަކީ ކާމިޔާބެއް: ކޯޗު

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ޗައިނާ ކާމިޔާބުކުރިއިރު، ރާއްޖެއަށް ޝޮޓެއް ފޮނުވާލުމުގެ ފުރުސަތު ނުދީ މެޗު ކޮންޓްރޯލް ކުރުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ޗައިނާގެ ކޯޗު ބުނެފި މި މެޗުގައި ޗައިނާގެ ވަން ޒިމިން ހެޓްރިކެއް ހެދިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ އަތުން ޗައިނާ ޖެހިޖެހިގެން މޮޅުވި ހަތް ވަނަ މެޗު

ކުރިން ރާއްޖޭގެ ފުޓްބޯޅަ އޮތް ލެވަލަށް ދާން ވަގުތު ނަގާނެ

ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް ފެންވަރަށް ގެންދިއުމަށް ވަގުތު ބޭނުންވާ ކަމަށާއި، މިހާރު ޓީމަށް ދިމާވެފައިވާ މައްސަލަތަކުގެ އަސްލަކީ ފާއިތުވި އަހަރުތަކުގައި ގައުމީ ޓީމަށް ދިމާވި ކަންތައްތައް ކަމަށް ކޯޗު އުރްބާނީ ބުނެފި. ރާއްޖޭގެ ފެންވަރު ރަނގަޅުކުރަން އޮތް އެންމެ ބޮޑު ފުރުސަތަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ވަރުގަދަ މެޗުތަކެއް ކުޅުން

ކްލޮޕާއި ޒަވީގެ ފުރަތަމަ މެޗު: ޖަރުމަނާއި ނެދަލެންޑްސް އެއްވަރު

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، މިއީ އެ ދެ ގައުމުގެ އާ ކޯޗުން ކަމަށްވާ ޔާގަން ކްލޮޕާއި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. ފީލިކްސް އެންމެޗާގެ ލަނޑުން ޖަރުމަނުން ލީޑު ނަގާފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ޖެހި ލަނޑުން ނެދަލެންޑްސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އިންޑިއާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: އަންޗެލޮޓީ

އިންޑިއާގެ އާބާދީ ބޮޑުވި ނަމަވެސް ފުޓްބޯޅައިގައި އެ ގައުމު ފަހަތުގައި އޮތީ ފުޓްބޯޅައިގެ ސަގާފަތެއް ނެތުމުން ކަމަށް ބްރެޒިލްގެ ކޯޗު އަންޗެލޮޓީ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި އިންޑިއާގެ ފުޓްބޯޅަ ކުރިއެރުވޭނީ އާ ޖީލުތަކެއް ބިނާކޮށް، ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށްގެން

Newsletter

Get the latest news delivered straight to your inbox