މަޖާޒުގެ ހާސަރެއް

މަޖާޒުގެ ހާސަރެއް

މިއީ ކުޅަނދުރުހަތަޔަށް އޮއްގާލުން ކަމުގައި ވުން އެކަށީގެންވެއެވެ. ވަރިހަމައެވެ. ބޮޑުވަރަކަށް ކޮޅުވަށިންދީފައި އިނދަޖައްސާލާނީތާއެވެ. މިއީ ހަމަ އައްސިފިލުވައިލުމެއްކަމަށް ނުދެކެއްޗެވެ. ނުދައްކާ ވާހަކަތަކެއް ދައްކާލުން ކަމަށް ދެކޭށެވެ. ފާޅުގައި ބުނަން ނުކެރިގެން ގަލަމެއް އޮތީތީ ލިޔަނީކަމުގައި ބުންޏަސް ވަރިހަމައެވެ.

މި ނާޗަރަނގީ ބަލައި ބަލައި ވަރުބަލިވެއްޖެއެވެ. މިއީ މޫސުމީ ކަމެކެވެ. ފާލުބަލާ މީހާއެކޭ އެއްފެންވަރަށް އެންމެ އާދައިގެ މީހާއަށްވެސް ލަފާކޮށް އަންދާޒާކުރަން އެނގޭ މުސްތަޤުބަލެކެވެ. މި ފެށުނީ ބޮއްކުރާ ދޮށަށް އޮޑިކަނބާ މޫސުމެވެ. މިންތީގެ މިސާލުންނެއް ނޫނެވެ. ބާރާއި ނުފޫޒުގެ މިސާލުންނެވެ. ފޯރާ މީހުން ނުފޯރާ މީހުންގެ އެހީއަށް އެދެން ފަށައިފިއެވެ. މަޑުމަޑުން ބަނދަރުމަތި އަނދަންފަށައިފިއެވެ. އަމާނާތްތެރިން ބަލަށް އެހެލަން ފަށައިފިއެވެ. އެކަކު އަނެކަކު ބޮލުކަށި ހަފަން ފައްޓައިފިއެވެ. ރަންއިލޮށިން ކަދުރުވިއްކަން ފަށައިފިއެވެ. ހަފައިދިނީމާ ދިރުވާމީހުން ގިނަވެ، މީސްމީހުންގެ ބަނޑަށް ވަންނަން ފަށައިފިއެވެ. ބަނޑުފެޅުމާއި ޅޮސްއުނދޯއްޔަށް އެރުވުން ޢާއްމުވާން ފަށައިފިއެވެ.

ކޮންމެ ކަމަކަށްވެސް އަރުވަނީ ކުރަތްޕެވެ. މަސައްކަތްކުރަނީ ކެރަވަޅުކޮށެވެ. ކަންކޮށް ކުރަލާފައި ތިބޭ މާހިރުންނާއި ތަޖުރިބާކާރުން ވަނީ ބޭލި ކޭމަށްވެފައެވެ. އަންނަ ކުއްލި ރޯޅުތަކުގައި އާރުލާ ނަޒާހަތްތެރިން ގެއްލެން ފަށައިފިއެވެ. މުހިއްމުވަނީ ކަޅާކުރުމެވެ. ކަންކަމަށް އަގުކިޔަން ފަށަނީ ކަނޑުގައި ހުއްޓައެވެ. ގިނަ ވަނީ އައިން ހިފައިގެން ވައިމައްޗަށް އަރާ މީހުންނެވެ. އޮއިކަންކަށީގައި ޖެހޭ މީހުންނެވެ. ޤަދަރާއި އިޙުތިރާމާއި ސުލްޙަ އާއި މަސަލަސްކަން ހޯދަން ޖެހެނީ އަތްފުނާއަޅާށެވެ.

އިސާހިތަކު ފެންނަނީ އުޅުންގުޅުންތައް ވިހަވާން ފަށާތަނެވެ. ބިންގާ އެޅީ ޅޮހުންވިއްޔާއެވެ. ވަރަލިބުނުހާ އަވަހަށް ވަރަބިނދޭކަން ބައެއް މީހުން ހަނދާންވަނީ އިނދަޖެހުނީމައެވެ. ވައިހުސްވެ، ބޮނދުބުޑުން ސައިކީމާ ދެން ވަކި ތޫނުކުރަނީ، އިރެއްގައި ވައިއެޅުވި ބޮޑުން ބޭޒާރުކުރަން ބިތުފަންގިނަގާށެވެ. މަރުގައިމިއްޔާ ގައިމެވެ. މިއީ އަބަދުވެސް ކަންހިނގާ ގޮތެވެ. ދެން އޮންނާނީ މަހާނަމައްޗަށް މަޑިޖެހުމެވެ.

އެއް ދުވަހު މަތިހަށިނަގާފައި ހިނގި މީހާ އަނެއް ދުވަހު ހުންނާނީ ރަށްމެދަށް ނެރެ ހަވަރަށް ދީފައެވެ. އޭނާ ކުރި ހުރިހާ ރަނގަޅުކަމެއްގެ ވަސްވެސް ފިލުވާލާނެއެވެ. ނުވަތަ އެއިން ފޮށިފަޅާނެއެވެ. ބޭޒާރުކޮށް ނިމުނީމާ ދެން އޮންނާނީ އޭނާ ތޮށިނޮޅި ދޮންކެޔޮ އެހެން މީހުން ކެއުމެވެ.

އަހަރެމެން ދުނިޔެއަށް ލޯހުޅުވެން ވެއްޖެއެވެ. އަޅުވާހާ އަނދުނަކުން ވާވެއްދޭ ބަޔަކަށް ނުވާން ވެއްޖެއެވެ. މިއީ އަބަދު ތަކުރާރުވަމުންދާ ބުރެއްކަން ހަނދާންކޮށް، ގަރަހިތަކަން ކަނޑުވާލަން ވެއްޖެއެވެ. ފިކުރަކަށް ވިޔަސް މީހަކަށް ވިޔަސް ތަނަކަށް ވިޔަސް ގިރިޓީ ލޯބި ދިނުން ހުއްޓާލަންވެއްޖެއެވެ. ގޮނޑިކޮއްކޮ ހެދިގެން ނުތިބޭންވެއްޖެއެވެ.

އެހެންނަމަވެސް މިކަން ވާން އޮތީ ސިކުނޑީގައި ހުރި ތެތްކަމަކުން ކަށިތަކުގައި ގިރިސްލައި، މުރާލި، ހިތްވަރު ހުރި ޖީލެއް އުފެއްދިގެންނެވެ. މުޖުތަމަޢު ނެގިމަޑުވެގެން ވާކަށް ނެތެވެ. މިއަދު މި ދަނީ ހަމަ ކިރިޔާ ބޯހިކޭވަރުންނެވެ. އެވަރު އަހަރެމެންނަށް ފުދޭކަށް ނުޖެހެއެވެ. ހަލާކަށް ހުސްނުވަނީސް އަބުޖަހާން ވެއްޖެއެވެ. ލަނޑުދަނޑިތައް ކަނޑައަޅައި އަމާޒުފަތްގަނޑަށް ވާސިލުވާން ކުރާ މަސައްކަތުގައި އެއްގަލަކަށް އަރަންވެއްޖެއެވެ. ހިކުމަތް އިސްކޮށް، ނަޒާހަތްތެރިކަމުގެ ރިޔާނަގައި ސުލްހަ މަސަލަސްކަމުގެ އައްސޭރިއަށް ފަރިދުވެލީގައި ދުއްވާލަމާ ބަހީއެވެ. ފިޔަލަ މީރު މާލިމީންގެ ދުވަސް މާޒީވެ ހިނގައްޖެއެވެ.

***

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox