ރައީސްގެ ސޯލިހުގެ ރަށު ދިރިއުޅުއްވުން 50 އަހަރު ކުރީގެ ފޮޓޯއަކުން!

ނޫކުލައިގެ ގަމީހުގައި ޖޯލިފަތީގައި އެ އިންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އޭރުގެ އުމުރުފުޅަކީ 10 އަހަރު. ފޮޓޯ:ކްލެރެންސް މެލޯނީ

ނޫކުލައިގެ ގަމީހުގައި ޖޯލިފަތީގައި އެ އިންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އޭރުގެ އުމުރުފުޅަކީ 10 އަހަރު. ފޮޓޯ:ކްލެރެންސް މެލޯނީ

ނޫކުލައިގެ ގަމީހުގެ މޭމަތިން ގޮށެއް ނައްޓާލައިގެން، ކުރު ސޯޓު ބުރިއެއްގައި، ޖޯލިފަތީގައި އެ އިންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އުމުރުފުޅުން އޭރު ދިހަ ވަރަކަށް އަހަރުގެ، އާންމު ނަމުންނަމަ އިބޫ އެވެ. އިށީނދެ ވަޑައިގެން އެ އިންނެވީ އާއިލީ ގެ، ޅ. ހިންނަވަރު، ނޫރާނީގޭ އުތުރު ފަރާތުގައި ހުރި ޖޯލިފައްޗެއްގަ އެވެ.

ރާއްޖޭގެ ސަގަފާތާއި ތާރީހު ދިރާސާކޮށް ލިޔުއްވުންތައް ޝާއިޢުކޮށްފައިވާ އެމެރިކާގެ ކްލެރެންސް މެލޯނީގެ ކެމެރާއަށް އެ އާއިލާ އަރާފައި ވަނީ، 1974 އިން 1976 އަށް ރާއްޖެއަށް ކުރެއްވި ދަތުރުތަކުގަ އެވެ. ނަމަވެސް މިހާތަނަށް އެ ފޮޓޯ އޮތީ އާންމު ނުވެ އެވެ.

ދިވެހި ތާރީހު އިލްމުވެރިޔާ ނާޖިހު ދީދީ އަށް ލިބިފައިވާ ކްލެރެންސްގެ ފޮޓޯ އަލްބަމުގެ ފޮޓޯތަކުގެ ތެރެއިން އެންމެ ފަހުން ސޯޝަލް މީޑިއާއަށް ދޫކޮށްލީ މި ފޮޓޯފުޅެވެ.

Advertisement

ފޮޓޯއިން ފެންނަ މީހުން

  • ރައީސް ސޯލިހުގެ އެއްފަރާތުގައި މަންމާފުޅު، މުއުމިނާ ހުސައިންފުޅު އަދި އަނެއް ފަރާތުގައި ރައީސް ސޯލިހު އާއި އެ އާއިލާގެ ބޭފުޅުންނަށް ގުރުއާން ކިޔަވައި ދިން އެދުރުބެ. ރައީސް ސޯލިހުގެ އާއިލާގެ ބޭފުޅުން އެދުރުބެ އަށް ކިޔައި އުޅުނީ "ބޮޑު ބައްޕަ" އެވެ. ނަމަވެސް ރައީސް ސޯލިހަށް އެއީ "ކާފަ" އެވެ.
  • މަންމާފުޅުގެ އުނގުގައި އިންނެވީ ކޮއްކޯފުޅު، ނާޒު އެވެ. ނާޒު ވަނީ ނިޔާވެފަ އެވެ.
  • ކޮއްކޯފުޅު ފާތުމަތު މުހައްމަދު ސޯލިހު (ފާތޭ)؛ ފާތޭ އެ ހުންނެވީ ހުދު ކުލައިގެ ގަމީހެއްގައި ހުރި ކުއްޖާގެ ފަހަތުން މޫނުގެ ބައެއް ފެންނަ ގޮތަށެވެ.
  • އަހުމަދު މުހައްމަދު ސޯލިހު؛ ފާތޭގެ ކުރިމަތީގައި ހުދު ގަމީހުގައި އެ ހުންނެވި ކޮއްކޯފުޅު ވަނީ ނިޔާވެފަ އެވެ.
  • ނޫކުލައިގެ ދިގު ހެދުމެއްގައި ކޮޅަށް އެ ހުންނެވީ ބޮޑުދައިތަ އެވެ.

މި ފޮޓޯ ފޭސްބުކްގައި ޝެއާ ކުރައްވުމަށް ފަހު، ރައީސް ސޯލިހުގެ ކޮއްކޯފުޅު، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އެއީ ބޭފުޅުންނަށް "ޖަވާހިރެއް" ކަމަށެވެ.

ސަބަބަކީ މީގެ ގާތްގަނޑަކަށް 50 އަހަރު ކުރީގެ ފޮޓޯ، އެ ބޭފުޅުންނަށް ވެސް ފެނިވަޑައިގެންފައި ނެތެވެ. އެހެން ނާޖިހު އަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވި އެވެ.

ރައީސް ސޯލިހު އެހާރާއި މިހާރު
ރައީސް ސޯލިހު އެހާރާއި މިހާރު

ރައީސް ސޯލިހު އެހާރާއި މިހާރު

އުމުރުފުޅުން 60 އަހަރުގެ ރައީސް ސޯލިހުގެ ފަރާތްޕުޅުން މިހާރު ވެސް ފެންނަ ބައެއް ކަންކަން 10 އަހަރުގެ ފޮޓޯފުޅުން ވެސް ފެންނަން އެބަ ހުއްޓެވެ. ހިނިތުންވުމާއި އަތްޕުޅުގެ ހަރަކާތް އޭރުވެސް ހުރީ މިހާރު ވެސް ފެންނަ ގޮތަށެވެ.

ހިންނަވަރަށް އުފަންވެވަޑައިގެން، ބޮޑު އާއިލާއާއެކު އުމުރުފުޅުން 10 އަހަރު ވަންދެން ރައީސް ސޯލިހު އުޅުއްވީ ރަށުގެ ސާދާ ވެށީގަ އެވެ. ހިންނަވަރު މަދަރުސަތުއް ނާސިޔާގައި ތައުލީމު ހާސިލު ކުރައްވަމުން ގެންދެވުމަށް ފަހު، މާލެ އަށް ބަދަލުވެ ވަޑައިގަތެވެ.

ބައްޕަ ފަރާތުގެ ބޮޑުބޭބެގެ އަރިހުގައި ހުންނަވައިގެން ފުރަތަމަ ތައުލީމު ހާސިލްކުރެއްވީ އީޕީއެސް ސްކޫލުންނެވެ. ޖޭސީއީ އިމްތިހާނު ހެއްދެވުމަށް ފަހު، އެ އިންތިހާނުގެ އެންމެ ރަނގަޅު ފަސް ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަތުމުން، މަޖީދިއްޔާ ސްކޫލުގައި ކިޔަވައި ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެންވި އެވެ.

ރައީސްގެ ރަށުގެ ދިރިއުޅުއްވުން ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުން ދަނީ ޝެއާކޮށް ކޮމެންޓް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox