ޓައިޓަންސް އެކެޑަމީގެ ބާސްކެޓްބޯލް ފެސްޓިވަލް ކާމިޔާބުކަމާއިއެކު ނިންމާލައިފި

Oct 31, 2022, 5:33 AM
ޓައިޓަންސް އެކެޑަމީގެ ފެސްޓިވަލްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޓައިޓަންސް އެކެޑަމީގެ ފެސްޓިވަލްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޓައިޓަންސް ބާސްކެޓްބޯޅަ އެކެޑަމީގައި ތަމްރީން ހަދަމުން އަންނަ ކުދިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމުގެ ކުރިއަށް ގެންދިޔަ ބާސްކެޓްބޯޅަ ފެސްޓިވަލް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބާސްކެޓްބޯޅަ ފެސްޓިވަލްގައި ފަސް އުމުރުފުރައަކުން 400 އަށް ވުރެ ގިނަ ކުދިން ވާދަކުރި އެވެ. އެ ގޮތުން ޕްރީ ސްކޫލުން ފެށިގެން ގޮސް ގްރޭޑް 10ގެ ކުދިން ވެސް މި ފެސްޓިވަލްގައި ވާދަކުރި އެވެ.

މުބާރާތުގެ ފުރަތަމަ ދެ އުމުރުފުރާ ކަމަށްވާ ކެޓަގަރީ އޭ (ގްރޭޑު އެކަކުން ފެށިގެން ދަށް ގްރޭޑްތައް) އަދި ކެޓަގަރީ ބީ (ގްރޭޑް ދޭއް)ގެ މެޗުތައް ކުރިއަށްދިޔައީ ވަނަ ހޮވާ ގޮތަކަށް ނޫނެވެ. މި އިވެންޓު ކުރިއަށް ގެންދިޔައީ "މަޖާ މާހައުލެއް" ގައި މެޗުތަކެއް ކުޅެލަން ކުދިންނަށް ފުރުސަތުދޭ އުސޫލުންނެވެ.

ޓައިޓަންސް އެކެޑަމީގެ ބާސްކެޓްބޯޅަ ފެސްޓިވަލްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގްރޭޑު ތިނަކުން ފެށިގެން 10 އަށް ކުރިއަށް ގެންދިޔައީ ވާދަވެރި މެޗުތަކެވެ. އެ ގޮތުން މި ބައިގެ އެއް ވަނަ އަށް ރަން މެޑަލް އަދި ދެ ވަނަ އަށް ރިހި މެޑަލް ދިނެވެ. އެހެން ހުރިހާ ޓީމުތަކަށް ވާނީ ބައިވެރިވުމުގެ ޓޯކެން އެއްގެ ގޮތުގައިވެސް މެޑަލް ދީފަ އެވެ.

މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޒުވާން އެތުލީޓުންނަށް ކުޅިވަރުގެ އަހުލާގު ދަސްކޮށްދީ، ވާދަވެރި މާހައުލެއްގައި މެޗުތަކެއް ކުޅެން ފުރުސަތުދީ އެ ކުދިންގެ ހުނަރު ދައްކާލަން މަގުފަހި ކޮށްދިނުމެވެ. ކުދިންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރި މާހާއުލެއްގައި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި މެޗުތައް ކުޅެފައިވަނީ ވަކި ވަކި ޓީމުތަކެއް ހަދައިގެންނެވެ. އެ ގޮތުން ޓީމްތައް ހަދާފައިވަނީ އެކި ސްކޫލުތަކުގެ ކުދިން މިކްސްކޮށެވެ.

ޓައިޓަންސް ބާސްކެޓްބޯޅަ އެކެޑަމީ އަކީ ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އަދި ކެޕްޓަން އިލްޔާސް އިބްރާހިމް (އިއްލެ)ގެ ކުރީ ސަފުގައި ހުރެގެން ކުރިއަށްގެންދާ އެެކަޑެމީ އެކެވެ. އޭނާ އަކީ ކޯޗިންގެ އެންމެ މަތީ ފާސްކަމަށްވާ ފީބާ ލައިސަންސް އޮތް ކޯޗެކެވެ.

މި އެކެޑަމީގައި އިއްލެގެ އިތުރުން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި ގައުމީ އަންހެން ޓީމްގެ އެސިސްޓަންޓް ކޯޗު މޫސާ އަލީ، ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އަލީ ފަޒްލީ (އޮލިމްޕިކް)، އަހުމަދު ފިރާޝް، ޒަކަރިއްޔާ ޝިޔާމް، ރިޝްވާން ޝިޔާމް، އިސްމާއިލް ފަރުހާން، ހުސެއިން ހަލީމް، އަބްދުﷲ ޒިޔާއު، އާދިލް ޝަހީދު، އަދި ބިދޭސީ ތިން ކޯޗެއްވެސް ހިމެނެ އެވެ.

މި ހުރިހާ ކޯޗުންނަކީ ވެސް ކޯޗިންގެ ޖޫނިއާ ލެވެލް އިން ފެށިގެން ލެވެލް 3ގެ ކޯޗުން ސެޓިފިކެޓު އޮތް ކޯޗުންނެވެ. ޓައިޓަންސް ބާސްކެޓްބޯޅަ އެކެޑަމީގެ އަމާޒަކީ ކޮންމެ އަހަރެއްގައި ވެސް މަދުވެގެން ދެ ފެސްޓިވަލް އެ އެކަޑެމީގެ ކުދިންނަށް އަމާޒުކޮށް ބޭއްވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox