އިންޒާރުތަކަށް ބެލުމެއް ނެތި އިރާނުގައި އަދިވެސް މުޒާހަރާ ކުރަނީ

އިރާނުގައި މުޒާހަރާ ކުރަން ފެށީ ފުލުހުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވުމާ ގުޅިގެން. -- ފޮޓޯ: އޭއެފްޕީ

އިރާނުގައި މުޒާހަރާ ކުރަން ފެށީ ފުލުހުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވުމާ ގުޅިގެން. -- ފޮޓޯ: އޭއެފްޕީ

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާގެ އިންޒާރުތަކަށް ބެލުމެއް ނެތި، އެ ގައުމުގެ އެކި ހިސާބުތަކުގައި އަދިވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން އެބަދެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ މޭޖާ ޖެނެރަލް ހުސެއިން ސަލާމީ އިންޒާރު ދެއްވީ އިތުރަށް މަގުތަކަށް ނުނިކުތުމަށެވެ.

އިރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި އުމުރުން 22 އަހަރުގެ އަންހެނަކު ސެޕްޓެމްބަރު 16 ވަނަ ދުވަހު މަރުވި މައްސަލައިގަ އެވެ.

Advertisement

މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން މަރުވަމުން ދިޔަ ނަމަވެސް، މުޒާހަރާ ހުއްޓައެއް ނުލަ އެވެ. އާދީއްތަ ދުވަހު ސަނަންދާޖް ސިޓީގައި އާއްމުން އެއްވުން ހުއްޓުވުމަށް ބަޑިޖެހި އެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ވެރިރަށް ތެހްރާނާއި، ދެކުނުގައި އޮންނަ ކެރްމަން އާއި އެހެން ސިޓީތަކުގައި ވެސް މުޒާހަރާކުރި އެވެ.

އިރާން ހިޔުމަން ރައިޓްސް (އައިއެޗްއާރް) ޖަމިއްޔާއިން ބުނީ މުޒާހަރާތަކުގައި މިހާތަނަށް 160 މީހުން މަރުވެފައިވާ އިރު، ކުޑަކުދިން ގިނަ އަަދަދަކަށް ހިމެނޭ ކަމަށެވެ.

އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާ އިރު، ނޫސްވެރިން ހައްޔަރުކޮށް ހައްގުތަކުން މަހުރޫމު ކުރަމުން ދާތީ 300 އަށް ވުރެ ގިނަ ނޫސްވެރިން އާދީއްތަ ދުވަހު ޕެޓިޝަނެއްގައި ސޮއިކޮށް ކަންބޮޑުވުން ފާޅުކުރި އެވެ.

އިރާނުގެ ސަރުކާރުން ސިފަކުރާ ގޮތުގައި މުޒާހަރާތަކަކީ ގައުމު ނުތަނަވަސްކަމަށް ވައްޓާލަން އެމެރިކާ އިސްވެ އޮވެގެން ރޭވި ރޭވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox