ނަޝީދުގެ ލިއުއްވުމެއް، ފޯޅަވައްސަކީ ޑިއަގޯގާސިއާ އެއް ނޫން!

ޗާގޯސް ޖަރީރާތަކުގެ ތެރޭގައި ހިމެނޭ ޕެރޮސް ބަނޮސް އަތޮޅު. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ އާއްމުކުރެއްވި ލިއުއްވުމެއްގައި ވިދާޅުވި ގޮތުގައި ފޯޅަވައްސަކީ މިއަތޮޅު ރަށެއް.

ޗާގޯސް ޖަރީރާތަކުގެ ތެރޭގައި ހިމެނޭ ޕެރޮސް ބަނޮސް އަތޮޅު. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ އާއްމުކުރެއްވި ލިއުއްވުމެއްގައި ވިދާޅުވި ގޮތުގައި ފޯޅަވައްސަކީ މިއަތޮޅު ރަށެއް.

ފޯޅަވައްސަކީ ޑިއަގޯ ގާސިއާ ނޫން ކަމަށާއި އިނގިރޭސިން ޗާގޯސް ޖަޒީރާތަކުން މީހުން ހުސްކުރި އިރު ފޯޅަވަހީގައި މީހުން ނޫޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި އެ ގައުމަށް ތާއީދުކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އުފެދުނު ބަހުސްގައި ގިނަ ވާހަކަފުޅުތަކެއް ދެއްކެވުމަށް ފަހު ނަޝީދު ރޭ އާއްމުކުރެއްވީ ތާރީހީ ބައެެއް ހެކިތަކުގެ މައްޗަށް ބިނާކުރައްވާފައިވާ ދިގު މަޒުމޫނެކެވެ. އެ މަޒުމޫނުގެ މައިގަނޑު ނުކުތާއަކީ މީލާދީން 17 ވަނަ ގަރުނުގައި ފޯޅަވައްސަކީ [އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ފޯއްޅަވައްސަކީ] މީހުން ދިރިއުޅުނު ރަށެއް ކަން ފާހަގަކުރެއްވުމެވެ. އަނެއް ނުކުތާއަކީ އެއީ ފޯޅަވަހި ކަމަށް ބައެއް މީހުން ހީކުރާ ޑިއަގޯ ގާސިއާ އަތޮޅަކީ އަދި ފޯޅަވަހި ނޫން ކަމެވެ. އަނެއް ނުކުތާއަކީ އެތަން ހައްގީ ދިވެހިންނަށް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވާ ވިދާޅުވުމެވެ.

"...ފޯއްޅަވަހި ކަމަށް މިތަނުގައި މި ބުނަނީ ޕެރޮސް ބަނޮސް އަތޮޅެވެ. އިނގިރޭސި ދައުލަތުން ފޯއްޅަވަހި ދޫކޮށްލާ އިރެއްގައި އެރަށުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރޭނީ އެރަށުގެ އަހުލުވެރިންނަށެވެ. ފޯއްޅަވައްސަކު ބަަޔަކު ނެތެވެ. މީހުން ތިބީ ޑިއަގޯ ގާސިއާ އަތޮޅުގަ އެވެ،" ނަޝީދުގެ ލިއުއްވުމުގައި ވިދާޅުވި އެވެ.

ޕެރޮސް ބަނޮސް އަތޮޅުގައި 28 ރަށް އޮވޭ

ޕެރޮސް ބަނޮސް އަތޮޅުގެ ލެ ޕުލޯ. ނަޝީދު ވިދާޅުވާ ގޮތުން ފޯޅަވައްސަކީ މިއީ.
ޕެރޮސް ބަނޮސް އަތޮޅުގެ ލެ ޕުލޯ. ނަޝީދު ވިދާޅުވާ ގޮތުން ފޯޅަވައްސަކީ މިއީ.

ޕެރޮސް ބަނޮސް އަތޮޅުގެ ލެ ޕުލޯ. ނަޝީދު ވިދާޅުވާ ގޮތުން ފޯޅަވައްސަކީ މިއީ.

ނަޝީދުގެ ލިއުއްވުމުގައި ފޯޅަވަހި ކަމަށް ވިދާޅުވެފައިވާ ޕެރޮސް ބަނޮސް އަތޮޅަކީ ޗާގޯސްގެ ރަށްތަކުގެ ތެރެއިން، އިނގިރޭސިން އެމެރިކާއަށް ކުއްޔަށް ދީފައިވާ ޑިއަގޯ ގާސިއާގެ ހުޅަނގު އުތުރުން އޮތް ޗާގޯސްގެ އެންމެ ބޮޑު އަތޮޅުގެ ވެސް އުތުރަށް އޮތް އަތޮޅެކެވެ. ޖުމްލަ 28 ރަށަކާއި ފިނޮޅެއް އަދި 12 ކަނޑު އޮޅި އޮންނަ ޕެރޮސް ބަނޮސްގެ އިރު އުތުރުން ވެސް ޗާގޯސްގެ އެހެން ދެ އަތޮޅެއް އޮވެ އެވެ.

އެ ތިން އަތޮޅަކީ ވެސް ޑިއަގޯ ގާސިއާއާ ވަރަށް ދުރުގައި، ޗާގޯސްގެ އަތޮޅުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ކައިރިއަށް އޮތް ތިން އަތޮޅެވެ.

ފަރަންސޭސި ދަތުރުވެރިއެއް ކަމަށްވާ ވިންސަންޓް ލަބްލޭންކް 1640 ވަނަ އަހަރު ރާއްޖެއާ ބެހޭ ގޮތުން ލިއުއްވާފައިވާ ލިއުއްވުމަކާ ހަވާލާދެއްވައި ނަޝީދުގެ މަޒުމޫނުގައި ވިދާޅުވީ ފޯޅަވައްސަކީ ކުރިން މީހުން އުޅުނު ތިޔާގި ރަށެކެވެ. އެހެން ނަމަވެސް އެތަނުގެ ބާރުވެރިކަން އޭރު އޮތީ އަސޭ ރަސްގެފާނަށެވެ. އަސޭ ރަސްގެފާނުގެ ފަރާތްޕުޅުން އެ ރަށުގައި ހުރި ކަމަށް ބުނާ ވެރިއެއްގެ ނަން ވެސް ލަބްލޭންކާ ހަވާލާދީ އެމަނިކުފާނު ގެންނަވާފައި އެބަ އޮތެވެ.

ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް އެމަނިކުފާނު ދައުވާ ކުރައްވާ ބައެއް ސަބަބުތައް ލިއުމުގައި ހިމަނުއްވާފައި ވެ އެވެ. އޭގެ އެއް ސަބަބަކީ ފުވައްމުލަކުގެ ނަމާއި ޕެރޮސް ބަނޮސް އަތޮޅުގެ ރަށެއް ކަމަށްވާ "ލެ ޕުލޯ"ނަމުގައި އެއްގޮތްކަމެއް ހުރުމެވެ. ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި މުއައްރިޚު އެޗްސީޕީ ބެލް އާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ "ޕުލޯ" އަކީ މެލޭ ބަހުން ކިޔާފައިވާ ނަމެއް ކަމަށެވެ.

ފޯޅަވައްސަށް އެނަން ކިޔާ ސަބަބެއް ކަމަށް ވެދާނެ ކަމަށް އެމަނިކުފާނު ލަފާކުރައްްވާ ގޮތަކީ އެފްރިކާ ވަށާލައި އިންޑިއާ ކަނޑަށް އަންނަ މީހުން ފުރަތަމަ އެތެރެވާނީ ފޯޅަވައްސަށެވެ. އަސޭއަށް ދާނީ ފޯޅަވަހިން ފުވައްމުލަކަށް ދަތުރުކުރުމަށް ފަހުގައި ކަމަށް ވެދާނެ ކަމަށް ވެސް އެމަނިކުފާނު ލަފާކުރައްވާފައި ވެ އެވެ.

"...ދެކުނު އެފްރިކާ ވަށާލައި އިންޑިއާކަނޑަަށް ވަދެ، އެ ކަނޑު ހުރަސްކޮށް އިރުމައްޗަށްދާ އެއް މަގަކީ ފޯއްޅަވަހިން، ފުވައްމުލަކުން އަސޭއަށެވެ. މި ދެންނެވި ވަޔަށް ކިޔާ ނަމަކީ ފޯއްޅަވައި ކަމު ވުން ގާތެވެ،" މަޒުމޫނުގައި ނަޝީދު ވިދާޅުވި އެވެ.

"ހައްގީ ދިވެހީންނަށް"

މަޒުމޫނު ނިންމަވައިލައްވަމުން ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އިނގިރޭސިން މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީ މީހުންނެއް ނޫނެވެ. އެ ތަނުގައި ބަނޑަހަޖަހައިގެން ކުރިން އުޅުނީ ދިވެހިން ކަމަށް ވެސް އެމަނިކުފާނު ދައުވާ ކުރައްވަ އެވެ.

"...މޮރިޝަސްއަށް ގެންދިޔައީ ފޯއްޅަވަހީގެ މީހުންނެއް ނޫނެވެ. އެތަނުގައި ބަނޑަހަޖަހައިގެން މަސްވެރިކަމު އުޅުނީ ދިވެހިންނެވެ. ހާއްސަގޮތެއްގައި ފުވައްމުލަކު މީހުންނެވެ. އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރަށްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިއާއާއި އަދި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް ފޯއްޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށެވެ," މަޒުމޫނުގައި ނަޝީދު ވިދާޅުވި އެވެ.

"ފޯޅަވައްސަކީ ކުރިން މީހުން އުޅުނު ތިޔާގި ރަށެއް" ކަމަށް މަޒުމޫނުގެ ކުރީ ބައިގައި، ފަރަންސޭސި ދަތުރުވެރިޔާ ވިންސަންޓް ލަބްލޭންކާ ހަވާލާ ދެއްވައި ވިދާޅުވި ނަމަވެސް ފަހުބައިގައި އެމަނިކުފާނު ވިދާޅުވީ "ފޯއްޅަވައްސަކު ބަޔަކު ނެތް" ކަމަށެވެ. އެހެން ނަމަވެސް އެރަށް ފަޅުވީ ގޮތާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެފައެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox