ލިވަޕޫލާއި ޗެލްސީ ބަލިވިއިރު، ސިޓީ އެއް ވަނަ އަށް

Oct 30, 2022, 3:10 AM
ލެސްޓާގެ މެޑިސަން އަތުން ސިޓީގެ ޑިބްރޭނާ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލެސްޓާގެ މެޑިސަން އަތުން ސިޓީގެ ޑިބްރޭނާ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުތަކުން ބަލިވިއިރު، މެންޗެސްޓާ ސިޓީ މުހިންމު މޮޅެއް ހޯދައި ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ސިޓީ ވަނީ ރަށުންބޭރުގައި 1-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ބްރައިޓަން ދަނޑުގައި ޗެލްސީ ބަލިވީ 4-1 އިންނެވެ. އަދި ޖެހިޖެހިގެން ދެ ވަނަ ހަފްތާގައި ރެލިގޭޝަންގައި އޮތް ޓީމެއްގެ އަތްދަށުވި ލިވަޕޫލް މި ފަހަރު ބަލިވީ އަމިއްލަ ދަނޑުގައި 2-1 އިން ލީޑްސް ޔުނައިޓެޑް އަތުންނެވެ.

ރޭގެ މޮޅާ އެކު ސިޓީ އެއް ވަަނަ އަށް ޖެހިލީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 13 މެޗުން 26 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް ރޭ ވަނީ އިތުރު ވަގުތުގައި ގޯލު ޖަހައި 3-2 އިން ބޯންމައުތު ބަލިކޮށްފަ އެވެ.

އަނިޔާގެ ސަބަބުން އާލިން ބްރައުޓް ހާލަންޑް ނުލައި ސިޓީން ރޭގެ މެޗު ކުޅުނުއިރު، އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓްގައި ޖެހީ ކެވިން ޑިބްރޭނާ އެވެ. މިއީ ހިލޭ ޖެހުމަކުން ޑިބްރޭނާ ޖެހި ގޯލެކެވެ. މި މެޗުގައި ލެސްޓާ އިން ވެސް ގޯލެއް ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ.

ބްރައިޓަންގެ ކޯޗު ޑި ޒާބީ (ކ) އާއި ޗެލްސީގެ ކޯޗު ޕޮޓާ ރޭގެ މެޗުގެ ކުރިން.

ބްރައިޓަން ދަނޑުގައި ރޭ ޗެލްސީން ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ތިން ގޯލު ފަހަތުގައި އޮވެގެންނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ވަނީ ގޯލެއް ޖަހައި ބްރައިޓަން އަށް ލީޑުނަގައިދީފަ އެވެ. އޭގެ ފަހުން ބްރައިޓަން އިން ޖެހި ދެ ގޯލަކީ ވެސް ޗެލްސީގެ ކުޅުންތެރިން އަތުން ބައިިކޮޅަށް ވަން ގޯލުތަކެކެވެ. ކޯނަރެއްގައި ޗެލްސީގެ ރުބެން ލޮފްޓަސް ޗީކް ފައިގައި ޖެހިފައި ބައިކޮޅަށް ވަންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަންގެ އެސްޓޫޕީނިއަން ނެގި ހުރަހެއް ބައިކޮޅަށް ވަނީ ޗެލްސީގެ ޓްރެވޯ ޗަލޯބާ ފައިގައި ޖެހިފަ އެވެ.

ޗެލްސީން ދެ ވަނަ ހާފު ފެށީ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާގެ ބަދަލުގައި އެޑޮއާޑް މެންޑީ ކުޅެން އަރުވައިގެންނެވެ. އަދި މި ހާފް ފެށިގެން ތިން މިނިޓް ތެރޭ ކައި ހަވާޓްޒް ވަނީ ގޯލެއް ޖަހައި، އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އޭގެ ފަހުން ގޯލެއް ޖަަހަން ޗެލްސީން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވިއިރު، މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ކީޕަރު މެންޑީ އަތުން ދޫވި ބޯޅައެއް ބްރައިޓްންގެ ޕަސްކާލް ގްރޮސް ވަނީ ގޯލަަށް ފޮނުވާލައި އެ ޓީމަށް ހަތަރު ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

މިއީ ބްރައިޓަން ދޫކޮށް މިދިޔަ މަހު ޗެލްސީއާ ހަވާލުވި ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅުނު 10 މެޗުގެ ތެރެއިން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ޕޮޓާ އަށް ފަހު ބްރައިޓަންއާ ހަވާލުވި އިޓަލީގެ ކޯޗު ރޮބާޓޯ ޑި ޒާބީގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު ހަ މެޗުގެ ތެރެއިން ހޯދި ފުރަތަމަ މޮޅެވެ.

އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލުން މެޗު ފަށަން ޖެހުނީ ވެސް ހިތްދަތިކޮށެވެ. ފަސް ވަނަ މިނިޓްގައި ލީޑްސް ޔުނައިޓެޑުން ލީޑުނެގީ ލިވަޕޫލްގެ ޖޯ ގޯމޭޒް ހެދި ގޯހެއްގެ ފައިދާނަގައި ޖެރާޑް މޮރޭނޯ ޖެހި ގޯލުންނެވެ. މެޗުގެ 14 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ނެގި ހުރަހެއް ގޯލަަށް ފޮނުވާލައި، ސަލާހު ލިވަޕޫލަށް އެއްވަރުކޮށްދިނެވެ.

ރޭގެ މެޗުގެ ތެރެއިން ލިވަޕޫލްގެ ވާޖިލް ވެން ޑައިކް.

އޭގެ ފަހުން ލިވަޕޫލުން ވަނީ ދެ ވަނަ ގޯލެއް ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ލިވަޕޫލްގެ ޑާވިން ނޫނޭޒް އާއި ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުސަތުތަކުން ފޮނުވާލި ބޯޅަތައް ލީޑްސްގެ ކީޕަރު އިލާން މެލިއޭ ވަނީ މަތަކޮށްފަ އެވެ. ލީޑްސް މޮޅުވި ގޯލު މެޗުގެ 89 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކްރައިސެންސިއޯ ސަމާވިލް އެވެ. އޭރިއާތެރެއިން ލިބުނު ކުޑަޖާގައެއްގެ ތެރެއިން ސަމާވިލް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 70 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރޭގެ މޮޅާ އެކު ރެލިގޭޝަން ޒޯން ބޭރަށް ޖެހިލި ލީޑްސް އިން މި ފަހަރު ލީގުގައި ރަށުންބޭރުގައި ހޯދި ފުރަތަމަ މޮޅެވެ.

ނިއުކާސަލް ޔުނައިޓެޑުން ވަނީ ރޭ އެސްޓަން ވިލާ އަތުން 4-0 އިން މޮޅުވެ، ބަލިނުވެ އަށް ވަނަ މެޗު ނިންމާލައި، ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ވަނީ 13 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ ފަސް ވަނައިގައި އޮތީ 12 މެޗުން 21 ޕޮއިންޓާ އެކު އެވެ. ރޭގެ ބައްޔާ އެކު ލިވަޕޫލް ނުވަ ވަނައިގައި އޮތީ 12 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox