ޖަލުގައި 38 އަހަރު ހޭދަކުރި ފަހުން ކުށެއް ނެތްކަން ހާމަވެއްޖެ

މޯރިސް ހޭސްޓިންގްސް ވަނީ ޖަލުގައި 38 އަހަރު ހޭދަކޮށްފައި. -- ފޮޓޯ: އެލްއޭ ޑިސްޓްރިކްޓް އެޓާނީ އޮފީސް

މޯރިސް ހޭސްޓިންގްސް ވަނީ ޖަލުގައި 38 އަހަރު ހޭދަކޮށްފައި. -- ފޮޓޯ: އެލްއޭ ޑިސްޓްރިކްޓް އެޓާނީ އޮފީސް

އެމެރިކާގެ ޖަލެއްގައި ގާތްގަނޑަކަށް 40 އަހަރު ހޭދަކުރި މީހެއްގެ ކުށެއް ނެތްކަން ޑީއެންއޭ ހެކިން ސާބިތުވުމުން، އޭނާ މިނިވަންކޮށްފި އެވެ.

މޯރިސް ހޭސްޓިންގްސް ޖަލުގައި ބަންދުކުރީ 1983 ވަނަ އަހަރު ކެލިފޯނިއާގައި ރޮބޭޓާ ވިޑެމެޔޭ މަރާލައި، އިތުރު ދެ މީހުން މަރާލަން މަސައްކަތް ކުރި މައްސަލައިގަ އެވެ.

އެހެން ނަމަވެސް، މުޅިން އަލށް ހޯދި ޑީއެންއޭ ހެކިން އެނގުނު ގޮތުގައި އެ ކުށް ކުރީ 2020 އަހަރު ޖަލުގައި ބަންދުކޮށްފައި ހުއްޓާ މަރުވި އެހެން ގައިދީއެކެވެ.

އޮކްޓޯބަރު 20، 1988 ގައި ކުށް ސާބިތުވި ކަމަށް ނިންމައި ބަންދުކުރި ހޭސްޓިންގްސް ޖަލުން މިނިވަން ކުރި އިރު، އޭނާގެ އުމުރުން 69 އަހަރެވެ.

ލޮސް އެންޖެލިސް ކައުންޓީ ޑިސްޓްރިކްޓް އެޓޯނީ ޖޯޖް ގެސްކޮން ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވުމަކީ ބޮޑު ނާއިންސާފެއް ކަމަށެވެ.

ރޮބޭޓާ ވިޑެމެޔޭ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކާރުގެ ޑިކީ ތެރެއިންނެވެ. އޭނާއަށް ޖިންސީ ގޯނާކޮށް، ބޮލަށް ބަޑި ޖެހި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހޭސްޓިންގްސްއާ ދެކޮޅަށް ދައުވާ އުފުލައި، ޕްރޮސެކިއުޓަރުން ބޭނުންވީ މަރުގެ ހުކުމް އިއްވުމަށެވެ. ފުރަތަމަ ޝަރީއަތުގައި ޖޫރީއަށް ގޮތެއް ނުނިންމުމުން، ދެ ވަނަ ފަހަރަށް ޝަރީއަތްކޮށް، ޖޫރީއިން 1988 ގައި ނިންމީ އުމުރަަށް ޖަލުގައި ބަންދު ކުރުމަށެވެ.

މައްސަލައިގައި ހައްޔަރު ކުރި ވަގުތުން ފެށިގެން ވެސް ހޭސްޓިންގްސް ބުނަމުން ދިޔައީ އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށެވެ. އެކަމަކު ޑީއެންއޭ ޓެސްޓު ކުރުމަށް ހުށަހެޅުމުން، އިދާރާތަކުން ކުރިން ގަބޫލެއް ނުކުރި އެވެ.

ގިނަ މަސައްކަތަކަށް ފަހު ކުށެއް ނެތް ކަމަށް ބަޔާންކޮށް ކޮންވިކްޝަން އިންޓްގްރިޓީ ޔުނިޓަަށް 2021 ވަނަ އަހަރު މައްސަލަ ހުށަހެޅުމުން ޑީއެންއޭ ޓެސްޓުކޮށް، ކުށެއް ނެތްކަން ސާބިތުވީ މިދިޔަ ޖޫން މަހު އެވެ.

ހޭސްޓިންގްސް މިނިވަން ކުރުމާ އެކު ނޫސްވެރިންނަށް ބުނީ އޭނާގެ ހިތުގައި ރުޅިވެރިކަމެއް ނެތް ކަމަށާއި ބޭނުން ވަނީ އުމުރުގެ ބާކީ އޮތް ބައި އުފަލުގައި އުޅެން ކަމަށެވެ.

ހޭސްޓިންގްސް ބަދަލުގައި ޑީއެންއޭ ދިމާވި މީހާ 2020 ވަނަ އަހަރު މަރުވި އިރު، އޭނާ ބަންދުކޮށްފައި ހުރީ ރޮބޭޓާ ވިޑެމެޔޭ މަރާލި ގޮތާ ދާދި އެއް ގޮތަކަށް ހިންގި ކުށެއް ސާބިތުވެގެންނެވެ. އެ މައްސަަލައިގައި އޭނާ ވަނީ އަންހެނަކު ރަހީނުކޮށް، ކާރުގެ ޑިކީގެ ތެރޭގައި ބާއްވަައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox