ގުއަންޓަނާމޯ ބޭ ޖަލުގައި ހުރި އެންމެ މުސްކުޅި ގައިދީ މިނިވަންކޮށްފި

ސައިފުﷲ ޕަރާޗާއަކީ އުމުރުން 75 އަހަރުގެ ޕާކިސްތާނު ރައްޔިތެއް. -- ފޮޓޯ: އޭޕީ

ސައިފުﷲ ޕަރާޗާއަކީ އުމުރުން 75 އަހަރުގެ ޕާކިސްތާނު ރައްޔިތެއް. -- ފޮޓޯ: އޭޕީ

ގުއަންޓަނާމޯ ބޭ ޖަލުގައި ބަންދުކޮށްފައި ހުރި އެންމެ އުމުރުން ދުވަސްވީ ގައިދީ ގާތްގަނޑަކަށް 20 އަހަރު ފަހުން މިނިވަންކޮށްފި އެވެ.

އުމުރުން 75 އަހަރުގެ ސައިފުﷲ ޕަރާޗީ ހައްޔަރު ކުރީ އަލް ގައިދާއަށް ހަމްދަރުދީވާ މީހެއް ކަމަށް ތުހުމަތުކޮށް، ސެޕްޓެމްބަރު 11، 2001 ގެ ހަމަލާއަށް ދެ އަހަރު ވީ ފަހުންނެވެ.

އޭނާ އަލް ގައިދާއަށް ފައިސާ ހޭދަކުރި ކަމަށް އެމެރިކާއިން ބުންޏެވެ. އެކަމަކު 20 އަހަަރު ބަންދުކޮށްފަައި ހުރި އިރު ވެސް ދައުވާއެއް ނުއުފުލަ އެވެ. އޭނާ ބުނީ ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ.

Advertisement

އެމެރިކާގެ ނޭވީ ނުވަތަ ކަނޑުގެ ސިފައިން އޮޕަރޭޓް ކުރާ ގުއަންޓަނާމޯ ބޭ ޖަލު އުފެއްދީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް ފަހު 2001 ވަނަ އަހަރު އެވެ.

"ގުއަންޓަނާމޯ ބޭގައި ބަންދުކޮށްފައި ހުރި ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ ސައިފުﷲ ޕަރާޗާ މިނިވަންކޮށް، އޮކްޓޯބަރު 29، 2022 ވީ ހޮނިހިރު ދުވަހު ވަނީ އެނބުރި ޕާކިސްތާނަށް އައިސްފައި،" ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ޕަރާޗާގެ ގާނޫނީ ވަކީލު ކްލައިވް ސްޓެފޯޑް ސްމިތް ވަނީ އޭނާ މިނިވަން ކުރަން ނިންމިތާ އެތައް ދުވަހެއް ފަހުން ނިންމުން ތަންފީޒު ކުރުމުން ފާޑުކިޔައިފަ އެވެ. އޭނާ މިނިވަން ކުރަން ނިންމީ މިދިޔަ އަހަރު އެވެ.

ޕަރާޗާ ހައްޔަރު ކުރީ ޖުލައި 2003 ވަނަ އަހަރު އެމެރިކާގެ އެފްބީއައިއިން ހިންގި ސިއްރު އޮޕަރޭޝަނެއްގައި ތައިލޭންޑުންނެވެ. ޕަރާޗާއަކީ އެމެރިކާއިން ކިޔަވައިގެން ހުރި މީހެކެވެ.

އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ބަގްރަމް ޖަލުގައި 14 މަސް ބެހެއްޓުމަށް ފަހު އޭނާ ބަދަލުކުރީ ގުއަންޓަނާމޯ އަށެވެ.

އެ ޖަލުގެ މަގްސަދަކީ އެމެރިކާއިން "ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި" ގައިދީން ބަންދު ކުރުމެވެ. އެއީ ލާއިންސާނީ އެތައް އަމަލެއް ހިންގާ ތަނެއްގެ ގޮތުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ތަޖުރިބާކާރުން ސިފަކުރެ އެވެ.

ބަންދުކޮށްފައި ތިބި ގައިދީންގެ ތެރެއިން ދައުވާއެއް އުފުލާފައި ނުވާ މީހުން މިނިވަންކޮށް، ދެން ތިބި މީހުންގެ ޝަރީއަތް އަވަސް ކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ދަނީ ޕްރެޝަރު ކުރިމަތިވަމުންނެވެ.

މިދިޔަ އަހަަރު ޕަރާޗާގެ އިތުރުން އުމުރުން 55 އަހަރުގެ ޕާކިސްތާން މީހެއް ކަމުގައިވާ އަބްދުލް ރައްބާނީ އާއި އުމުރުން 41 އަހަރުގެ ޔަމަނުގެ އުސްމާން އަބްދުލް ރަހީމް އުސްމާން މިނިވަން ކުރަން ބައިޑެންގެ ސަރުކާރުން ނިންމި އެވެ.

މިހާރު ވެސް ގުއަންޓަނާމޯ ބޭ ޖަލުގައު 35 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ސެޕްޓެމްބަރު 11 ގެ ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ކާލިފް މުހައްމަދު ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox