މިދިޔަ ސެޕްޓެމްބަރު މަސް ފެށިގެން ދިޔައީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ ބާރު ވަރަށް ގަދަކޮށެވެ. ދުވަހުގެ އެކި ވަގުތު ބޯކޮށް ވާރޭ ވެހި، މާލޭގެ މަގުތައް ފެންބޮޑުވެގެން ދިޔަ އެވެ. ވާރޭ ވެހި ގޭގޭގެ ފުރާޅުން ފެން ލީކުވުމުގެ ހާދިސާތަކާއި ފެންބޮޑުވެ އެކި ގޭގެއަށް ފެން ވަނުން ފަދަ ކަންކަން ހިނގި އެވެ.
މިފަދަ ހާދިސާތައް ހިނގުމުގެ ތެރޭގައި ގޭގޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް، ސީލިންގުން ފެން ލީކުވެ ފަރުނީޗަރުގެ އިތުރުން ޓީވީއާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނަށް އޭގެ އަސަރު ކުރުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން މިފަދަ ހާދިސާއަކަށް ތައްޔާރުވެ ތަކެތި ހަލާކުވުން ނުވަތަ ލިބިދާނެ ގެއްލުމެއްގެ ސަބަބުން އުފުލަން ޖެހޭ ބުރަ ކުޑަ ކުރެވޭނެ ގޮތްގޮތް ހޯދުމަކީ ބޭނުންތެރި ކަމެކެވެ.
ގޭތެރޭގެ މުދަލުގެ ރައްކާތެރިކަން
މި ހާލަތަށް އެންމެ އެކަށޭނަ ރައްކާތެރިކަމަކީ ހޯމް ކޮންޓެންޓް ނުވަތަ ގޭތެރޭގައި ހުންނަ މުދާ ރައްކާތެރިކޮށްފައި ބެހެއްޓުމެވެ. އެތަކެއްޗަށް ގެއްލުމެއް ވެއްޖެ ނަމަ ދިރިއުޅުމުގެ ކަންކަމަށްވެސް ދަތިވާ ފަދަ ސާމާނު ކަމަށްވާ، އެނދާއި، ކަބަޑާއި، މޭޒާއި، ގޮނޑިއާއި، ގޭގެ ފްލޯރިންގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ބްލެންޑަރާއި، އަވަނާއި، މައިކްރޮވޭވް ފަދަ ތަކެއްޗަކީ އިންޝުއާކޮށް ރައްކާތެރިކަން ކަށަވަރު ކުރުން މުހިއްމު ބޭނުންތެރި މުދަލެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"ގެ "ހިޔާވަހި" ޕްލޭނަކީ ގޭތެރޭގައި ގެންގުޅޭ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދޭ ބައިވެރިޔާ އެވެ. ވިއްސާރައާއި ފެންބޮޑުވުމާއި ހޮނުއެޅުމާއި ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާއެއް ނުވަތަ ނުރައްކާތެރި ގޮވުމެއް ގޮވުމާއި ދުމުގެ އަސަރު ކޮށްގެން މުދަލަށް ލިބޭ ގެއްލުންތައް މި ޕްލޭނުން ކަވަރުކޮށްދޭނެ އެވެ. ވައިގަދަވެގެން ގަހެއް ނުވަތަ ގަހެއްގެ ބައެއް ވެއްޓި ގޭތެރޭގައި ހުންނަ މުދަލަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ގެއްލުމަކަށް ވެސް މި ޕްލޭނުން ކަވަރޭޖު ލިބޭނެ އެވެ.
މީގެ އިތުރުން ވައްކަން ކުރުމުގެ ނިޔަތުގައި ގެއަށް މީހަކު ވަދެގެން، މި ޕްލޭންގެ ދަށުން ކަވަރުކޮށްފައިވާ މުދަލަކަށް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމަކަށް ވެސް ކަވަރޭޖު ލިބޭނެ އެވެ.
"ހިޔާވަހި"ގެ ފައިދާތައް
އަޔާދީ ތަކާފުލްގެ "ހިޔާވަހި" ޕްލޭނުގައި 5 ގިންތިއެއް ހިމެނެއެވެ. އެއީ 150,000ރ. ގެ ކަވަރޭޖު ލިބޭ "ބޭސިކް"، 250,000ރ. ގެ ކަވަރޭޖު ލިބޭ "އެކްސެލް"، 350,000ރ. ގެ ކަވަރޭޖު ލިބޭ "ޕްރީމިއަމް"، 485,000ރ. ގެ ކަވަރޭޖެއް ލިބޭ "ޑިލަކްސް" އަދި 650,000ރ. ގެ ކަވަރޭޖެއް ލިބޭ "ލަގްޒަރީ" ގިންތި އެވެ. މިއިން ކޮންމެ ގިންތިއެއްގައި ވެސް ވަކިވަކި މުދަލަށް ކަވަރޭޖު ލިބޭނެ އެންމެ މަތީ މިންވަރު ކަނޑައެޅިފައި ހުރެ އެވެ.
މިސާލަކަށް, "ބޭސިކް" ގައި އެއާކޮންޑިޝަނަރަށް ކަނޑައެޅިފައިވާ އެންމެ މަތީ ލިމިޓަކީ 18,000ރ. ގެ ކަވަރޭޖެވެ. "ޕްރީމިއަމް" ގައި 33,000ރ. ކަނޑައެޅިފައިވާ އިރު އެންމެ މަތީ ގިންތި ކަމުގައިވާ "ލަގްޒަރީ" ގައި އެއާކޮންޑިޝަނަރަށް ކަނޑައެޅިފައި ވަނީ 60,000ރ. އެވެ. "ހިޔާވަހި" ޕްލޭނެއް ބައްލަވައިގަންނަވާ އިރު ގޭބިސީގައި ހުރި މުދަލުގެ އަގާއި އަދަދަށް ބަލާ އެ މުދަލުގެ ކަވަރޭޖަށް އެންމެ އެކަށޭނަ ލިމިޓެއް ކަނޑައަޅާފައިވާ ގިންތީގެ ޕްލޭނެއް ބައްލަވައިގަނެވޭނެ އެވެ.
"ހިޔާވަހި" ޕްލޭނަކީ އަގު ހެޔޮ އަދި ރާއްޖޭގެ ކޮންމެ ސަރަހެއްދެއްގައި ހުރި ގެއަކަށްވެސް ބައްލަވައިގަންނަވަން ވެސް ފަސޭހަ ޕްލޭނެކެވެ. ހިޔާވަހީގެ އެންމެ ކުޑަ ޕްލޭން "ބޭސިކް" ގެ އަގަކީ އަހަރަކު އެންމެ 200 ރުފިޔާ އެވެ. އެންމެ މަތީ ގިންތީ "ލަގްޒަރީ" ގެ އަގަކީ އަހަރަކު އެންމެ 600 ރުފިޔާއެވެ. ކޮންމެ ގިންތިއެއްގެ އަގުގައި އުޅެނީ އެންމެ 100 ރުފިޔާގެ ފަރަގެކެވެ.
އަޔާދީގެ "ހިޔާވަހި" ޕްލޭނެއް ބައްލަވައިގަނެ، އޭގެ ފައިދާތައް ލިބިގަތުމަށް ލަސްނުކުރައްވާށެވެ. އަޔާދީ ތަކާފުލް - އެލައިޑް އިސްލާމިކް ވިންޑޯގެ "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް މި ޕްލޭން އޮންލައިންކޮށް ބައްލަވައިގަނެވޭނެ އެވެ. ހިޔާރުކުރައްވާ ޕެކޭޖެއް ހިޔާރު ކުރެއްވުމަށް ފަހު ޕްލޭން ބައްލަވައިގަންނަވާ ފަރާތުގެ މައުލޫމާތާއި އިންޝުއާކުރައްވާ މުދާ ހުރި ގޭބިސީގެ މައުލޫމާތު ޖެއްސެވުމަށް ފަހު އޮންލައިންކޮށް ބައްލަވައިގަންނަވާށެވެ.
ގޭތެރޭގެ މުދަލުގެ ރައްކާތެރިކަމަށް އިސްކަން ދެއްވާށެވެ. އިތުރު މައުލޫމާތު އެލައިޑް އިންޝުއަރަންސްގެ ހޮޓްލައިން 1600 އިން ލިބިވަޑައިގަންނަވާނެ އެވެ.








