ކްލޮޕަށް 38000 ޑޮލަރުގެ ޖޫރިމަނާއެއް

Oct 28, 2022, 10:58 AM
ކްލޮޕަށް 38000 ޑޮލަރުގެ ޖޫރިމަނާއެއް

ލިވަޕޫލް (އޮކްޓޫބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން 1-0 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް އަށް ދެއްކި ރަތް ކާާޑާ އެކު އޭނާގެ މައްސަލަ ބަަލައި، 38000 ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.

ސިޓީ އަތުން މި މަހު 16 ވަނަ ދުވަހުގެރޭ ލިވަޕޫލް މޮޅުވި މެޗުގެ ފަހު ވަގުތު ލިވަޕޫލްގެ މުހައްމަދު ސަލާހަށް ސިޓީގެ ބެނާޑޯ ސިލްވާ ފައުލުކުރި ނަމަވެސް ރެފްރީ އެ ފައުލެއްގެ ގޮތުގައި ނުދައްކާތީ ކްލޮޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެކަމާ މެޗުގެ ރެފްރީ އެންތަނީ ޓޭލާއާ ބޭއަދަބީކޮށް މުހާތަބުކުރުމުން ކްލޮޕަށް ރަތް ކާޑު ދެއްކި އެވެ.

އިނގިރޭސި އެފްއޭގެ ޕެނަލުން އެ މައްސަލަ ބަލަން ފަށައި، ޖަވާބުދާރީވާން ދިން ފުރުސަތުގައި ކްލޮޕް ވަނީ އެޕީލްކުރަން ދެކޮޅު ހަދައި، އޭނާ އަށް ދެއްކި ރަތް ކާޑަކީ ވެސް ރަނގަޅު ނިންމުމެއް ކަމަށް ބުނެފަ އެވެ. މި މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭގެ ޕެނަލުން ނިންމީ ކްލޮޕަށް ސަސްޕެންޝަނެއް ދިނުމުގެ ބަދަލުގައި 38000 ޑޮލަރުން ޖޫރިމަނާ ކުރާށެވެ.

ޕެނަލްގެ ނިންމުން ލިޔުމުން އެފްއޭ އަށް ހުށަހެޅުމާ އެކު އިނގިރޭސި އެފްއޭ އިން އެ މައްސަލައިގައި އެޕީލްކުރުމާ މެދު ގޮތެއް ނިންމާނެ އެވެ. އެ ކަންކަމާ މެދު ގޮތެއް އެއްކޮށް ނިމެންދެން ލިވަޕޫލްގެ މެޗުތަކުގައި ކްލޮޕަށް ޓީމަށް އިރުޝާދު ދޭން ބެންޗަށް އައުމުގައި އެއްވެސް ހުރަހެއް ނެތެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް އިނގިރޭސި އެފްއޭ އިން ވަނީ ކްލޮޕް 51000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެ ފަހަރު ކްލޮޕް ޖޫރިމަނާކުރީ ލިވަޕޫލާއި ވެސްޓް ހޭމް 1-1 އިން އެއްވަރުވި މެޗުގައި އެ މެޗުގެ ރެފްރީ ކެވިން ފްރެންޑްގެ ނިންމުންތައް ހުރީ އެއް ފަރާތަކަށް ޖެހިފައި ކަމަށް ބުނެ، ރެފްރީއާ މެދު ފާޑުކިޔާފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox