"އިންސާނިއްޔަތަށް އެހީވާން" ޓްވިޓާ ގަންނާނަން: މަސްކް

ބިލިއަނަރު އެލޮން މަސްކް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބިލިއަނަރު އެލޮން މަސްކް. -- ފޮޓޯ: ގެޓީ އިމޭޖާޒް

"އިންސާނިއްޔަތަށް އެހީވާން" ޓްވިޓާ ގަންނާނެ ކަމަށް ބިލިއަނަރު އެލޮން މަސްކް ބުނެފި އެވެ.

މަސްކް ކުރި ޓްވީޓެއްގައި ބުނީ ކުންފުނި ގަންނަނީ "ފައިސާ ގިނަކުރަން ނޫން" ކަމަށާއި އެކަން ކުރަނީ "އިންސާނިއްޔަތަށް އެހީވާން" ކަމަށެވެ.

ކުރިން އެއްބަސްވި ގޮތަށް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނަން ޖެހެނީ ހުކުރު ދުވަހުގެ ކުރިންނެވެ. އެގޮތަށް އަމަލު ނުކޮށްފި ނަމަ ކޯޓުގައި ޝަރީއަތް ފަށާނެ އެވެ.

Advertisement

ޓްވިޓާގައި އިޝްތިހާރު ކުރާ ފަރާތްތަކާ މުހާތަބުކޮށް މަސްކް ކުރި ޓްވީޓުތަކުގައި ބުނީ އޭނާ ކުންފުނި "ނަގާފައިވާ" ކަމަށެވެ. އެކަމަކު އެކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ.

ޓްވިޓާ ގަންނަން ނިންމި ސަބަބާ ބެހޭ ގޮތުން ޓްވީޓް ކުރުމުގެ ކުރިން، މަސްކް ވަނީ ސިންކެއް ހިފައިގެން ޓްވިޓާގެ މައި އޮފީހަށް އޭނާ ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓްވީޓުކޮށްފަ އެވެ.

ވިޔަފާރި ދުނިޔޭގައި "ކިޗެން ސިންކިންގެ" މާނައަކީ ކުންފުންޏަކަށް އިންގާލީ ބަދަލު ގެނައުމެވެ. އެ ވީޑިއޯއިން މަސްކް ދެނީ އެ މެސެޖުކަމެއް ސާފެއް ނޫނެވެ.

މަސްކްގެ ޓްވިޓާ ބަޔޯގައި މިހާރު ލިޔެފައި ވަނީ "ޗީފް ޓްވިޓް" އެވެ. އޭނާ ބުނީ ޓްވިޓާ ވާން ޖެހޭނީ ހުރިހާ އެންމެންނަށް މަރުހަބާ ކިޔާ ޕްލެޓްފޯމަކަށް ކަމަށެވެ.

"ޓްވިޓާއަކީ އެއްވެސް ނަތީޖާއެއް ކުރިމަތިނުވެ، އެ މީހަކު ހިތު ހުރި އެއްޗެއް، ހިތު ހުރި ގޮތަކަށް ހާމަކުރެވޭނެ ތަނަކަށް ވެގެން ނުވާނެ،" މަސްކް ބުންޏެވެ.

ޓްވިޓާ ގަންނަަން ނިންމައި އެންމެ ފުރަތަމަ ވާހަކަ ދެއްކި އިރު މަސްކް ބުނީ އޭނާ ބޭނުންވަނީ ސްޕޭމް އެކައުންޓްތައް ޑިލީޓުކޮށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭ ޕްލެޓްފޯމަކަށް ހަދަން ކަމަށެވެ.

އެކަަމަކު އޭގެ ދުވަސްކޮޅެއް ފަހުން، އެ ހުށަަހެޅުން އަނބުރާ ގެންދިޔައީ ފޭކު އެކައުންޓުތަކުގެ އަދަދާ ބެހޭ ގޮތުން ޓްވިޓާއިން ސައްހަ މައުލޫމާތު ނުދޭ ކަމަށް ބުނެ އެވެ.

ޓްވިޓާ ހިންގުމުގައި އިސްކޮށް އުޅޭ މީހުން އެ ތުހުމަތު ދޮގުކުރި އެވެ. އެ މީހުން ބުނީ މަސްކް ހުށަހެޅުން އަނބުރާ ގެންދިޔައީ މާ އަގުބޮޑުވުމުން ކަމަށެވެ.

ކުރިން އެއްބަސްވި ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޓްވިޓާއިން ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ބުނީ އޮކްޓޯބަރު 28 ކުރިން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox