މެގުއާ އަށް އިތުބާރު އެބައޮތް، ޔުނައިޓެޑަށް މުހިންމު ކުޅުންތެރިއެއް: ޓެން ހާގް

Oct 27, 2022, 5:56 AM
މެގުއާ އަށް އިތުބާރު އެބައޮތް، ޔުނައިޓެޑަށް މުހިންމު ކުޅުންތެރިއެއް: ޓެން ހާގް

މެންޗެސްޓާ (އޮކްޓޫބަރު 27) - މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އަކީ ކުލަބަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާ އަށް އިތުބާރުކުރާ ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ކޯޗު ޓެން ހާގް މެގުއާގެ ދިފާއުގައި ވާހަކަދައްކާފައި މިވަނީ ގިނަ ބައެއްގެ ފާޑުކިޔުން މެގުއާ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަނެއްކޮޅުން، މެގުއާ އަނިޔާގައި ހުރި ދުވަސްވަރު ކުލަބުގެ ނަތީޖާތައް ރަނގަޅުވެ، ޑިފެންސް ލައިނުގެ ކުޅުންވެސް ރަނގަޅުކަން ފާހަގަކޮށް ސަޕޯޓަރުން ވަނީ މެގުއާ އަށް ފުރުސަތު ނުދޭން އެދި ހިޔާލު ފާޅުކޮށްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވި މެގުއާ މިހާރު ހުރީ އަނިޔާއިން އެއްކޮށް ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ފިޓުކޮށެެވެ.

މި ދަނޑިވަޅުގައި ޑިފެންޑަރު ރަފައެލް ވަރާން އަށް އަނިޔާވެ، ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން މެގުއާ އަށް އަނެއްކާ ވެސް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ގާތެވެ.

ޓެން ހާގު ބުނީ މެގުއާ އަކީ ކެޕްޓަނަށް ވިޔަސް ފުރަތަމަ އެގާރައިން ފުރުސަތު ހޯދަން އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

މެގުއާ އަށް މި ދަނޑިވަޅުގައި ކުލަބުގައި މެޗުތަކެއް ލިބުންވެސް މުހިންމެވެ. ސަބަބަކީ ވޯލްޑް ކަޕަށް މަހަކަށްވުރެ މަދު ދުވަސްކޮޅެއް އޮތްއިރު، ކޯޗު ގަރެތު ސައުތް ގޭޓް ފައިނަލް ސްކޮޑު އިއުލާންކުރުމުގެ ކުރިން މެގުއާގެ ފިޓްނަސް ރަނގަޅު ކަން ދެއްކުމަށް ކުލަބު މެޗުތަކުން ފުރުސަތު ލިބޭނެތީ އެވެ.

"އަހަންނަށް އިނގޭ މެގުއާ އަށް މި ދަނޑިވަޅުގައި މެޗުތަކެއް ބޭނުންވާކަން. ކުރިއަށް އޮތީ ވޯލްޑް ކަޕް. އެހެންވީމަ މެގުއާ ބޭނުންވާނެ ގައުމީ ޓީމުން ޖާގަ ހޯދަން މެޗުތަކެއް ކުޅެން. އަހަރެން ވަކި ހާއްސަކަމެއް އޭނާ އަށް ނުދޭނަން. ކޮންމެ މެޗަކަށްވެސް އަހަރެން ފުރުސަތު ދޭނީ އެންމެ އެކަށީގެންވާ ކުޅުންތެރިއާ އަށް." މި ސީޒަންގެ ކުރިން ޔުނައިޓެޑާ ހަވާލުވި ޓެން ހާގް ބުންޏެވެ.

މެގުއާ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެމުން ޓެން ހާގް ބުނީ މެގުއާ އަކީ ކުލަބަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އަބަދުވެސް އޭނާގެ އިތުބާރު މެގުއާ އަށް އޮންނާނެ ކަމަށެވެ.

ޓެން ހާގު ބުނީ ވަރާން އަށް އަނިޔާވި ދަނޑިވަޅުގައި މެގުއާ ފިޓުވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

"މެގުއާގެ ފެންވަރާ މެދު އަހަރެން ޝައްކެއް ނުކުރަން. އޭނާ އަކީ ޓީމަށް އަބަދުވެސް މުހިންމު ކުޅުންތެރިއެއް. ޔުނައިޓެޑްގެ އަމާޒަށް ވާސިލްވުމަށް މެގުއާގެ ދައުރު ވަރަށް މުހިންމު ވާނެކަމަށް އަހަރެން ގަބޫލުކުރަން" ޓެން ހާގު ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އޮތީ ޔުއެފާ ޔޫރޮޕާ ލީގުގައި މިރޭ މޮލްޑޯވާގެ ޗެމްޕިއަން ޝެރިފް ޓިރަސްޕޯލްއާ ދެކޮޅަށް ނުކުންނަ މެޗުގައި މެގުއާ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ބޮޑެވެ. މި ވަގުތު ޔުނައިޓެޑު އޮތީ ޔުރޮޕާ ލީގުގެ ގްރޫޕް އީގެ ދެވަނައިގަ އެވެ. ޔުނައިޓެޑަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެން އެއްވަނައިގައި އޮތީ ރެއާލް ސޮސިއެޑާޑާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox