އިންޓަ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް، ބާސެލޯނާ ކުޅޭނީ ޔޫރޮޕާ ލީގުގައި

Oct 26, 2022, 6:37 PM
އިންޓަގެ ޖެކޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އިންޓަގެ ޖެކޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މިލާން (އޮކްޓޫބަރު 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިންޓަ މިލާނުން 4-0 އިން ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އަތުން މޮޅުވެ، މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތު ހޯދިއިރު، ޖެހިޖެހިގެން ދެ ވަނަ އަހަރަކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ބާސެލޯނާ ޔޫރޮޕާ ލީގުގައި ކުޅެން ޖެހިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީން ދެ ވަނަ ބުރުގެ ޖާގަ މީގެ ކުރިން ވެސް ޔަގީންވެފައި އޮތީ ފުރަތަަމަ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހޯދާފައިވާ ބަޔާން މިއުނިކް އެވެ. ގަދަ ދެ ޓީމުގެ ތެރެއިން އިންޓަ ޖާގަ ޔަގީންކުރީ މިރޭ ވިކްޓޯރިއާ ޕްލެޒެން އަތުން މޮޅުވެ، ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ ފަހު މެޗުން ބަޔާން އަތުން ބަލިވިޔަސް، ބާސެލޯނާ އަށް ވުރެ ހެޑް ޓު ހެޑް ގަވާއިދުން އިންޓަ އަށް ކުރި ލިބޭނެ އެވެ.

ބާސެލޯނާ މި ވަގުތު ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ އިން މިރޭ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ. އެކަމަކު، އެ މެޗުން ކޮންމެ ނަތީޖާއެއް ނެރުނު ކަމުގައި ވިޔަސް ޖެހިޖެހިގެން ދެ ވަނަ އަހަރަކު ބާސެލޯނާ އިން ޔޫރޮޕާ ލީގުގައި މި ވަނީ ވާދަކުރަން ޖެހިފަ އެވެ. ގްރޫޕްގެ ފުލުގައި އޮތީ ފަސް މެޗުން ވެސް ބަލިވި ވިކްޓޯރިއާ ޕްލެޒެން އެވެ.

އިންޓަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ހެންރިކް މިކިތާރްޔަން ބޮލުން ޖެހި ގޯލުންނެވެ. މިއީ އަލެސަންދްރޯ ބަސްޓޯނީ ނެގި ހުރަހަކުން މިކިތާރްޔަން ހުސްކޮށްހުރެފައި ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަގެ ދެ ވަނަ ގޯލު ޖެހީ އެޑިން ޖެކޯ އެވެ. އޭނާ މި ލަނޑު ޖެހީ ފެޑެރީކޯ ޑިމާކޯ ހުސްކޮށްލާފައި ދިން ބޯޅަ އަކުން އޭރިއާތެރެއިންނެވެ.

ދެ ވަނަ ހާފްގައި ވެސް ގިނަ އެޓޭކްތަކެއް ކުރި އިންޓަ އިން ވަނީ 66 ވަނަ މިނިޓްގައި ތިން ވަަަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން ޖެކޯ އޭރިއާތެރެއިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ބަދަލަކަށް ކުޅެން އަރައި މެޗުގެ 87 ވަނަ މިނިޓްގައި ރޮމެލޫ ލުކާކޫ ވަނީ އިންޓަގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ޔަކީން ކޮރޭއާ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެން ލުކާކޫ ޖެހި ގޯލެކެވެ.

މިއީ މިދިޔަ 22 އަހަރު ތެރޭ ބާސެލޯނާ ޗެމްޕިއަންސްް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވެސް ބާސެލޯނާ ވަނީ ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގުގައި ކުޅެފަ އެވެ.

ފަސް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީ ދިޔަ ފަހުން ކުޅުނު ދެ ސީޒަނުގައި ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަން ޖެހިފަ އެވެ. މިއީ ބާސެލޯނާގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖެހިޖެހިގެން ދެ އަހަރު ކެޓި ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަނުގެ ކުރިން، ބާސެލޯނާ ޗެމްޕިއަންސް ލީގުގައި ކުޅެ، ނޮކައުޓް ބުރަށް ނުގޮސް އެންމެ ފަހުން ކެޓީ 2000/2001 ވަނަ ސީޒަނުގަ އެވެ. ބާސެލޯނާ 2003/2004 ވަނަ އަހަރުގެ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox