ނަތީޖާ ނެރެ ހަމަނޭވައެއްލާން ކްލޮޕް ބޭނުން

Oct 26, 2022, 6:05 AM
ނަތީޖާ ނެރެ ހަމަނޭވައެއްލާން ކްލޮޕް ބޭނުން

އަމްސްޓެޑަމް، ނެދަލެންޑްސް (އޮކްޓޫބަރު 26) - ޓީމުގެ މިވަގުތުގެ ހާލަތަށް ބަލާއިރު މިރޭ އަޔެކްސް އަތުން ރަނގަޅު ނަތީޖާއެއް ހޯދައި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ޖާގައެއް ވީހާވެސް އަވަހަށް ހޯދުން މުހިންމު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަޔެކްސްއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން އެޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައި އޮތްއިރު ތިންވަނައިގައި އަޔެކްސް އޮތީ ހަތަރު މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.

މިރޭ އަޔަކްސް މެޗުން ޕޮއިންޓެއް ލިބުނަސް ލިވަޕޫލަށް ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. އަޔަކްސް މޮޅުވެއްޖެނަމަ ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނެ ޓީމެއް މި ގްރޫޕުން އިނގޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުންނެވެ. މި ގްރޫޕުން ނަޕޯލީ ވަނީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފޯވާޑް ޑާވިން ނުނޭޒް އާއި ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ފިޓުވެފައިވުމެވެ.

މިދިޔަ ހަފްތާގައި ވެސްޓް ހޭމް އަތުން ލިވަޕޫލް މޮޅުވި މެޗުގައި ކުޅުމަށް ފަހު ނޫނޭޒްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ހުރީ ކުޅުމާއި ދުރުގަ އެވެ. އެންމެ ފަހުން ލީގުގައި ނޮޓިމްހަމް ފޮރެސްޓް އަތުން ލިވަޕޫލް ބަލިވި މެޗުގައި ވެސް ނުނޭޒް ނުކުޅެ އެވެ.

ކްލޮޕް ބުނީ ޓީމުގެ ހާލަތަށް ބަލާއިރު އަނިޔާއިން އެނބުރި އަންނަ ކޮންމެ ކުޅުންތެރިއަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއްލެވޭ ކަމަށެވެ. ނަމަވެސް އެއީ އޭނާ އިތުރަށް ޓީމާ މެދު ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި ކްލޮޕް ސިފަކުރި އެވެ.

"ދެ ކުޅުންތެރިން އެނބުރި މިއައީ. އެކަމަކު، އަހަންނަށް ބޮޑު ރިސްކެއް ނަގާފައި ދެ ކުޅުންތެރިން އެގާރައަށް ލައިގެން ނެތް ކުޅެވެން. އަނެއްކާ އިންޖަރީވެއްޖެއްޔާ ހާތަލު މާ ބޮޑަށް ގޯސްވާނެ" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މިއީ ލިވަޕޫލަށް ވަރަށް ބޮޑަށް ބަދުނަސީބު ސީޒަނެއް ކަމަށެވެ. ކުޅުންތެރިން ފިޓުވެ ކުޅުމުގެ ތެރެއަށް އަންނައިރު އަނެއްކާ އެހެން ކުޅުންތެރިއަކަށް އަނިޔާވާކަން ކްލޮޕް ފާހަގަކުރި އެވެ.

އެހެންކަމުން މިވަގުތުގެ ހާލަތަށް ބަލާއިރު ވީހާވެސް އަވަހަށް ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންވުމަކީ ކްލޮޕް އަށް ހަމަޖެހުމުގެ ނޭވާއެއް ލިބޭނެ ކަމެކެވެ.

ކްލޮޕް ބުނީ އެއް ފެންވަރެއްގައި ޓީމަށް ނުކުޅެވި ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ މައިގަނޑު ސަބަބަކީ ވެސް އަނިޔާގެ މައްސަލަތައް ކަމަށެވެ. ނަތީޖާތައް ދަށްވުމާއި އެހެނިހެން ކަންކަމުގެ ވާހަކަ އަހާ ކޮންމެ ފަހަރަކުވެސް އޭނާ އަށް ދެވެން އޮތީ އެންމެ ޖަވާބެއް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

އަޔަކްސްގެ ކޯޗު އަލްފްރެޑް ޝްރޫޑާ ބުނީ ލިވަޕޫލްގެ ލީގު ފޯމަކީ ޗެމްޕިއަންސް ލީގު މެޗުތަކަށް އަސަރުކުރާނެ ކަމެއްގެ ގޮތުގައި އޭނާ ނުދެކޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox