"ބާޒާރުމަތީ" ބަހުރުވައަށް އަހަރެމެން ހޭނެނީތަ؟

"ބާޒާރުމަތީ" ބަހުރުވައަށް އަހަރެމެން ހޭނެނީތަ؟

އެންމެ ފުރަތަމަ "ޅ" ބަހުރުވައިން އެއްޗެއް އަޑުއިވުނު ދުވަހު އަހަރެން ހުރީ ބޮޑު މީހެއްގެ ގޮތުގައެވެ. އެފަދަ ކަންތައްތަކަށް ހުށަނޭޅޭ ފަދަ މާހައުލެއްގައި އުޅެބޮޑުވީމާ ތޯއްޗެކެވެ. އަޑިއިވުނު ވަގުތު، އެ ބުނި އެއްޗެއްގެ މާނަ ދޭހަ ނުވިނަމަވެސް، ބުނެލި ރާގާއި އަޑުގެ ލެނބުންތައް އައިގޮތުން ހީބިހި ނަގައިގެންދިޔައެވެ. އެ ބުނީ ކޮންމެވެސް ބާޒާރުމަތީ އެއްޗެއްކަން އެނގުނީ އެ "ޅ" ލަފުޒާ ވިއްދާފައި ލޮލާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ އެކީ ހަޑިހުތުރު ބަނދިވަރުގެ ސަބަބުންނެވެ. އެމީހާ އެ ކީ ސާމާނެއް ކިޔާފައި އެނބުރި ދިޔަ އިރު، އެއްކަލަ ފިނޑި އަހަރެން ހުރީ ނުރޯން ތުންފިއްތައިގެން ދެ މިޔަކަނުން ހަނދު އޮއްސިފައެވެ.

އޭގެ އެތަށް އަހަރެއް ފަހެވެ. އޮފީސް މާހައުލެވެ. ރަސްމީ ބައްދަލުވުމެކެވެ. "ވެލާނާގެއިން" ބޭރު އޮފީހަކަށް ވީމާ ތޯއްޗެކެވެ. މާތް ބަހުރުވަ ފެންނަނީ "އޮން އެއަރ" އަށް އެކަންޏެވެ. މާތް ބަހުރުވަ، ކީއްކުރަށް އިޙުތިރާމާއެކު ވާހަކަދެއްކުންވެސް ތަދެވެ. މީޓިން ރޫމްތަކުގައްޔާއި މަސައްކަތުގެ މާހައުލުގައި "ޅ" ބަހުރުވަޔާއި އެ ނޫންވެސް ބާޒާރުމަތީ، ހަޑިހުތުރު ވާހަކަ ދެއްކުން އެއީ ޢާއްމު ކަމެކެވެ. "ކަޓު" މީހާއަކީ އެއިން ލަފުޒެއް އަޑު އިވޭ ހިނދު ލަދުގަންނަ ނުވަތަ އެ ފަދަ އަނގަތެޅުމުގައި ބައިވެރިވާން ޖެހިލުންވާ، ނުވަތަ ދެކޮޅު ހަދާ މީހާއެވެ. "ކޫލް" މީހުންނަށް އެ ބަހުރުވަ ކަމުދާނެއެވެ. އެ ބަހުރުވަ ފެންފަދައިން ދަންނާނެއެވެ.

އިވި އިވި ނުވަތަ ފެނި ފެނި ކަންކަމަށް ހޭނޭ ވާހަކަ އަޑުއަހަމެވެ. މިކަން މިވީ މިހެންތާއެވެ. އަހަރެމެން ދިވެހީން ވެސް ބާޒާރުމަތީ ބަހުރުވައަށް ހޭނެނީތާއެވެ. "ޑީސެންސިޓައިޒޭޝަނަކީ" މިއީއެވެ. ކުރީގައި އެއިން ލަފުޒެއް އިވުމުން ބަޔަކު ހީބިހިނެގިޔަސް، މިހާރު މަގުމަތިން ހިނގާފައިދާއިރު އެކަކު އަނެކަކާ ދިމާއަށް "އެ* މި*"އޭ ކިޔާ އަޑުއިވިގެން ސިހޭނޭ ކުޑަކުއްޖަކުވެސް މަދުވާނެއޭ ބުނަން ކެރިދާނެއެވެ. މިހާ ހިސާބުން އުފެދެނީ، ހުތުރު ބަހުރުވަ، ނުވަތަ ބާޒާރުމަތީ ބަހުރުވަ ޢާއްމުވުމަކީ އިޖުތިމާޢީ ގޮތުންނާއި ބަހަވީ ގޮތުން ވިސްނާއިރު ގެއްލުންހުރި ނުވަތަ ފައިދާހުރި ކަމެއްތޯ ކުރެވޭ ސުވާލެވެ.

ބަހަވީ ނަޒަރަކުން ވިސްނާނަމަ، ޒަމާނާއެކު ނުވަތަ ހާލަތާއެކު ލަފުޒެއްގެ މާނައަށް އަންނަ ބަދަލަކާ ގުޅިގެން އެ ލަފުޒު ޢާއްމު މުއާމަލާތްތަކުގައި ބަލައިގަންނަ ގޮތަށްވެސް ބަދަލު އާދެއެވެ. މިއަށް ކިޔައި މި އުޅެނީ "ސެމާންޓިކް ޝިފްޓް" ނުވަތަ މާނައަށް އަންނަ ބަދަލެވެ. އެ ފަދަ ހާލަތެއްގައި އިރެއްގައި ހުތުރު ނުވަތަ ބާޒާރުމަތީ ޓެގު އެޅުވިފައި އޮތް ލަފުޒެއް މިހާރު ބަލައިގަންނަ ލަފުޒަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ދިވެހި ބަހުގައި އެފަދަ އެއް ބުނުމަކީ "ފިސާރި ކަނބަލެއް" މި ބުނުމެވެ. އިރެއްގައި މިހެން ނިސްބަތްކޮށްގެން ސިފަކުރަނީ "ވަކިކަހަލަ" ކަންތައްތަކަކަށް އަރައިހުރި "އަގުހެޔޮ" އަންހެނުން ސިފަކުރުމަށެވެ. އެހެންނަމަވެސް މިހާރު، އެއީ "ފިސާރި ކަނބަލެކޭ" ބުނެފިނަމަ، ޚާއްސަކޮށް ޒުވާން އާބާދީއަށް، ކުރިން މި ބުނި މާނަ ހިތަށްވެސް ނުގެނެވޭނެއެވެ. ބަދަލުގައި މިހާރު އެކަން ސިފަކުރެވޭނީ ފައްސި މާނައެއްގައެވެ. ކޮންމެވެސް ޢަބުރުވެރި މަސައްކަތެއް ކުރުމުގައި ހުނަރުތަކަކާއި ޤާބިލިއްޔަތު ލިބިގެންވާ، ކުޅަދާނަ، މޮޅު މީހެއް ސިފަކުރުމަށެވެ. މި ފަދަ ބަދަލުތައް ބަސްކޮށާރަށް އަންނަ ހާލަތްތަކުގައި އެއީ އަދި ބާޒާރުމަތީ ބަހުރުވައަށް އެއްގޯސްވެ ހޭނުން ކަމުގައެއް ނުވާނެއެވެ. ބަދަލުވެފައިވާ މާނަ ބަލައިގަންނަން ފަށާ ހިނދުން އެ ލަފުޒުގައި އަޅުވާފައި އޮތް "ބާޒާރުމަތީ ޓެގު" ނެގުނީއެވެ.

އިންސާނުންގެ ނަފުސާނީ ދުޅަހެޔޮކަމުގެ ވާހަކަވެސް މި ބަޙުޘްގެ ތެރެއަށް ވައްދަން އެބަ ޖެހެއެވެ. ރުޅި އަންނަ ވަގުތު ރުޅި ހިންދާލުމުގެ ބަދަލުގައި ކޮންމެވެސް ގޮތަކުން ފައްސި ސިފައެއްގައި އެ ރުޅިގަނޑު ބޭރުކޮށްލެވިއްޖެނަމަ، ހިތަށް ތަސައްލީއެއް ލިބޭނޭކަމަށް ބައެއް މީހުން ދެކެއެވެ. އެއްގޮތަކީ އެކަހެރިވެލާފައި ބާޒާރުމަތީ ބަހުރުވައިން ކަމުގައި ވިޔަސް، އެ ރުޅިގަނޑު ބޭރުކޮށްލުމެވެ. އެހެންނަމަވެސް މިހެން ކަން ކުރާއިރު އެ ފަދަ ބަހުރުވައިން ކައިރީގައި ހުންނަ މީހާއަށް "ފޮޅާލުން" އެއީ ރަނގަޅު ގޮތެކޭ ނުބުނެއެވެ. މިއީވެސް މި ފަދަ ބަހުރުވައަށް އަހަރުމެން ޑީސެންސިޓައިޒްވާ އެއް ސަބަބަށް ވެދާނެ ނޫންހެއްޔެވެ.

ޔަޤީންވާ ކަމަކީ މިއަދު، މާލޭ މަގެއްގެ ދުވާރު މަތިން ހިނގާފައިދާއިރު، އޭރު "ބާޒާރުމަތީ ބަހުރުވައޭ" މި ކީ ފާޑަށް ވާހަކަދައްކާ މީހުންނާ ދިމާނުވުމަށްވުރެ ގާތީ ދިމާވުންކަމެވެ. މިއަދު އަދި ދެ މީހަކު "ޅ" ބަހުން ވާހަކަދެއްކިޔަސް، އެއީ ކޮންމެހެން ރުޅިން ދައްކާ ވާހަކައަކަށް ވާންވެސް ނުޖެހޭކަމެވެ. އަދި ކިއެއްތަ؟ އެފަދަ ވާހަކައެއް މީހަކު ތިމާއާ ނިސްބަތްކޮށް ބުނި ނަމަވެސް އެއީ ތިމާ އެކަމާ ލަދުގަނެ، ހިތުގަޖެހޭ ކަމަކަށް ކޮންމެ ހާލަތެއްގައި ނުވާކަމެވެ.

އެހެންނަމަވެސް ޒަމާނާއި ހާލަތާއެކު ބަހަށް އަންނަ ބަދަލުތަކާ، ޒަމާނުއްސުރެ އެ ބަހަށް ބަހުގެ ކުރީގެ މާހިރުން ދީފައި އޮންނަ މާނައިގެ އަރާރުމެއް ނުހުއްޓޭނެއެވެ. ބަހަށް އަންނަ އިޖުތިމާޢީ ބަދަލުތައް ކަރުދާހަށް ތިރިކުރުމުގެ މަސައްކަތް އެހާ ދިގުލައިގެން ދަނީ މި ސަބަބާ ހުރެއެވެ.

***

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox