ސައުދީ އާއި އެމެރިކާގެ ގުޅުން މުރާޖައާ ކުރުން ރަނގަޅު: އަމީރާ ރީމާ

ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަމީރާ ރީމާ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަމީރާ ރީމާ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ގުޅުން މުރާޖައާ ކުރުން ރަނގަޅު ކަމަށް ސައުދީއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަމީރާ ރީމާ ބިންތި ބަންދާރް ވިދާޅުވެއްޖެ އެވެ.

ތެޔޮ އުފެއްދުން މަދު ކުރަން އޯޕެކް ޕްލަސް ގައުމުތަކުން ނިންމުމުން، އެމެރިކާއިން ބުނީ ސައުދީއާ އެކު އޮތް ގުޅުން މުރާޖައާ ކުރަން ބޭނުންވާ ކަމަށެވެ.

"މިއީ މީގެ ފަސް އަހަރު ކުރިން ނޫނީ މީގެ 10 އަހަރު ކުރިން އޮތް ރަސްކަމެއް ނޫން. އެހެންވީމާ ކުރިން އެނެލައިޒްކޮށްފައި ހޯދި އެއްވެސް މަައުލޫމާތެއްގެ އަގެއް މިހާރު ނުހުންނާނެ،" ރީމާ ވިދާޅުވި އެވެ.

Advertisement
"އަޅުގަނޑުމެންގެ އާބާދީ ވަރަށް ޒުވާން. އަަޅުގަނޑުމެންގެ ލީޑަރުން ވެސް ވަރަށް ޒުވާން. މީގެ ކުރިން ދުނިޔެއާ އެކު މުއާމަލާތް ނުކުރާ ފަދަ ގޮތަކަށް ކަންކަން ކުރިއަށް ގެންދަން އަޅުގަނޑުމެންގެ ވިސްނުން އެބަ ހުރި."

އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑެން ވަޑައިގެންނެވުމާ އެކު ދެ ގައުމުގެ ގުޅުމަށް އަސަރު ކުރަން ފެށި އެވެ. އެންމެ ބޮޑު ކަމަކަށް ފާހަގަވީ އެމެރިކާއިން ސައުދީއަށް ހަތިޔާރު ވިއްކުން މެދުކަނޑާލުމެވެ.

އޭގެ އިތުރުން ޓެރަރިސްޓުންގެ ބްލެކްލިސްޓުންގެ ޔަމަނުގެ ހޫތީން އުނިކުރުމާއި، ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީގެ މަރާ ގުޅޭ ޖާސޫސީ ރިޕޯޓް އާއްމު ކުރުމާއި، އިރާނުގެ ނިޔުކްލިއާ އެއްބަސްވުން އިއާދަކުރަން މަސައްކަތް ކުރުމުން ވެސް ސައުދީއިން ހިތްހަމަނުޖެހުނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ މުއާމަލާތް ކުރެއްވުމަށް ވެސް ބައިޑެން ދެކޮޅު ހެއްދެވި އެވެ. އެކަމަކު އެންމެ ފަހުން މި އަހަރު ސައުދީއަށް ކުރެއްވި ދަތުރުގައި ދެ ބޭފުޅުން ބައްދަލުކުރެއްވި އެވެ.

އޭގެ ފަހުން ދެ ގައުމުގެ ގުޅުން ރަނގަޅު މިސްރާބަކަށް ދަނިކޮށް، އަނެއްކާވެސް އެމެރިކާއިން ހިތްހަމަނުޖެހުނީ ތެލުގެ މައްސަލައިގަ އެވެ. އެމެރިކާއިން ބުނީ އޯޕެކް ޕްލަސްއިން ނިންމީ ސިޔާސީ ނިންމުމެއް ކަމަށެވެ.

"މިއީ އެއްވެސް ސިޔާސީ ކަމެއް ހުރި ނިންމުމެއް ނޫން. އެ ނިންމުން ބިނާވަނީ އިގްތިސާދީ ހާލަތުގެ މައްޗަށް. އެއީ ކުރިއަށް އޮތް 40، 50 އަހަރަށް ބަލާފައި ނިންމި ނިންމުމެއް،" ރީމާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox