ބައި ގަރުނު ވަންދެން ފެން ނުވަރާ އުޅުނު މީހަކު 94 އަހަރުގައި މަރުވެއްޖެ

އިރާނުގެ ނޫސްތަކުން ބުނީ އަމޫ ހާޖީ ފެނާއި ސައިބޯނި ދެކެ ބިރުގަތް ކަމަށް. -- ފޮޓޯ: އޭއެފްޕީ

އިރާނުގެ ނޫސްތަކުން ބުނީ އަމޫ ހާޖީ ފެނާއި ސައިބޯނި ދެކެ ބިރުގަތް ކަމަށް. -- ފޮޓޯ: އޭއެފްޕީ

"ދުނިޔޭގެ އެންމެ މުޑުދާރު މީހާގެ" ގޮތުގައި ނޫސްތަކުން ލޭބަލްކޮށްފައިވާ އިރާނުގެ ރައްޔިތަކު އުމުރުން 94 އަހަރުގައި މަރުވެއްޖެ އެވެ.

އަމޫ ހާޖީ ބައި ގަރުނު ވަންދެން ފެން ނުވަރާ އުޅުނީ ސައިބޯންޏާއި ފެން ބޭނުން ކުރުމުން ބަލިވެދާނެތީ ބިރުން ކަމަށް އިރާނުގެ ނޫސްތަކުން ބުނެ އެވެ.

އިރާނުގެ ދެކުނު ފާރްސް ޕްރޮވިންސްގެ އަވަށެއްގައި އެހެން މީހުންނާ އެކަހެރިކޮށް ދުވަސްތައް ހޭދަކުރި އަމޫ ހާޖީ ފެންވަރުވަން އަވަށުގެ މީހުން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

Advertisement

ނޫސްތަކުން ބުނީ އަވަށުގެ މީހުންގެ ޕްރެޝަރާ ހެދި، ބަސް ގަބޫލުކޮށް، މީގެ މަސްތަކެއް ކުރިން އަމޫ ހާޖީ ފެންވެރި ކަމަށެވެ. އިރްނާ ނިއުސް އެޖެންސީން ބުނީ އޭގެ ފަހުން އޭނާ ބަލިވި ކަމަށެވެ.

ތެހްރާން ޓައިމްސަށް 2014 ވަނަ އަހަރު ދިން އިންޓަވިއުގައި އަމޫ ހާޖީ ބުނީ އޭނާއަށް އެންމެ މީރީ ޕޯކިޔުޕައުން ނަމަކަށް ކިޔާ ޖަނަވާރު ކަމަށެވެ.

އަދި ދިރިއުޅެނީ ބިމުގައި ކޮނެފައިވާ ވަޅުގަނޑެއްގެ ތެރޭގައި ކަމަށާއި ދެޖްގާ އަވަށުގެ މީހުން ހަދައިދިން ކުޑަ ޖިފުޓިއެއްގައި ވެސް ބައެއް ފަހަރު އުޅޭ ކަމަށް އޭނާ ބުންޏެވެ.

އޭރު އަމޫ ހާޖީ ބުނީ އެހެން މީހުންނާ ތަފާތު ގޮތަކަށް އޭނާގެ ދިރިއުޅުން ކުރިއަށް ދަނީ ކުޑައިރު ދިމާވި ހިތާމަވެރި ހާދިސާތަކަކަށް ފަހުގައި ކަމަށެވެ.

އަހަރުތަކެއް ވަންދެން ފެނުގައި ނުޖެހި އުޅުމުން ހަންގަނޑު ފާރުވެ، ދޮސްލާފައިވާ ކަމަށާއި ކެއުމަށް ބޭނުންކުރީ ކުނިވެފައިވާ މަހާއި ނުތާހިރު ފެން ކަމަށް އިރްނާ ނިއުސް އެޖެންސީން ބުންޏެވެ.

އަމޫ ހާޖީއަކީ ދުންފަތުގެ އިސްތިއުމާލް ކުރުމަށް ލޯބިކުރި މީހެކެވެ. އިރްނާ ނިއުސް އެޖެންސީން ބުނީ އޭނާ ފެން ވަރުވައި ބުއިމަށް ސާފު ފެން ދޭން އުޅުމުން، ވަރަށް ބޮޑަށް ހިތާމަ ކުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox