ނައިފަރު ފްލެޓުތައް ބަލަހައްޓަނީ ކައުންސިލުން، ބޮޑު މަރާމާތެއް ކުރަން އެދިފައި ނުވޭ: ހައުސިން

ޅ. ނައިފަރު : އެ ރަށުގައި ސަރުކާރުން އެޅި 100 ފްލެޓުގެ މަރާމާތުުގެ މަސައްކަތާއި ގުޅިގެން ބައެއް ރައްޔިތުން ވަނީ ޝަކުވާ އުފުލާފައި -- ފޮޓޯ: ފައިލް

ޅ. ނައިފަރު : އެ ރަށުގައި ސަރުކާރުން އެޅި 100 ފްލެޓުގެ މަރާމާތުުގެ މަސައްކަތާއި ގުޅިގެން ބައެއް ރައްޔިތުން ވަނީ ޝަކުވާ އުފުލާފައި -- ފޮޓޯ: ފައިލް

ޅ. ނައިފަރުގައި މި ސަރުކާރުން އެޅި 100 ފްލެޓްގައި މަރާމާތުގެ ބޮޑެތި މައްސަލަތަކެއް ހުރެ އެކަން ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ އެ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ވިއްސާރައިގެ ސަބަބުން އެ ފްލެޓުތަކަށް ގިނަ ގެއްލުންތަކެއް ލިބި މަރާމާތު ނުކުރާ ކަމަށް ބުނެ އާންމުންގެ ބައެއް މީހުން ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކޮށްފައިވާ މި ދަނޑިވަޅުގައި ހައުސިން މިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ފްލެޓުތައް ހުރި ހަތަރު އިމާރާތް މެނޭޖުކުރުމަށް އެ މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ ނައިފަރު ކައުންސިލާ ކަމަށެވެ. އަދި، މީގެ ކުރިން ކައުންސިލުން މަރާމާތުކުރުމަށް އެދުމުން އެކަން ކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެގޮތުން، ފްލެޓުތަކުގައި މައްސަލަތަކެއް ހުރި ކަމަށް މި އަހަރުގެ މެއި 19 ގައި ނައިފަރު ކައުންސިލުން އެ މިނިސްޓްރީއަށް އެންގުމުން އެ ފްލެޓުތައް އެޅި ކޮންޓްރެކްޓަރާއި މަޝްވަރާކުރުމަށްފަހު އެފަރާތުގެ ޓީމެއް ޖޫން މަހުގެ 10 ވަނަ ދުވަހު ނައިފަރަށް ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

އަދި، މި މަސައްކަތް ކުރުމަށް ނައިފަރު ކައުންސިލާއި މަޝްވަރާ ކުރުމަށްފަހު ޖޫން މަހުގެ 12 ވަނަ ދުވަހު ތާވަލެއްގެ ދަށުން މަސައްކަތް ފަށާ އެ މަސައްކަތް ނިންމުމަށްފަހު ކައުންސިލްގެ އެޕްރޫވަލް ހޯދައިފާވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި މަރާމާތަށްފަހު ނައިފަރު ކައުންސިލުން އިތުރު ބޮޑު މަރާމާތެއް ކުރަން ޖެހިފައިވާކަން މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށްވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި، އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެކަމެއް ބަލާނެ ކަމުގެ ޔަގީންކަން ވަނީ މިނިސްޓްރީއިން ދީފަ އެވެ.\

ނައިފަރު ފްލެޓްތަކަށް ކުލީގެ ގޮތުގައި ކޮންމެ މަހަކު 5،000 ރ. އަދި މެއިންޓެނެންސް ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 500ރ. ދައްކަ އެވެ. ފްލެޓްތަކުގައި ދިރިއުޅޭ މީހުން ގަބޫލުކުރާ ގޮތުގައި މެއިންޓެނެންސް ފީއަށް ސަރުކާރަށް ދެވޭ ފައިސާއިން ފްލެޓްތަކަށް ބޭނުންވާ މާރާމާތުތައް ކުރެވެން ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox