ވޯލްޑް ކަޕާ ގުޅިގެން ގަތަރަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް އެ ޤައުމުގެ އަމީރު ރައްދުދެއްވައިފި

Oct 26, 2022, 2:23 AM
ވޯލްޑް ކަޕާ ގުޅިގެން ގަތަރަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް އެ ޤައުމުގެ އަމީރު ރައްދުދެއްވައިފި

ދޯހާ (އޮކްޓޫބަރު 26) - މި އަހަރު ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ގަތަރަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ތާނީ ރައްދުދެއްވައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ގަތަރުގައި އަންނަ މަހު ފަށާ ވޯލްޑް ކަޕަކީ މެދުއިރުމަތީގެ ގައުމެއް ވޯލްޑް ކަޕް ކުޅޭ ފުރަތަމަ ފަހަރެވެ. ގަތަރަށް ވޯލްޑް ކަޕްގެ ހޯސްޓިން ލިބުނު ހިސާބުން ފެށިގެން އެ ގައުމަށް ގިނަ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އެންމެ ފުރަތަމަ އަމާޒުވި ފާޑުކިއުންތަކަކީ ގަތަރަށް ވޯލްޑް ކަޕްގެ ހޯސްޓްކަން ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގާފައިވާ ތުހުމަތުތަކާ ގުޅިގެނެވެ. އަދި އޭގެ ފަހުން ގަތަރުގައި އުޅޭ ބިދޭސީ މަސައްކަތްތެރީންގެ ހާލަތާއި ވޯލްޑް ކަޕްގެ ސްޓޭޑިއަމްތައް ހެދުމުގައި އުޅުނު މަސައްކަތްތެރިންނަށް ލާއިންސާނީ ގޮތްތަކަށް އަމަލުކޮށްފައިވާ ބުނެ، ގިނަ ފާޑުކިއުންތަކެއް އަމާޒުވި އެވެ.

ގަތަރު ގާނޫނު ހަދާ ކައުންސިލްގައި ތަގުރީރު ކުރައްވަމުން، ގަތަރުގެ އަމީރު ވިދާޅުވީ ގަތަރަށް ވޯލްޑް ކަޕްގެ ހޯސްޓިން ރައިޓްސް ލިބުނު ހިސާބުން ފެށިގެން ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާ ކަމަށާއި މީގެ ކުރިން ވޯލްޑް ކަޕް ބޭއްވި އެއްވެސް ގައުމަކަށް "މިވަރަށް ފާޑުކިއުންތައް އަމާޒުނުވާ" ކަމަށެވެ.

އަމީރު ވިދާޅުވީ ފާޑުކިއުންތައް އަމާޒުވިޔަސް، އެންމެ ފުރަތަމަ ފާޑުކިއުންތައް ބަލައިގަނެ، ބައެއް ކަންތައްތައް ރަނގަޅުކުރަން އެހީތެރިވާ ކަމެއްގެ ގޮތުގައި ވެސް ގަބޫލްކުރެއްވި ކަމަށެވެ. އެހެން ނަމަވެސް، މި ފާޑުކިއުންތަކަކީ އެހެން މަގްސަދެއްގައި ކުރާކަމެއްކަން ފަހުން އެނގިވަޑައިގަތް ކަމަށެވެ.

"އެހެން ނަމަވެސް ވަކި ހިސާބަކުން ގަތަރާ ދެކޮޅަށް މިކުރާ ކެމްޕޭންތަކުގައި ދޮގު މައުލޫމާތުތަކާއި ތަފާތުކުރުންތައް ފާހަގަކުރެވި، މި ކަމުގެ ފަހަތުގައި އޮތް ހަގީގީ މަޤްސަދާއި އިހުލާސްތެރިކަމާމެދު ގިނަ މީހުންނަށް ސުވާލު އުފެދުނު،" އަމީރު ވިދާޅުވި އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ވޯލްޑް ކަޕް ފަށާއިރު، މި މުބާރާތް ބެލުމަށް އެ ގައުމަށް އެއް މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެ އެވެ.

އަމީރު ވިދާޅުވީ ވޯލްޑް ކަޕަކީ ގަތަރުން އިޤްތިސާދީ ކުރިއެރުމާއި ވަސީލަތްތަކާއި ޤައުމެއްގެ ގޮތުގައި ހޯދާފައިވާ ކުރިއެރުންތައް މުޅި ދުނިޔެ އަށް ދައްކާލަން ލިބޭ ފުރުސަތެއް ކަމަށެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox