އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހުން މަރާލައިފި

ހޮސްޕިޓަލެއްގެ ތެރޭގައި މީހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އީޕީއޭ

ހޮސްޕިޓަލެއްގެ ތެރޭގައި މީހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އީޕީއޭ

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ހިނގި އޮޕަަރޭޝަނެއްގައި ފަލަަސްތީނުގެ ހަ މީހުން މަރާލައިފި އެވެ.

އިޒްރޭލުން ބުނީ އޮޕަރޭޝަން ހިންގީ "ޓެރަރިސްޓުންނާ ދެކޮޅަށް" ކަމަށެވެ. އެގޮތުން ޓާގެޓު ކުރީ ދާދި ފަހުން އުފެދުނު "ލަޔަންސް ޑެން" ގްރޫޕަށް ކަމަށް ބުންޏެވެ.

ހުޅަނގު އައްސޭރީގެ ނަބްލޫސްގައި ސިޓީގައި ހިންގި އޮޕަރޭޝަނުގައި މަރުވި ފަސް މީހުންނަކީ އެ ގްރޫޕްގެ މެމްބަރުން ކަމަށް އިޒްރޭލުން ބުނެ އެވެ. މަރުވި ހަ ވަނަ މީހާގެ ގަޔަށް ބަޑި ޖެހީ އިޒްރޭލް ސިފައިންގެ ގަޔަށް ގާ އުކުމުން ކަމަށް ވެސް ބުންޏެވެ.

Advertisement

އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ ކުރީކޮޅު އިޒްރޭލް ސިފައިންގެ މީހަަކު މަރާލި ހަމަލާ ދިނީ "ލަޔަންސް ޑެން" ގްރޫޕުންނެވެ.

އުމުރުން 21 އަހަރުގެ ސްޓާފް ސާޖަންޓް އިޑޯ ބަަރުޗް މަރާލި ހަމަލާއަށް ފަހު ފާއިތުވި ދެ ހަފުތާގައި ނަބްލޫސް ސިޓީ އޮތީ ލޮކްޑައުންކޮށްފަ އެވެ.

އަންގާރަ ދުވަހު އެކަނިވެސް ފަލަސްތީނުގެ ހަ މީހުން މަރާލާފައިވާ އިރު، މި އަހަރުގެ ތެރޭގައި މަރާލި މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާ ކަމަށް ބީބީސީއިން ބުނެ އެވެ.

ތަފާސްހިސާބުން ހާމަވާ ގޮތުގައި މި އަހަރަކީ 2015 ވަނަ އަހަރަށް ފަހު ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން މީހުންނަށް އެންމެ ބޮޑަށް ނުރައްކާވަމުންދާ އަހަރު ކަމެވެ.

މެޖޯރިޓީ މީހުން މަރާލީ އިޒްރޭލް ސެކިއުރިޓީ ފައުޖުންނެވެ. އިޒްރޭލުގެ އާއްމުން ހަތިޔާރު ބޭނުންކޮށް ދިން ހަމަލާތަކުގައި ވެސް ފަލަސްތީން މީހުން މަރުވެފައިވެ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ގްރޫޕްތަކުން ކަންބޮޑުވުން ފާޅުކުރާ އިރު، މަރުވި މީހުންގެ ފަސްބައިކޮށްފައި އެއް ބަޔަކީ ކުޑަކުދިންނެވެ. މަރުވި އެންމެ ހަގު ކުއްޖާގެ އުމުރަކީ 14 އަހަރެވެ.

އެހެން ނަމަވެސް އިޒްރޭލް ސިފައިން ބިރު ދައްކައި ފަހައި ދުވަން ފެށުމުން، ހަތް އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ހިތް ހުއްޓިގެން ވެސް މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox