ގާޑިއޯލާގެ ތައުރީފް ބެލިންހަމް އަށް

Oct 25, 2022, 12:41 PM
ގާޑިއޯލާގެ ތައުރީފް ބެލިންހަމް އަށް

ޑޯޓްމަންޑް (އޮކްޓޫބަރު 25) - ޗެމްޕިއަންސް ލީގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނައިރު، ޑޯޓްމަންޑަށް ކުޅެމުންދާ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ތައުރީފު އޮއްސާލައިފި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޑޯޓްމަންޑާ ދެކޮޅަށް ރަށުން ބޭރުގައި ސިޓީ ނުކުންނައިރު، އެ ޓީމު ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ސިޓީއާ ދެކޮޅަށް ޑޯޓްމަންޑް ނުކުންނައިރު، އެ ޓީމުގައި އެންމެ ފޯމުގައި ހުރި ކުޅުންތެރިންގެ ބެލިންހަމް ،19، އެވެ. ސިޓީއާ ދެކޮޅަށް މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ބެލިންގްހަމް ވަނީ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ބެލިންހަމް އަކީ "ހުރިހާ ގޮތަކުން ވެސް މޮޅު ކުޅުންތެރިއެއް" ކަމަށެވެ.

"ބެލިންހަމްގެ ކޮލިޓީ އެންމެނަށް ވެސް އެބަފެނޭ،" ގާޑިއޯލާ ބުންޏެވެ.

"ޑޯޓްމަންޑާ ބެލިންހަމް ގުޅުނީ އުމުރުން އެންމެ 17 އަހަރުގައި. އޭނާގެ މޮޅު ކުޅުމެއް ނޫން ހަމައެކަނި ފާހަގަަވަނީ. އޭނާގެ ފަރާތުން ރަނގަޅު ލީޑަޝިޕެއް ވެސް އެބަފެނޭ. މިހާރު އޭނާގެ އުމުރުން 19 އަހަރު އެކަމަކު މިހާރު އޭނާ އަކީ ޓީމުގެ ކެޕްޓަނުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް."

އިންގްލެންޑްގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދާފައިވާ ބެލިންހަމް ޑޯޓްމަންޑާ ގުޅުނީ 2020 ވަނަ އަހަރެވެ. ޑޯޓްމަންޑަށް މިހާތަނަށް ކުޅުނު 107 މެޗުގައި އޭނާ ވަނީ 18 ލަނޑު ޖަހައި، 20 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ގާޑިއޯލާ ބުނީ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް، އެންމެ ރަނގަޅު އެއް ކްލަބަކީ ޑޯޓްމަންޑް ކަމަށާއި ބެލިންހަމް ވެސް ކުރިއަށް އަރައިގެން ދިއުމުގައި އެ ކްލަބުގެ ދައުރު ބޮޑު ކަމަށެވެ.

"ބެލިންގްހަމް އިންގްލެންޑްގައި މަޑުކުރިނަމަ ސިޓީ، (މެންޗެސްޓާ) ޔުނައިޓަޑް، ލިވަޕޫލް، ޗެލްސީ، އާސެނަލް ނުވަތަ ޓޮޓެންހަމް ކަހަލަ ކްލަބަކުން އޭނާ އަށް ފުރުސަތު ލިބުނީސް. އެކަމަކު، ފަހަރެއްގައި ޑޯޓްމަންޑްގައި އޭނާ އަށް ލިބުނު ފުރުސަތުތައް، އެ ކްލަބުތަކުގައި އޭނާ އަށް ނުލިބުމުގެ ފުރުސަތު ބޮޑު. ޒުވާން ކުޅުންތެރިޔަކަށް އެންމެ މުުހިންމު ކަމަކީ ކުޅެން ފުރުސަތު ލިބުން،" ގާޑިއޯލާ ބުންޏެވެ.

އަންނަ ސީޒަނުގައި ބެލިންހަމް ހޯދުމުގެ ރޭހުގައި ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވާދަކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox