ޓެކްސްގެ ބިލަށް މަޝްވަރާއަށް ޖާގަ ނެތް ކަމަށް ބުނެ އެމްޑީޕީ މެމްބަރުން ހޫނުވެއްޖެ

މީގެ ކުރިން ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީއެއްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މީގެ ކުރިން ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީއެއްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މުދުލާއި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް އެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު އޮތް ގޮތަށް ފާސްކުރުމަށް މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ނެރެފައިވާ ތްރީލައިން ވިޕާ ދެކޮޅަށް އެ ޕާޓީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ، މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީ ހޫނުވެއްޖެ އެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމަށް ތާއީދުނުކުރައްވާ ކަން ވެސް ހާމަކުރައްވައިފަ އެވެ.

މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ޓެކްސް ބޮޑުކޮށްގެން ނުކުމެދާނެ ނަތީޖާތަކާއި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކުރާނޭ އަސަރު ރަނގަޅަށް ވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ ވިދިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅުމުން ކަމާބެހޭ ފަރާތްތަކާއެކު މަޖިލީހުން މަޝްވަރާކޮށްލަން ވެސް ޖާގައެއް ނެތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ކުރީ ދުވަހުގެ ކޮމިޓީ ހިނގަމުން ދަނިކޮށް، ކޯރަމް ގެއްލުވާލައި، އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައި، ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.

"...ތްރީލައިން ވިޕެއް މި ނެރުނީ މި [ބިލު] އޮތް ގޮތަށް ފާސްކުރަން. ކީއްކުރަންތޯ ދެން މިތަނަށް މީހުން ގެނެސްގެން މަޝްވަރާ ކުރަންވީ؟ މަޝްވަރާކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނޭ އަޅުގަނޑުކަށް. މަޝްވަރާކުރެވޭނީ މަޝްވަރާ ކުރެވޭނެ ޖާގަ އޮވެގެން،" އާޒިމް ވިދާޅުވި އެވެ.

އެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބައެއް މެމްބަރުން ވަނީ އަޑުގަދަކުރަން ފަށައިފަ އެވެ.

ކޮމިޓީ ހޫނުވާން ފެށުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެމްބަރުންގެ އެދުމުގެ މަތީން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުން ކޮމިޓީއަށް މައުލޫމާތު ދިނުމަށް ވަޑައިގެންނެވުމަށް އެދި ސިޓީ ފޮނުވިފައިވާ ކަމަށެވެ.

"މެމްބަރުން އެއްވެސް ގޮތަކަށް ކަންބޮޑުވެވަޑައިނުގަންނަވާ. ކަމާގުޅޭ މާހިރުން މިކަން މިވާ ގޮތެއް އޮޅުންނުފިލުވައި މި ބިލު މިތަނުން ފާސްވެގެން ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލުގައި ވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އަށް ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރުމަށެވެ.

މިހާރު ޖީއެސްޓީން ނަގަނީ ހަ ޕަސެންޓް އެވެ. އަދި ޓީޖީއެސްޓީއަށް ނަގަނީ 12 ޕަސެންޓެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox