ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ދިން ހަމަލާއާ ގުޅިގެން އެއް ލޮލުގެ ފެނުން ގެއްލި، އެއް އަތް ބޭނުން ނުކުރެވޭ ކަމަށް އޭނާގެ އޭޖެންޓު ބުނެފި އެވެ.
"އޭނާގެ މޭގައި 15 ވަރަކަށް ޒަހަމް އެބަ ހުރި. އެއީ ވަރަށް އަނިޔާވެރި ހަމަލާއެއް،" ނިއު ޔޯކްގައި އުޅޭ އޭޖެންޓު އެންޑްރޫ ވައިލީ ސްޕެއިންގެ އެލް ޕައިސް ނޫހަށް ބުންޏެވެ.
ވައިލީ ބުނީ ސަލާމަތީ ސަބަބުތަކާ ހެދި ސަލްމާާން ރުޝްދީ މިހާރު ހުރި ތަނެއް ހާމަނުކުރެވޭނެ ކަމަށެވެ. ސަލްމާން ރުޝްދީއަށް ހަމަލާ ދިނީ ނިއު ޔޯކްގައި އޮތް އިވެންޓެއްގެ ތެރެއިންނެވެ.
"ދަ ސެޓެނިކް ވާސަސް" ގެ ނަމުގައި 1988 ގައި ނެރުނު ފޮތުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފަައިވާ މައްސަލައިގައި ސަލްމާން ރުޝްދީއަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދީފައިވެ އެވެ.
އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިނީ ނިއު ޔޯކްގައި އޮތް އިވެންޓެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓަ އެވެ.
ހަމަަލާގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 24 އަހަރުގެ ހާދީ މަތާރް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.










