ޒުވާނުންގެ އެވޯޑް އަބޯއަށް

އަބޯއަށް އެވޯޑް ހަވާލުކުރަނީ: ޒުވާނުންގެ އެވޯޑް ލިބިފައިވަނީ އާޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަބޯއަށް އެވޯޑް ހަވާލުކުރަނީ: ޒުވާނުންގެ އެވޯޑް ލިބިފައިވަނީ އާޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގްރެފިކް ޑިޒައިންގެ ދާއިރާއިން ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަބްދުالله ޝަފީއު, އަބޯއަށް ޒުވާނުންގެ އެވޯޑް ލިބިއްޖެ އެވެ.

"އަދަދު" ނޫހުގެ ވިޝުއަލް އެޑިޓަރު އަބޯއަށް މި އަހަރުގެ ޒުވާނުންގެ އެވޯޑް ލިބިފައިވަނީ ފަންނު އަދި އާޓްގެ ދާއިރާއިންނެވެ. މި އެވޯޑް އަބޯއާ ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އަބްދުﷲ ޝަފީއު (އަބޯ), 28 ހާއްސަވެފައިވަނީ ތާނަ ލެޓަރިންގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އާޓިސްޓެއްގެ ގޮތުގަ އެވެ. މި ދާއިރާގައި ހުއްޓުމެއް ނެތި އަބޯ މަސައްކަތް ކުރާތާ 11 އަހަރުވެފައިވާއިރު, ބޮޑެތި ގިނަ ޕްރޮޖެކްޓްތަކާއި އެކިއެކި މީޑިއާތަކުގައި އިސް ދައުރެއް އަދާކޮށްފައިވެ އެވެ. އެގޮތުން, އަދަދު ނޫހުގެ ކުރިން އަވަސް, ވަގުތު, ޖަޒީރާގައި މަސައްކަތްކޮށްފައިވެ އެވެ.

Advertisement

މީޑިއާގައި އަބޯގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ވަގުތު އޮންލައިން އުފެއްދުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިނާއި އަވަސް އޮންލައިންގައި ކްރިއޭޓިވް ޑިރެކްޓަރެއްގެ ގޮތުން ކުރި މަސައްކަތްތަކާއި އަދި މިހާރު އަދަދު އޮންލައިންގެ ވިޝުއަލް ޑިރެކްޓަރެއްގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ.

ވިޝުއަލް އެޑިޓަރެއްގެ ގޮތުން އަބޯ ގެންދަނީ ފޮޓޯފްރާފަރުންނާއި ވީޑިއޯ ގްރާފަރުން އަދި ޑިޒައިނަރުންގެ މަސައްކަތްތައް ބަލައި, އެމީހުންނަށް ހިޔާލާއި ތައުލީމްދީ, މީހުން އުފައްދައި ތަރައްގީކޮށް މަގު ދައްކައިދެމުންނެވެ. އޭނާގެ މަސައްކަތުން މީޑިއާގެ ދާއިރާއަށް އާ ޑިޒައިނަރުން ނެރެވިފައިވެ އެވެ.

އަބޯ މަސައްކަތުގައި
އަބޯ މަސައްކަތުގައި

އަބޯ މަސައްކަތުގައި

އޭގެއިތުރުން, ރައީސް އޮފީސް އަދި އިސްލާމިކް ޔުނިވާސިޓީގައި ވެސް އަބޯ ވަނީ ވަޒީފާ އަދާކޮށްފަ އެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކޮށްފައިވާއިރު އިސްލާމިކް ޔުނިވާސިޓީ އަލަށް އުފެދި, އެ ތަން ކުރިއަރުވަން މަސައްކަތް ކުރި ދުވަސްވަރު ގިނަ މަސައްކަތްތަކެއް އަބޯ ކޮށްފައިވެ އެވެ. އެގޮތުން, އެތަނަށް ބޭނުންވި ގިނަ ފޮތްތަކެއްގެ ބޭރުގަނޑާއި ޔުނިވާސިޓީގެ ގްރެޖުއޭޝަންއަށް ބޭނުންކުރާ ގައުންތައް ވެސް އަބޯ ފަރުމާކޮށްފައިވެ އެވެ.

ވަޒީފާގެ އިތުރުން އަބޯ ވަނީ މި ދާއިރާގައި އަމިއްލަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން ހިއްސާދާރެއްގެ ގޮތުންނާއި އާޓް ޑިރެކްޓަރެއްގެ ގޮތުން “އެންކްރިއާ”ކުންފުނީގައި ވެސް އަބޯ މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަބޯ މަސައްކަތުގައި
އަބޯ މަސައްކަތުގައި

އަބޯ މަސައްކަތުގައި

“އެންކްރިއާ”ގެ ޓީމާ އެކު އަބޯ މިހާތަނަށް ކުރި އެންމެ މުހިންމު, އަދި ހިތްހަމަޖެހޭ މަސައްކަތަކީ މިދިޔަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މުޅި ބްރޭންޑިން ފަރުމާކުރުމެވެ. އެއީ, ބައިނަލްއަގްވާމީ ފެންވަރުގެ މަސައްކަތެކެވެ. އޭގެއިތުރުން ވެސް އެ މުބާރާތުގެ ރާއްޖޭގެ ކެމްޕެއިން ކަމަށްވާ “މަގޭ މަހަލްދީބު”ގެ ލެޓަރިން މަސައްކަތާއި މޯލްޑިވްސް ސްޕޯޓްސް އެވޯޑާއި ސައުތު އޭޝިއަން ޖޫނިއާ ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުގެ ބްރޭންޑިންއަކީ ވެސް “އެންކްރިއާ”ގެ ޓީމާ އެކު އަބޯގެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

"އަކުރު ޓައިޕް ފައުންޑަރީ" ގެ ދަށުގައި ޒަމާނީ ދިވެހި ފޮންޓް އުފެއްދުމުގެ މަސައްކަތް "އެންކްރިއާ"އާއެކު އަންނަނީ ކުރަމުންނެވެ.

'އެންކްރިއާ" އިން ފަރުމާކުރި ސާފް ޗެމްޕިއަންޝިޕްގެ ބްރޭންޑިން
'އެންކްރިއާ" އިން ފަރުމާކުރި ސާފް ޗެމްޕިއަންޝިޕްގެ ބްރޭންޑިން

'އެންކްރިއާ" އިން ފަރުމާކުރި ސާފް ޗެމްޕިއަންޝިޕްގެ ބްރޭންޑިން

މީގެއިތުރުން, ވާހަކަ ކިޔުމަށް ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން “ވާހަކަ އޮންލައިން”ގެ ނަމުގައި އަމިއްލަ ވެބްސައިޓެއް ހަދައި, އެ ވެބްސައިޓް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އޭގެ ހުރިހާ މަސައްކަތްތަކެއް ހިލޭ ސާބަހަށް އަބޯ ކުރަމުންދާއިރު މިހާތަނަށް އެ ވެބްސައިޓްގައި 6,000 އަށްވުރެ ގިނަ ވާހަކަ ޝާއިއުކޮށްފައިވެ އެވެ. އަދި, 1500 އަށްވުރެ ލިޔުންތެރިންނަށް ވެބްސައިޓުން ފުރުސަތު ދީފައިވެ އެވެ.

މި މަސައްކަތްތަކުގެ އިތުރުން, އިޖުތިމާއީ ހިދުމަތުގެ ގޮތުން ވެސް ހިލޭ ސާބަހަށް އަބޯ ވަނީ ގިނަ މަސައްކަތްތަކެއް މި ވޭތުވެދިޔަ 11 އަހަރު ތެރޭ ކޮށްފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ 2015 ވަނަ އަހަރު ސަރުކާރުން ކުރިއަށް ގެންދިޔަ “މުސްހަފު މާލްދީފު” މަޝްހޫރުގެ ދަށުން ރާއްޖޭގެ ރަށްތަކުގައި ބެހުމަށް ތައްޔާރުކުރި މުސްހަފުގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގެ ޑިޒައިންތައް އަބޯ ހަދާފައިވެ އެވެ. އެއީ, ރާއްޖޭގެ ހުރިހާ ރަށެއްގައި ބެހުމަށް ސަރުކާރުން ނެރުނު މަސްހަފެކެވެ. މުސްހަފުގެ އިތުރުން އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ލޯގޯ އަދި އެހެން ވެސް އެ ޖަމިއްޔާއަށް ބޭނުންވާ ޑިޒައިންތައް ފަރުމާކޮށްދީފައިވެ އެވެ.

މުސްހަފްގެ ފަރުމާ އަބޯ ތައްޔާރުކުރުގެ ތެރެއިން
މުސްހަފްގެ ފަރުމާ އަބޯ ތައްޔާރުކުރުގެ ތެރެއިން

މުސްހަފްގެ ފަރުމާ އަބޯ ތައްޔާރުކުރުގެ ތެރެއިން

އަބޯގެ ބޮޑު އަކުރު ފަރުމާކުރުމުގެ ހުނަރުގެ ތެރޭން ވެސް ގިނަ މަސައްކަތްތަކެއް އޭނާ ކޮށްފައިވާއިރު, ގިނަ މީޑިއާތަކެއްގެ ލޯގޯގައި ހިމެނެނީ އޭނާގެ ލެޓަރިންނެވެ. އަދި, ޑާކް ރެއިން އެންޓަޓައިމެންޓްގެ ގިނަ ފިލްމްތަކެއްގެ ނަމުގެ ލެޓަރިން އަޅާފައިވަނީ އަބޯ އެވެ.

އަބޯގެ ވިސްނުމަކީ އަދި އަމާޒަކީ ވެސް ޑިޒައިނިން އަދި ލެޓަރިންގެ ދާއިރާއަށް އާ ޒުވާނުން ނެރެ, މި ދާއިރާ ރާއްޖޭގައި ފުޅާކޮށް ވަރުގަދަ ކުރުމެވެ. އަދި, ރާއްޖެއަށް ދާއިރާއިން ކާމިޔާބީތަކާއި ރީތި ނަން ހޯދައިދިނުމަކީ މިއަދު, ޒުވާނުންގެ އެވޯޑް ހާސިލްކުރި އަބޯގެ އުއްމީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox