ރަޝިއާއިން ނިޔުކްލިއާ ހަތިޔާރު ބޭނުންކުރުން ވާނީ އިންސާނިއްޔަތާ ދެކޮޅު އަމަލަކަށް: ޖަޕާން

ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ. -- ފޮޓޯ: އޭއެފްޕީ

ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ. -- ފޮޓޯ: އޭއެފްޕީ

ރަޝިއާއިން ނިޔުކްލިއާ ހަތިޔާރު ބޭނުންކުރުން ވާނީ "މުޅި އިންސާނިއްޔަތާ ދެކޮޅު އަމަލަކަށް" ކަމަށް ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވެއްޖެ އެވެ.

"ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރާނެ ކަމަށް ބުނެ ރަޝިއާއިން ދެމުންދާ އިންޒާރުތަކާ މެދު ސީރިއަސްކޮށް ވިސްނަން ޖެހޭ. އެއީ ބައިނަލްއަގްވާމީ މުޖުތަމައުގެ ސަލާމަތާއި ސުލްހައަށް އޮތް ބޮޑު ނުރައްކަލެއް. އެއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" ކިޝީޑާ ވިދާޅުވި އެވެ.

ދުނިޔޭގެ ތާރީހުގައި ނިޔުކްލިއާ ބޮމެއްގެ އަސަރު ކުރި ހަމައެކަނި ގައުމަކީ ޖަޕާނެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅު އެމެރިކާއިން ޖަޕާނަށް ނިޔުކްލިއާ ހަމަލާދިނެވެ.

އޯގަސްޓު 6، 1945 ގައި ހިރޯޝިމާ ސިޓީއަށް ނިޔުކްލިއާ ބޮމެއް ވައްޓާލުމުން 140،000 މީހުން މަރުވި އެވެ. އަންނަ އަހަަރުގެ މޭ މަހު އެ ސިޓީގައި ޖީ7 ގައުމުތަކުގެ ވެރިން ބައްދަލުކުރައްވާނެ އެވެ.

ހިރޯޝިމާއަށް ނިޔުކްލިއާ ބޮން ވައްޓާލިތާ ތިން ދުވަސް ފަހުން، ނަގަޒާކީ ސިޓީއަށް ވެސް ނިޔުކްލިއާ ހަމަލާދިނެވެ.

އޮސްޓްރޭލިއާއަށް ކުރެއްވި ދަތުރެއްގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަަމުން ކިޝީޑާ ވިދާޅުވީ އޭގެ ފަހުން ނިޔުކްލިއާ ހަމަަލާއެއް ނުދީ 77 އަހަރު ވޭތުވެފައިވާ އިރު، އެކަން އެގޮތުގައި ބާއްވަން ޖެހޭ ކަމަށެވެ.

"އެއްވެސް ހާލަތެއްގައި ނިޔުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ، އެކަން ވާނީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ އަމަލަކަށް. އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ބައިނަލްއަގްވާމީ މުޖުތަމައިން ނުދޭނެ."

މިދިޔަ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައިގެ ތެރެއިން ރަަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ތަކުރާރުކޮށް ވިދާޅުވަމުން ދަނީ ނިޔުކްލިއާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox