ލީގުގެ ފުލުގައި އޮތް ފޮރެސްޓުން ލިވަޕޫލް ބަލިކޮށްފި

Oct 22, 2022, 2:16 PM
ިލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށް ފަހު އަވޮނިޔީ އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ިލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށް ފަހު އަވޮނިޔީ އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ބާމިންހަމް (އޮކްޓޫބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓުން 1-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މިއަދުގެ މެޗު ފެށިއިރު، ފޮރެސްޓް އޮތީ ލީގުގެ 20 ވަނައިގަ އެވެ. އެކަމަކު، ލިވަޕޫލް އަތުން މޮޅުވެގެން، ފޮރެސްޓް ލީގުގެ 19 ވަނަ އަށް ޖެހިލީ 12 މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ފޮރެސްޓް މޮޅުވުމާ އެކު ލެސްޓާ އެންމެ ފުލަށް ވެއްޓުނުއިރު، އެ ޓީމަށް 11 މެޗުން ލިބުނީ އަށް ޕޮއިންޓެވެ.

ލިވަޕޫލަށް މި މެޗުން މޮޅުވެގެން، ފަސް ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގައި 11 މެޗުން 16 ޕޮއިންޓާ އެކު އެވެ. ލީގުގައި މި ފަހަރު ލިވަޕޫލަށް އަދި ރަށުންބޭރުގައި މޮޅެއް ނުލިބެ އެެވެ.

ނޮޓިންހަމް ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލަށް ފުރަތަމަ ހާފުގައި ލީޑުނަގަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެ ގޮތުން ފަބިއޯ ކަވާލިއޯ އާއި މުހައްމަދު ސަލާހު ޖެހި ބޯޅަތައް ފޮރެސްޓްގެ ކީޕަރު ޑީން ހެންޑަސަން މަތަކުރިއިރު، ވާޖިލް ވެން ޑައިކް އަށް ލިބުނު ފުރުސަތުން ގޯލާ ސީދާކޮށް ބޯޅަ ފޮނުވާލުމުގެ ބަދަލުގައި ރޮބާޓޯ ފިރްމީނޯ އަށް ދީގެން ޖަހަން މަސައްކަތް ކުރުމުން ފުރުސަތު ގެއްލުނީ އެވެ.

ފުރަތަަމަ ހާފުގައި ކައުންޓަ އެޓޭކުގައި ފޮރެސްޓްގެ ޖެސީ ލިންގާޑް ޖެހި ބޯޅަ އަމާޒުވީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަަތަށެވެ.

ފޮރެސްޓްގެ އަވޮނިޔީ (ކ) އަށް ލިބުމުުގެ ކުރިން ލިވަޕޫލްގެ އެލިސަން ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

މި މެޗުގައި ފޮރެސްޓުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 55 ވަނަ މިނިޓްގައި ނައިޖީރިއާގެ ފޯވާޑް ޓައިވޯ އަވޮނިޔީ އެވެ. ލިވަޕޫލްގައި ހަ އަހަރު ހޭދަކޮށް، 2021 ވަނަ އަހަރު އެ ޓީމު ދޫކޮށްލި އަވޮނިޔީ މި ގޯލު ޖެހީ އޭރިއާތެރެއިން ފުރަތަމަ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތުމުން ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ލީޑުފުޅާކުރަން ފޮރެސްޓްގެ ރިޔާން ޔޭޓްސް އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ.

ނަތީޖާ ހަމަހަމަަ ކުރަން ލިވަޕޫލަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު، ޓްރެންޓް އަލެކްސަންޑަ އާނޯލްޑާއި ވެން ޑައިކް ހުސްކޮށް އަރައި ބޮލުން ޖެހި ބޯޅަތައް ހުއްޓުވީ މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ފޮރެސްޓަށް ކުޅެމުން އަންނަ ހެންޑަސަން އެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލްގެ އުރުގުއޭ ފޯވާޑް، ޑާވިން ނޫނޭޒާއި ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ މި މެޗުގައި ނުކުޅެ އެވެ.

މިދިޔަ ސީޒަން އެއްކޮށް ލީގުގައި ލިވަޕޫލް ބަލިވީ ދެ މެޗުންނެވެ. އެކަމަކު، މި ސީޒަނުގައި މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ.

އަނެއްކޮޅުން، މިއީ 23 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ފޮރެސްޓަށް ލީގުގެ ވަރުގަދަ ޓީމެއް އަތުން ލިބުނު ފުރަތަމަ މޮޅެވެ. އެ ޓީމުން މި މޮޅާ އެކު ލީގުގެ ކުރިއަށް ހުރި މެޗުތަކަށް ކޮންފިޑެންސް ރަނގަޅުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox